This is an outdated version published on 2025-12-08. Read the most recent version.

The Structure of Finite Verb Clauses in Dhivehi Complex Sentences: A Corpus Analysis

Authors

  • AZEEZA AFEEF The Maldives National University Author
  • AMINATH RIYAZ The Maldives National University Author
  • AMALIA GNANADESIKAN The Maldives National University Author

DOI:

https://doi.org/10.62338/zcbvx682

Keywords:

ހުއްޓޭކަން ބަސްކޯޅި, މިނިވަން ބަސްކޯޅި, ބަރޯސާ ބަސްކޯޅި, ކޯނި ޖުމުލަ, Independent Clause, Dependent Clause, Complex Sentence, Finite Verb Clause

Abstract

The identification of finite verbs, finite verb clauses, sentences, and sentence structures presents numerous challenges and remains the subject of ongoing academic debate. While some languages follow a Subject-Verb-Object (SVO) order, others, such as those with a Subject-Object-Verb (SOV) structure, are categorised as verb-final languages. Word order differs across languages in other ways as well. A simple sentence consists of an independent clause containing a subject and a predicate. In contrast, complex sentences are formed by combining one or more dependent clauses with at least one independent clause. This study aims to examine the structure of finite verb clauses within complex sentences in Dhivehi, specifically focusing on the syntactic changes that occur when clauses are combined and the roles of these clauses in the overall sentence structure. The research adopts a corpus linguistics methodology, utilising data from two distinct corpora: one comprising 2,600 sentences from literary and academic writings spanning from 1950 to 2022, and the other consisting of over 10,000 sentences extracted from the ‘Faththoora’ magazine. The sentences from the first corpus were manually tagged in a Microsoft Excel spreadsheet, and finite verb clauses were identified using Excel’s filter tool. To support the analysis, further examples were extracted from the second corpus where needed. The collected clauses were then grouped, tabulated, and analysed based on their syntactic structure and functional roles within the complex sentences. The primary finding of this study is that finite verb clauses in Dhivehi complex sentences predominantly appear as independent clauses placed at the end of the sentence. Additionally, 11 distinct types of dependent clauses were identified, which can function as subjects or objects of finite verb clause. The study further reveals that dependent clauses can be used in various ways, such as to express reasons, function as adverbials, adjuncts, indicate reported speech and clause chaining. These findings have important implications for linguists, educators, and those involved in the study or use of written Dhivehi. By outlining the syntactic principles and rules governing the use of finite verb clause and dependent clauses in Dhivehi complex sentences, this study provides valuable insights for both theoretical research and practical application in language teaching.

ދިވެހިބަހުގެ ކޯނި ޖުމުލައިގައި ހުއްޓޭކަން ބަސްކޯޅީގެ ތަރުކީބު: ބަސްމާފާނު ތަޙުލީލެއް

މުޖުމަލު

ހުއްޓޭކަމާއި ހުއްޓޭކަން ބަސްކޯޅިއާއި ޖުމުލައާއި ޖުމުލައިގެ އޮނިގަނޑުގެ ތަރުކީބު ދެނެގަތުމަކީ ގިނަގުނަ ގޮންޖެހުންތަކެއް ހުރި އަދި ގިނަ ބަހުސްތައް ހުށަހެޅެމުންދާ ދާއިރާއެކެވެ. ބައެއް ބަސްބަހަކީ ހުއްޓޭކަމުގެ ލަފުޒު މެދަށް ގެނެސްގެން ޖުމުލަ ތަރުކީބުކުރާ ބަސްބަހެވެ. އެއީ ކަންކުރާ ('ސަބްޖެކްޓް')، ކަން ('ވަރބް')، ކަންކުރެވޭ ('އޮބްޖެކްޓް')، މި ގޮތަށް ޖުމުލައިގައި ލަފުޒުތައް ތަރުކީބުކުރާ ބަސްބަހެވެ. އަނެއް ބައި ބަސްބަހަކީ، ކަންކުރާ، ކަންކުރެވޭ، ކަން، މި ގޮތަށް ތަރުކީބުކުރާ ބަސްބަހެވެ. އަދި މި ނޫން ގޮތްގޮތަށް ވެސް ބަސްބަހުގައި ލަފުޒު ތަރުކީބުކުރެވެއެވެ. އިސްބަޔަކާއި ޚަބަރެއް އެކުލެވޭ ކޮންމެ މިނިވަން ބަސްކޯޅިއަކީ ސާދާ ޖުމުލައެކެވެ. އަދި ކޮންމެ ބަހެއްގައި ވެސް މިނިވަން ބަސްކޯޅިއާ އެކު ބަރޯސާ ބަސްކޯޅިތައް ބޭނުންކޮށްގެން ކޯނި ޖުމުލަ އުފައްދައެވެ. ވީމާ، މި ދިރާސާގެ މަގުސަދަކީ ދިވެހިބަހުގެ ކޯނި ޖުމުލައިގައި ހުއްޓޭކަން ބަސްކޯޅިއާ އެކު އެހެނިހެން ބަސްކޯޅިތައް ބޭނުންކޮށްގެން ޖުމުލަ ހެދުމުގައި ބަސްކޯޅިތައް ތަރުކީބުކުރެވޭ ގޮތާއި ބަސްކޯޅިތައް ތަރުކީބުކުރުމުގައި ބަސްކޯޅިތަކަށް ގެނެވޭ ބަދަލުތަކާއި ބަސްކޯޅީގެ ދައުރުތައް ދެނެގަތުމެވެ. މިއީ ބަސްމާފާނު ބަހަވީޢިލްމު ('ކޯޕަސް ލިންގުއިސްޓިކްސް') ތަރީގާތު ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއެކެވެ. ޑޭޓާ ނެގީ އަދަބީ އަދި ޢިލްމީ ލިޔުންތައް ހިމަނައިގެން އެކުލަވައިލި ދެ ބަސްމާފާނަކުންނެވެ. އެއީ 1950ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކުން ލިޔުން ހިމެނޭހެން 2600 ޖުމުލަ ހިމެނޭ ބަސްމާފާނަކާއި ފަތްތޫރަ މަޖައްލާއިން ނެގި 10000އަށް ވުރެ ގިނަ ޖުމުލަ ހިމެނޭ ބަސްމާފާނެކެވެ. ފުރަތަމަ ބަސްމާފާނުގެ ހުރިހާ ޖުމުލައެއް ވަކިވަކިން މައިކްރޮސޮފްޓް އެކްސެލް ޝީޓުގައި ރުކުރުވައިލައިގެން ބަސްކޯޅިތައް ވަކިކޮށް ޖުމުލަތައް ތަޙުލީލުކުރީމެވެ. އެއިން ހުއްޓޭކަން ބަސްކޯޅި ހިމެނޭ ޖުމުލަތައް، އެކްސެލްގެ ފިލްޓަރު އަދާތު ('ޓޫލް') ބޭނުންކޮށްގެން ވަކިކޮށްގެން ހޯދުންތައް ކަނޑައެޅީމެވެ. މީގެއިތުރުން ހޯދާން ބޭނުންވި އިތުރު މިސާލުތައް ނެގީ ދެވަނަ ބަސްމާފާނުންނެވެ. އެއަށް ފަހު، ޖުމުލަތަކުގައި ބަސްކޯޅިތައް ތަރުކީބުވެފައިވާ ގޮތަށާއި ޖުމުލައިގައި ބަސްކޯޅިތައް އަދާކުރާ ދައުރަށް ބަލައި ބަސްކޯޅިތައް ގުރޫޕުކޮށް ތާވާލުކޮށް މަޝްވަރާކުރީމެވެ. މި ދިރާސާގެ މައިގަނޑު ހޯދުމަކީ ދިވެހިބަހުގައި، ކޯނި ޖުމުލައިގައި އާންމުކޮށް ހުއްޓޭކަން ބަސްކޯޅި އަންނަނީ މިނިވަން ބަސްކޯޅީގެ ގޮތުގައި ޖުމުލަ ނިމޭ ބަހާގެ ގޮތުގައިކަމެވެ. އަދި ހުއްޓޭކަން ބަސްކޯޅިއާ އެކު ބަރޯސާ ބަސްކޯޅީގެ ގޮތުގައި ތަފާތު 11 ބާވަތުގެ ބަސްކޯޅި ބޭނުންކުރެވޭކަން ފާހަގަކުރެވުނެވެ. އަދި މި ބަރޯސާ ބަސްކޯޅިތައް ހުއްޓޭކަން ބަސްކޯޅީގެ ކަންކުރާގެ ގޮތުގައްޔާއި ކަންކުރެވޭގެ ގޮތުގައި އަދި އިތުރުބަހާގެ ގޮތުގައްޔާއި ބުނިބަސް އަންގައިދޭން ވެސް ބޭނުންކުރެވޭކަން ދެނެގަނެވުނެވެ. މީގެއިތުރުން ސަބަބު ބަޔާންކުރުމަށާއި  ކަންއިތުރުގެ ގޮތުގައްޔާއި ބަސްކޯޅި ގެތުން ފަދަ ތަފާތު ގޮތްގޮތަށް ހުއްޓޭކަމާ އެކު ބަރޯސާ ބަސްކޯޅިތައް ބޭނުންކުރެވޭކަން ވެސް ފާހަގަކުރެވުނެވެ. މި އައު ހޯދުންތަކަކީ، ދިވެހިބަހުގެ އެދުރުންނަށާއި ދާރިސުންނަށާއި ދިވެހިބަހުން ލިޔެކިޔުން ބޭނުންކުރާ ކޮންމެ ފަރުދަކަށްމެ މުހިންމު ބޭނުންތެރި ހޯދުންތަކަކަށް ވާނެއެވެ. އެހެނީ ދިވެހިބަހުން ޢިބާރާތްކުރުމުގައި، ކޯނި ޖުމުލައިގައި ހުއްޓޭކަން ބަސްކޯޅިއާއި ހުއްޓޭކަން ބަސްކޯޅިއާ އެކު އެހެނިހެން ބަސްކޯޅިތައް ބޭނުންކުރާންވީ އުސޫލުތަކާއި ހަމަތައް މި ދިރާސާއިން ދެނެގަނެވޭނެއެވެ.

References

ރެޑްފަޑް، އޭ.، އަޓްކިންސަން، އެމް.، ބްރިޓްން، ޑީ.، ކްލާސަން، އެޗް.، އަދި ސްޕެންސަރ، އޭ. (2018). ލިންގުއިސްޓިކްސް: އޭން އިންޓްރޮޑަކްޝަން {ބަހަވީޢިލްމު: ތައާރަފެއް}. ޔުނައިޓެޑް ކިންގްޑަމް: ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.

ރެޑްފަރޑް، އޭ. (2009). އޭން އިންޓްރޮޑަކްޝަން ޓު އިންގްލިޝް ސެންޓެންސް ސްޓްރަކްޗަރ {އިނގިރޭސިބަހުގެ ޖުމުލައިގެ އޮނިގަނޑަށް ތައާރަފެއް}. ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. https://doi.org/10.1017/CBO9780511800924

ބީބާ، ޑީ. (1993). ރެޕްރެޒެންޓެޓިވްނެސް އިން ކޯޕަސް ޑިޒައިނިން {ބަސްމާފާނު ފަރުމާގައި ނިސްބަތްވުން}. ލައިބްރަރީ އެންޑް ލިންގުއިސްޓިކް ކޮމްޕިއުޓިންގ 8(4)، 247-257.

ކްރޭން، އެލް. ޑީ. (1992). ކްލޯޒް ޗެއިނިންގ އިން ނޭޕާލީ ޑިސްކޯސް {ނޭޕާލީބަހުގައި ބަސްކޯޅި ގެތުން} (ޑޮކްޓޯރަލް ފިކުރާތު). ކެލިފޯނިއާ: ޔުނިވަރސިޓީ އޮފް ކެލިފޯނިއާ.

އަޙުމަދު، އެޗް. އާރް. (1999). ދިވެހިބަހުގެ ބަސްމަގު (ޤަވީމުއްލިސާނުގެ ޝަރަޙަ). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

އެލްސަން، ބީ. އެފް.، އަދި ޕިކެޓް، ވީ. ބީ. (1988). ބިގިނިން މޯފޮލޮޖީ އެންޑް ސިންޓެކްސް {ލަފުޒު ޢިލްމާއި ލަފުޒު ތަރުކީބު ޢިލްމު ފެށުން}. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ: ސަމަރ އިންސްޓިޓިއުޓް އޮފް ލިންގުއިސްޓިކްސް.

އެޗިޝަން، ޖީ. (2004). ޓީޗް ޔުއަރސެލްފް ލިންގުއިސްޓިކްސް {އަމިއްލަ ނަފުސަށް ބަހަވީޢިލްމު ދަސްކޮށްދެމާތޯ}. މެކްގްރޯ-ހިލް ކޮމްޕެނީސް، އިންކޯޕަރޭޓެޑް

ވެލުޕިއްލައި، ވީ. (2012). އޭން އިންޓްރޮޑަކްޝަން ޓު ލިންގުއިސްޓިކް ޓައިޕޮލޮޖީ. ނެދަލޭންޑް/ފިލެޑަލްފިއަރ: ޖޯންބެންޖަމިން ޕަބްލިޝިންގ ކޮމްޕެނީ.

މައުރީ، އޭސް. (2017). ކްލޯޒް ޗެއިނިންގ އެކްރޮސް ދަ ސަހާރާ {ސަހާރާ ގައުމުތަކުގެ ބަސްބަހުގައި ބަސްކޯޅި ގެތުން}. (އިން ލާރިއާ މިޝެލީ (އެޑިޓަރ) ކަލްޗަރަލް އެންޑް ލިންގުއިސްޓިކް ޓްރާންސިޝަން އެކްސްޕްލޯޑް: ޕްރޮސީޑީން އޮފް ދަ އެޓީއާރްއޭ ކްލޯޒިން ވަރކްޝޮޕް ޓްރީސްޓް، މެއި 25-26 (ޞ. 274-290) ޓްރީސްޓް، އީޔޫޓީ އެޑިޒިއޮނީ ޔުނިވަރސިޓާ ޑީ ޓްރީސްޓް. ނެގީ: https://www.openstarts.units.it/handle/10077/14306

މާޓިން، ޑީ. ޖޭ. (1992). އަ ޓެކްސްޓް ބޭސްޑް ސްޓަޑީ އޮފް ކްލޯޒް ޗެއިނިންގ އިން ޖަޕާން {ޖަޕާނުބަހުގެ ބަސްކޯޅި ގެތުން ދެނެގަތުމަށް ޓެކްސްޓް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެއް}. މާސްޓަރސް ޑިޒަޓޭޝަން. އާލިންގޓަން: ދަ ޔުނިވަސިޓީ އޮފް ޓެކްސަސް.

މެނެޓާ، އޭ. (2010). ޑަބްލިއު. އެޗް. އެކްސްޕްލެޓިވްސް އިން ހިންދީ-އުރުދޫ: ދަ ވަރބް ފްރޭޒް {ހިންދީ-އުރުދޫގައި ސުވާލުގެ ލަފުޒު: ކަމުގެ މައިގަނޑު}. ލިންގުއިސްޓިކް އިންކުއަރީ، 41 (1)، 34-1. ނެގީ ، www.jstor.org/stable/40606827އިން

މެކްފާޑެން، ޓީ.، އަދި ސަންޑަރެސަން، އެސް. (2014). ފައިނައިޓްނެސް އިން ސައުތް އޭޝިއަން ލޭންގުއެޖަސް: އޭން އިންޓްރޮޑަކްޝަން {ދެކުނު އޭޝިއާގެ ބަސްބަހުގައި ހުއްޓޭކަން: ތަޢާރަފެއް}. ނެޗުރަލް ލޭންގުއެޖް އެންޑް ލިންގުއިސްޓިކް ތިއަރީ، 32(1)، 1-27.

ފިނެގަން، އޭ. (2015). ލޭންގުއެޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް {ބަހާއި ބަހުގެ އޮނިގަނޑު އަދި ބޭނުންކުރުން}. (7ވަނަ އިސްދާރު). ޔޫ.އެސް.އޭ: ވަރޑްސްވަރތް ސެންގޭޖް ލަރނިންގ.

ފްރިޓްޒް، އެސް. (2002). ދަ ދިވެހި ލޭންގުއެޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޮރިކަލް ގްރެމާ އޮފް މޯލްޑިވިއަން އެންޑް އިޓްސް ޑައިލެކްޓްސް {ދިވެހިބަސް: ދިވެހިބަހުގެ ބަހުރުވަތަކުގެ ސިފަވީ އަދި ތާރީޚީ ގަވާއިދު}. ފްރެންކްފަޓް، ވަރޒްބާގް: އަރގޯން-ވަރްލްގް.

ދބތޚކޤމ. (2004). ދިވެހި ބަހުގެ ޤާވާޢިދު 1،2،3،4. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ދާޝް، އެން. އެސް. (2015). ކޯޕަސް ލިންގުއިސްޓިކްސް: އޭން އިންޓްރޮޑަކްޝަން {ބަސްމާފާނު ބަހަވީޢިލްމު: ތަޢާރަފެއް}. އެންސައިކްލޮޕީޑިއާ އޮފް ލައިފް ސަޕޯޓް ސިސްޓަމް.

ތޯމަސް، އެލް. (2004). ބިގިނިން ސިންޓެކްސް. {ލަފުޒުތަރުކީބު ޢިލްމު ފަށައިގަތުން}. ބްލެކްވެލް ޕަބްލިޝިން

ލޯން، ޓީ. ޓީ. ޓީ. (2024). ދަ ސްޓްރަކްޗަރ އޮފް ފައިނައިޓް ކްލޯޒަސް އިން އިންގްލިޝް ފޯރ ސްޓުޑެންޓްސް އެޓް ދަ ޔުނިވަރސިޓީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް ކެންޕަސް އިން ހޮ ޗީ މިން ސިޓީ {ހޮ ޗީ މިން ސިޓީގެ ޔުނިވަރސިޓީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް ކެންޕަހުގެ ދަރިވަރުން އިގިރޭސިބަހުގެ ހުއްޓޭކަމުގެ ބަސްކޯޅީގެ އޮނިގަނޑު ބޭނުންކުރާ ގޮތް}. ގްލޯބަލް އެކެޑަމިކް ޖަރނަލް އޮފް ހިއުމަނިޓީސް އެންޑް ސޯޝަލް ސައިންސަސް، 6(1)، 31-36. https://doi.org/10.36348/gajhss.2024.v06i01.005

ޏާނަދޭސިކަން، އޭ. އީ. (2017). ދިވެހި: ދަ ލޭންގުއެޖް އޮފް މޯލްޑިވްސް {ދިވެހި: ދިވެހިރާއްޖޭގެ ބަސް}. ސީއޭއެސްއެލް ގްރެމަރ ސީރީސް ވޮލިއުމް 3. ޑީ ގްރުއިޓަރ މައުޓަން: ޔުނިވަރސިޓީ އޮފް މެރީލޭންޑް.

ސްޓެފަނޮވިޗް، އޭ. (2020). ކޯޕަސް ލިންގުއިސްޓިކްސް: އަގައިޑް ޓު ދަ މެތޮޑޮލޮޖީ {ބަސްމާފާނު ބަހަވީޢިލްމު: ތަރީގާތަށް މަގެއް}. (ޓެކްސްޓް ބުކްސް އިން ލޭންގުއެޖް ސީރީޒް 7) ބަރލިން: ލޭންގުއެޖް ސައެންސް ޕްރެސް. DOI:10.5281/zenodo.3735822

ޑިމެންޒަރ، އެމް. (2019). އައިޑެންޓިފިކޭޝަން އޮފް ސެންޓެންސް ޓައިޕްސް ފޯ ރައިޓިން ސްކިލް އިން ޓީޗަރ އެޑިއުކޭޝަން {މުދައްރިސުންގެ ތަޢުލީމުގައި ލިޔުމުގެ ހުނަރަށް ބޭނުންވާ ޖުމުލައިގެ ވައްތަރުތައް ދެނެގަތުން}. ޖަރނަލް އޮފް ލޭންގުއެޖް އެންޑް ލިންގުއިސްޓިކް ސްޓަޑީޒް، 15(1)، 98-110. Doi:10.17263/jlls.547629

ޑޫލޭ، އާރް. އޭ. (2010). ފޯރގްރައުންޑް އެންޑް ބެކްގްރައުންޑް އިން މްބްޔާ ގައުރަނީ ކްލޯޒް ޗެއިނިންގ. {މްބްޔާ ގައުރަނީ ބަހުގައި ކުރިއަށްދާ ބަސްކޯޅި އަދި ފަހަތަށްދާ ބަސްކޯޅީގެ ގެތުން}. ޗެޕްޓަރ 7. ކެނެތް އޭ، މެކްއެލްހަނަން އަދި ގަރ ރީސިންކް (އެޑިޓަރުން) އަ މޮސައިކް އޮފް ލޭންގުއެޖަސް އެންޑް ކަލްޗަރަލް ސްޓަޑީޒް: ސެލެބްރޭޓިންގ ދަ ކެރިއަރ އޮފް ކަރލް ފްރޭންކްލިން، ސިލް އީ ބުކްސް، 19. ޞ. 90-110. ޑަލަސް: ސިލް އިންޓަރނޭޝަނަލް.

ޕަރްވީން، ޑީ.، ސަންޔަލް، އާރް.، އަދި އަންސާރީ، އޭ. (2011). ކްލޯޒް ބައުންޑަރީ އައިޑެންޓިފިކޭޝަން ޔޫސިން ކްލެސިފަޔަރ އެންޑް ކްލޯޒް މާކަރސް އިން އުރްދޫ ލޭންގުއެޖް {ބަސްކޯޅީގެ ފާހަގަތަކާއި ބައިކުރެވޭނޭ ގޮތްތައް ބޭނުންކޮށްގެން ބަސްކޯޅީގެ އިންވަކިކޮށް ދެނެގަތުން}. އިންޑިއަން އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ. ނެގީ: https://www.scielo.org.mx/pdf/poli/n43/n43a8.pdf

ޖައްބާރީ، އެމް. ޖޭ. (2016). ވަރބް ފައިނައިޓްނެސް އިން ދަ އިންގްލިޝް ސެންޓެންސް {އިނގިރޭސި ޖުމުލަތަކުގައި ހުއްޓޭކަން}. އިންޓަރނޭޝަނަލް ޖާނަލް އޮފް އިންގްލިޝް އެންޑް އެޑިއުކޭޝަން، 5(3)، 154-162. ނެގީ: https://www.ijee.org/assets/docs/12.19215234.pdf

ޖަމީލު، އެމް. (1970). ފިޔަވަޅު 2. {މުސައްނިފު}

Downloads

Published

2025-11-30 — Updated on 2025-12-08

Versions

How to Cite

The Structure of Finite Verb Clauses in Dhivehi Complex Sentences: A Corpus Analysis. (2025). The Maldives National Journal of Research, 13(Special Issue), 138-160. https://doi.org/10.62338/zcbvx682 (Original work published 2025)