Abstract
This study explores the gradual decline of the Dhivehi language and the challenges of transmitting it effectively to the next generations. Drawing from scholarly perspectives on language death and sociolinguistic change, particularly the comprehensive works of UNESCO, Fishman, and Labov, the research situates the case of Dhivehi within global patterns of linguistic decay. The paper investigates whether Dhivehi is undergoing a shift towards obsolescence due to increasing influence from dominant foreign languages, particularly English. Using an exploratory qualitative approach, the study analyses naturally occurring speech data from 11 publicly available video clips featuring 21 speakers representing a range of age groups, from children to the elderly. By transcribing and examining these samples, the research identifies patterns of code-switching and code-mixing, highlighting the degree to which Dhivehi is being sidelined in daily conversation, especially among the younger population. The findings reveal that while older speakers tend to maintain clearer use of Dhivehi, younger speakers, especially children, frequently alternate between English and Dhivehi, or default or shift entirely to English. The speech analysis indicates not only a weakening of linguistic transmission but also indicate an inadequacy in the availability and usage of appropriate Dhivehi vocabulary for everyday modern life. The study also notes limitations in institutional and societal efforts to elevate the status of Dhivehi in both spoken and written forms. The findings suggest a pressing need for institutional and societal initiatives to revitalise and elevate the status of Dhivehi, particularly in response to the growing dominance and perceived prestige of English in media, education, and digital communication. The findings have implications for stronger language planning, public awareness campaigns, and integration of Dhivehi into contemporary domains to ensure intergenerational transmission and cultural continuity.
ބަސް ފަނިކެއުން: އަންނަން އޮތް ޖީލަށް ދިވެހިބަސް ފޯރުވުމަށް ހުރި ގޮންޖެހުންތަކުގެ ސިފަވީ ދިރާސާއެއް
މުޖުމަލު
މި ދިރާސާގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ފޯރުވުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ވަކާލާތުކޮށް، މަސްލަހަތުވެރިންގެ ސަމާލުކަމަށް ގެނައުމެވެ. ޔުނެސްކޯގެ 'އެންޑެންޖަރޑް ލޭންގުއެޖަސް' މަޝްރޫއާއި މި ދާއިރާގެ ޢިލްމުވެރީން ބަހުގެ އިޖުތިމާއީ ބަދަލުތަކާ ބެހޭގޮތުން ހުށަހަޅުއްވާފައިވާ ޢިލްމީ ނަޒަރިއްޔާތުތަކަށް ބުރަވެ، މި ދިރާސާގެ މަގުސަދަކީ ނެތިދިއުމުގެ މަރުޙަލާތަކަށް ދިވެހިބަސް ހުރަހެޅިފައިވޭތޯ ބެލުމާ އެކު، އެކަން އެ ގޮތަށް ފެންނަ ނަމަ، ދިވެހިބަހުގެ ނެތިދިއުމުގެ ނުވަތަ ބަސް 'ފަނިކެއުމުގެ' އަދުގެ ހާލަތު ގިންތިކުރުމެވެ. ބަސް ނެތިދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ބަސް މައްސުނިކުރުމާއި ބަސް ބަދަލުވެ ފުރޮޅުމުގެ މަރުޙަލާތަކެއް ކަޑައްތުކުރެއެވެ. މި ދިރާސާ ކުރިއަށްގެންދިޔައީ 'އެކްސްޕްލޮރޭޓަރީ' ސިފަވީ ދިރާސާއެއްގެ ގޮތުގައި، އިޖުތިމާއީބަހަވީ ބަސްދީގަތުމުގެ ތަރީގާ އަސްލަކަށް ބަލައިގެންނެވެ. މިގޮތުން، އެކި އުމުރުގެ 21 މީހެއްގެ ބަސްމޮށުމުގައި ދިވެހިބަސް ބޭނުންކުރާ ގޮތާއި ދިވެހިބަހާ އެކު އެހެން ބަހެއް ބޭނުންކުރުމުގައި ކޯޑު-ސުއިޗުކުރުމާއި ކޯޑު-މައްސުނިކުރުމުގެ މިންވަރު އަދި ސިޔާގު ތަޙުލީލުކުރީމެވެ. އެގޮތުން ދިވެހީންގެ ދުވަހީ ދިރިއުޅުމުގެ މުއާޞަލާތު ފެންނަ، 11 ވީޑިއޯ ކިލިޕެއް ހޮވީ ސަބަބީ ސުންކުގެ އިސްތިރާޖަށް ބުރަވެއެވެ. ހޯދުންތަކުން ފެންނަގޮތުގައި، ކުޑަކުދިންނާއި ޒުވާން އާބާދީގެ މެދުގައި ދިވެހިބަސް އެއްފަރާތްކުރެވެމުންދާ ކަމާއި، އުމުރުން ދުވަސްވީ މީހުން ސާފު ދިވެހިބަހުން މުއާޞަލާތުކުރާއިރު، މެދުއުމުރުގެ މީހުންގެ ބަސްމަގުގައި އިނގިރޭސިބަހާއި ދިވެހިބަހުގެ ކޯޑު-މައްސުނިކުރުމާއި، ޒުވާނުން ކޯޑު-ސުއިޗުކުރުން ގިނަ ކަމަށާއި، ކުޑަކުދިންގެ މެދުގައި އޮތީ ބަސް މައްސުނިކުރުމަށް ވުރެ ބޮޑަށް ބަސް ފުރޮޅުން ކަމުގައި ހާމަވެއެވެ. އަދި، ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޚިދުމަތް ހޯދުމަށް ޓަކައި ދިވެހިބަސް ނުފުދޭ ކަމުގެ އިޝާރާތްތައް ވެސް ފެނެއެވެ. މީގެ އިތުރުން، ދިވެހި ކުޑަކުދީން ދިވެހިބަސް ދޫކޮށް، އިނގިރޭސިބަސް އިސްކުރާ ކަމާއި، އިނގިރޭސިބަހަކީ އެ ކުދިންގެ މާދަރީބަހުގެ ގޮތުގައި ދޭހަވާ މިންވަރަށް އިނގިރޭސިބަހުގެ އަޑުމަޚުރަޖަށް އަހުލުވެރިވުމާއި ދިވެހިބަހަށް ބީރައްޓެހިކަން ފެނެއެވެ. މި ކަންކަމުން ދޭހަވަނީ ޖީލުތަކުގެ ދެމެދު ބަސް ފޯރުވުމުގައި ދިވެހިބަހަށް ގޮންޖެހުން ދިމާވަމުންދާ ކަމާއި އަދުގެ ޓެކްނޮލޮޖީގެ ބަވަނަ ދުނިޔޭގެ ދުވަހީ ދިރިއުޅުމާއި ދުނިޔަވީ ކަންކަމުގައި ފުދުންހުރި މިންވަރަށް ދިވެހިބަހުގެ ބަސްކޮށާރު މުއްސަނދިވެފައި ނުވުމާ އެކު، ބަސް ފަނިކެއުމާއި މަރުވުމުގެ މަރުޙަލާތަކުގެ ނިޝާންތައް އަދު ފެންނަކަމެވެ. މިއީ ދިވެހިބަސް ނުރައްކަލަށްހުރަހެޅުމުގެ ނިޝާންތަކެއް ކަމުގައި އިޝާރާތްކުރެއެވެ. މި ހޯދުންތަކުގެ ސަބަބުން، ދިވެހިބަހުގެ ރޭވުން ހަރުދަނާކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނުތައް ހިންގުމާއި، ޖީލުން ޖީލަށް ދިވެހިބަސް ފޯރުވުމަށް ޓަކައި ޒަމާނީ ކަންކަމުގެ ތެރޭގައި ދިވެހިބަސް ބޭނުންކުރުން އާންމުކުރުމުގައި އިދާރީ ގޮތުންނާއި އިޖުތިމާއީގޮތުން އިސްތިރާޖީ ވިސްނުން ކުރިއަށްނެރެ، ދިވެހިރާއްޖޭގެ ޤައުމީބަސް ކަމުގައިވާ ދިވެހިބަހުގެ ޝަރަފާއި ގަދަރަށް ސަމާލުކަންދިނުމަށް މަގުދައްކައެވެ.
References
ހޭމާރސް، ޖޯސިއޭން؛ މިޝޭލް ބްލެންކް. (2000). ބައިލިންގުއިލިޓީ އެންޑް ބައިލިންގުއަލިސްމް {ދެބައްސަ އިންސާނާއާއި ދެބައްސަ މުޖުތަމަޢު}. ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Hamers}.
ހޭލް، ކެން. (1992). އޮން އެންޑޭންޖަރޑް ލޭންގުއެޖަސް އެންޑް ދަ ސޭފްގަރޑިންގް އޮފް ޑައިވަރސިޓީ {ނުރައްކަލަށްހުރަހެޅިފައިވާ ބަސްބަސް އަދި ސިންދަފާތު ރައްކައުތެރިކުރުމުގެ މައްޗަށް ބަލައިލުމެއް}. ލޭންގުއެޖް، 68، 1-3. {Hale}.
ނިކޮލާޑިސް، އެލެނާ. (1994). ކޯޑް-މިކްސިންގް އިން ޔަންގް ބައިލިނގުއަލް ޗިލްރަން {ދެބައްސަ ކުޑަކުދިންގެ ބަސްމަގުގައި ހުންނަ ކޯޑު-މައްސުނިކުރުން}. (މަތީޑިގުރީ ފިކުރާތު، މެކްގިލް ޔުނިވަރސިޓީ). {Nicoladis}. https://escholarship.mcgill.ca/concern/theses/ws859h514
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް. (2024). ސްޓެޓިސްޓިކަލް ޕޮކެޓްބުކް އޮފް މޯލްޑިވްސް 2024 {ދިވެހިރާއްޖޭގެ އާބާދީގެ ކުޑަ ފޮތް 2024}. މުސައްނިފު. {National Bureau of Statistics}.
ކަޗްރޫ، ބްރާޖް ބީ. (1978). އެކްސްޕްލޯރިންގ ދަ ސޯސިއޯލިންގުއިސްޓިކް އެސްޕެކްޓް އޮފް ސިންހަލަ-އިންގްލިޝް ކޯޑް-މިކްސިންގ އަމޮންގް އަރބަން ސްރީ-ލަންކަން ބައިލިންގުއަލް ސްޕީކަރޒް {ސްރީލަންކާގެ އަރބަން ދެބައްސަ އަހަލުވެރިންގެ ވާހަކަދެއްކުމުގައި ސިންހަލަ-އިނގިރޭސި ކޯޑު-މައްސުނިކުރުން އޮންނަގޮތުގެ އިޖުތިމާއީބަހަވީ ގޮތްތައް ދެނެގަތުން}. އޮތް ފޮތް: ޖޭ އެލާޓިސް (މުހައްރިރު)، އިންޓަރނެޝަނަލް ޑައިމެންޝަންސް އޮފް ބައިލިނގުއަލް އެޑިއުކޭޝަން (ސސ. 107-124). ވޮޝިންގްޓަން ޑީސީ: ޖޯޖްޓައުން ޔުނިވަރސިޓީ ޕްރެސް. {Kachru}
ކިންކޭޑް، ޑޭލް. (1991). ދަ ޑިކްލައިން އޮފް ނޭޓިވް ލޭންގުއެޖް އިން ކެނެޑާ {ކެނެޑާގެ ވެހިބަސް ދަށަށް ދިއުން}. އޮތް ފޮތް: އެންޑޭންޖަރޑް ލޭންގުއެޖަސް (157-176). ސްޓެންފޯޑް ޔުނިވަރސިޓީ ޕްރެސް. {Kincade}.
ކްރިސްޓަލް، ޑޭވިޑް. (2000). ލޭންގުއެޖް ޑެތު {ބަސް މަރުވުން}. ކެމްބްރިޖް: ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Crystal}.
ކުއޭކަންބުޝް، ސްޓީފަން ޖޭ.؛ އަދި ގެރީ ސިމޯންސް. (2023). ލޭންގުއެޖް އެންޑް އައިޑެންޓިޓީ އިން އަ މަލްޓިލިންގުއަލް، މައިގްރޭޓިންގް ވޯލްޑް {ހިޖުރަކުރާ ގިނަބައްސަ ދުނިޔެއެއްގައި ބަހާއި ކާކުވަންތަކަން} (ޖިލްދު 9). ސިލް އިންޓަނެޝަނަލް. {Quakenbush}.
ކެމްޕްބެލް، ލައިލް؛ އަދި މާރްތާ މުންޓްޒަލް. (1989). ދަ ސްޓްރަކްޗަރަލް ކޮންސީކުއެންސަސް އޮފް ލޭންގުއެޖް ޑެތު {ބަސް މަރުވުމުގެ ނިޒާމީ ނަތީޖާތައް}. އޮތް ފޮތް: ނޭންސީ ޑޯރިއެން (މުހައްރިރު)، އިންވެސްޓިގޭޓިންގް އޮބްސޮލިސެންސް (ސސ. 181-196). ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Campbell}.
އަނަމަލާއީ، އިލޭ. (1989). ދަ ފެކްޓަރ އޮފް ކޯޑް މިކްސިންގ {ކޯޑު-މައްސުނިކުރުމުގެ ސަބުތައް}. އިންޓަރނެޝަނަލް ޖަރނަލް އޮފް ދަ ސޯސިއޯލޮޖީ އޮފް ލޭންގުއެޖް، (75)، 47-54. {Annamalai}.
އަޙުމަދު، ޢަލީ. (1970). ކުށެއްނެތް ދިވެހި ބަހުން ވާހަކަދައްކާށެވެ އަދި ލިޔާށެވެ. މާލެ: ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝަރސް.
އަމާނޯ، ޓެޓްސުޔާ؛ ބްރޮޑީ ސެނޑަލް؛ ހެއިޑީ އީގަރ؛ އެޑުއާޑް ބަލްޓޫ؛ ޖެންސް-ކްރިސްޝަން ސްވެނިންގ؛ ބޯ ޑަލްސްގާޑް؛ ކާސްޓަން ރާބެކް؛ ރިޗާރޑް ޑޭވީސް؛ އަދި ވިލިއަމް ސަދަލަންޑް. (2014). ގްލޯބަލް ޑިސްޓްރިބިއުޝަން އެންޑް ޑްރައިވަރސް އޮފް ލޭންގުއެޖް އެކްސްޓިންކްޝަން {ބަސް ނެތިދިއުމުގެ ދުނިޔޭގެ ހާލަތު އަދި މެދުވެރިވާ ސަބަބުތައް}. ޕްރޮސީޑިންގްސް އޮފް ދަ ރޯޔަލް ސޮސައިޓީ: ބަޔަލޮޖިކަލް ސައެންސަސް، 281(1793)، 20141574. {Amano}.
ޢަފީފު، ޙަމީޒާ. (2014). ވާހަކަދެއްކުމުގައި ބަސް މަސްހުނިކުރުން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަމުން ދާއިރު، ދިވެހިބަހާއި އިނގިރޭސި ބަސް މަސްހުނި ކުރާގޮތުގެ ދިރާސާ. (މާސްޓަރުޑިގުރީ ފިކުރާތު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ).
އިމާދު، އަމްނާ. (2023، ޖޫން 21). ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބުމަކީ ފުންކޮށް ވިސްނަންޖެހޭ ކަމެއް: ރައީސް ސާލިހު. ރާއްޖެ.އެމްވީ އޮންލައިން ނޫސް. https://raajje.mv/137751
އެސަރ، ހާރްމުތު. (2006). މައިގްރޭޝަން، ލޭންގުއެޖް އެންޑް އިންޓަގްރޭޝަން {ހިޖުރަކުރުން، ބަހާއި އަހުލުވެރިކަން}. ބަރލިން: ޑަބްލިއު.ޒެޑް.ބީ. {Esser}.
އެޑްވަރޑްސް، ޖޯން. (1992). ސޯޝޯޕޮލިޓިކަލް އެސްޕެކްޓްސް އޮފް ލޭންގުއެޖް މެއިންޓެނަންސް އެންޑް ލޮސް: ޓުއަރޑްސް އަ ޓައިޕޮލޮޖީ އޮފް މައިނޯރިޓީ ލޭންގުއެޖް ސިޗުއޭޝަންސް {ބަސް ބެލެއްހެއްޓުމާއި ގެއްލުމުގެ އިޖުތިމާއީސިޔާސީ ގޮތްތައް: މީސްމަދު ބަސްބަހަށް މެދުވެރިވެފައިވާ ކަންކަން ދެނެގަންނާނޭ ގޮތްތައް ކަނޑައެޅުން}. އޮތް ފޮތް: ވިލެމް ފާސޭ، ކޯއެން ޖެސްޕާރޓް، އަދި ޝާކް ކްރޫން (މުހައްރިރުން)، މެއިންޓަނަންސް އެންޑް ލޮސް އޮފް މައިނޯރިޓީ ލޭންގުއެޖަސް (ސސ. 37-58). ޖޯން ބެންޖަމިންސް ޕަބްލިޝިންގް. {Edwards}.
އެޗިސަން، ޖޮއޭން. (1991). ލޭންގުއެޖް ޗޭންޖް: ޕްރޮގްރެސް އޮރ ޑިކޭ؟ {ބަސް ބަދަލުވުން: ކުރިއެރުން ނުވަތަ މުޅަވުން} (ދެވަނަ އިސްދާރު). ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Atchison}.
ވާރްދޯހ، ރޮނާލްޑް. (2010). އެން އިންޓްރޮޑަކްޝަން ޓު ސޯސިއޯލިންގުއިސްޓިކްސް {އިޖުތިމާއީބަހަވިއްޔާތަށް ތައާރަފެއް}، (2ވަނަ އިސްދާރު). ވެސްޓް ސަސެކްސް: ވައިލީ ބްލެކްވެލް. {Wardhaugh}.
ވްއޭ، ލީ. (2018). ޓްރާންސްލޭންގުއެޖިންގ އޭސް އަ ޕްރެކްޓިކަލް ތިއަރީ އޮފް ލޭންގުއެޖް {'ޓްރަންސްލޭންގުއެޖިން' ބަހުގެ ޢަމަލީ ނަޒަރިއްޔާގެ ގޮތުގައި}. އެޕްލައިޑް ލިންގުއިސްޓިކްސް، 39(1)، 9-30. {Wei}.
ވޮލްފްރަމް، ވޯލްޓް. (2004). ލޭންގުއެޖް ޑެތު އެންޑް ޑައީންގް {ބަސް މަރުވުމާއި މަރުވުމުގެ ރާސްތާ}. އޮތް ފޮތް: ކޭ ޗޭމްބަރސް، ޕީޓާ ޓްރަޑްގިލް، ނަޓަލީ ޝިލިންގް-އެސްޓިސް (މުހައްރިރުން)، ދަ ހޭންޑްބުކް އޮފް ލޭންގުއެޖް ވޭރިއޭޝަން އެންޑް ޗޭންޖް (ބާބު 29). ވައިލީ އޮންލައިން ލައިބްރަރީ. {Wolfram}. https://doi.org/10.1002/9780470756591.ch29
މާޔަކޯޑް، ކްރިސްޓިއޭން. (2020). ސްޕްރެޑް އޮފް އިންގްލިޝް އެޓް ދަ ގްރާސްރޫޓްސް؟ ސޯސިއޯލިންގުއިސްޓިކް އެވިޑެންސް ފްރޮމް ޓޫ ޕޯސްޓް-ޕްރޮޓެކްޓޮރޭޓްސް: މޯލްޑިވްސް އެންޑް ޔުގަންޑާ. އޮތް ފޮތް: އޭ. ކަރކްޕެޓްރިކް (މުހައްރިރު)، ދަ ރައުޓްލެޖް ހޭންޑްބުކް އޮފް ވޯލްޑް އިންގްލިޝަސް (ސސ. 233-249). ރައުޓްލެޖް. {Meierkord}
މުޙައްމަދު، އަޙުމަދު ޒަޔާން. (2012). ދަ އެކްސްޕެޓްރިއެޓް ވަރކްފޯސް: ބޫން އޮރ ބޭން {ބިދޭސީ މަސައްކަތްތެރިން: އިތުރުކުރުން ނުވަތަ މަނާކުރުން}. ކުއަރޓަރލީ އިކޮނޮމިކް ބުލެޓިން، 12، 13-20. {Mohamed}
މުޙައްމަދު، ނާޝިޔާ. (2019). ފޮރޮމް އަ މޮނޮލިންގުއަލް ޓު އަ މަލްޓިލިންގުއަލް ނޭޝަން. އެނަލައިޒިންގ ދަ ލޭންގުއެޖް އެޑިޔުކޭޝަން ޕޮލިސީ އިން ދަ މޯލްޑިވްސް {އެކަބައްސައިން ގިނަބައްސަ ދައުލަތަކަށް ބަދަލުވުން: ދިވެހިރާއްޖޭގައި ބަސް ކިޔަވައިދިނުމުގެ ސިޔާސަތު ތަޙުލީލުކުރުން}. އޮތް ފޮތް: އ. ކަރކްޕެޓްރިކް އަދި އ. ލިޑިކޯޓް (މުހައްރިރުން). ދަ ރުޓްލެޖް އިންޓަރނޭޝަނަލް ހޭންޑްބުކް އޮފް ލޭންގުއެޖް އެޑިޔުކޭޝަން ޕޮލިސީ އިން އޭޝިއާ. ރުޓްލެޖް. {Nashiya}.
މުޙައްމަދު، ނާޝިޔާ. (2020). ފަސްޓް ލޭންގުއެޖް ލޮސް އެންޑް ނެގެޓިވް އެޓިޓިޔުޑް ޓުވަރޑްސް ދިވެހި އަމަންގް ޔަންގް މޯލްޑިވިއަންސް: އިޒް ދަ އިންގްލިޝް-ފަރސްޓް އެޑިޔުކޭޝަނަލް ޕޮލިސީ ޓު ބްލޭމް؟ {ފުރަތަމަ ބަސް ގެއްލިގެގެންދިއުމާއި ޅަ ޖީލުގެ މެދުގައި ދިވެހިބަހާ މެދު ގެންގުޅޭ ނުކިއްސަރު ވިސްނުން: މައްސަލައަކީ ތަޢުލީމުގެ ސިޔާސަތުގެ ތެރޭގައި އިނގިރޭސިބަހަށް ދީފައި އޮތް ފުރަތަމަ ދަރަޖަ؟}. ޓެސޯލް ކުއަރޓަރލީ، 54(3)، 743-772. {Nashiya}.
މުޙައްމަދު، ނާޝިޔާ. (2024). ކޯޓް ބިޓްވީން ލޭންގުއެޖަސް އެންޑް ކަލްޗަރސް: އެކްސްޕްލޯރިންގ ލިންގުއިސްޓިކް އެންޑް ކަލްޗަރަލް އައިޑެންޓިޓީ އެމޮންގް މޯލްޑިވިއަން އެޑޮލޮސެންޓްސް {ބަހާއި ސަގާފަތާ ދެމެދު ހަރުލައިފައި: ފުރާވަރު ދިވެހީންގެ ބަހަވީ އަދި ސަގާފީ ކާކުވަންތަކަން ދެނެގަތުން}. އޮތް ފޮތް: މިރިޔަމް ޝްމާލްޒް، މެނުއެލާ ވިޑާ-މަންލް، ސާރާ ބުޝްފެލްޑް، އަދި ތޯސްޓަން ބްރާޓޯ (މުހިއްރިރުން). އެކުއިސިޝަން އެންޑް ވޭރިއޭޝަން އިން ވޯލްޑް އިންގްލިޝަސް: ބްރިޖިންގް ޕެރަޑައިމންސް އެންޑް ރީތިންކިންގް އެޕްރޯޗަސް (ސސ. 335-358). ވޯލްޓާ ޑި ގްރައިޓަރ. {Mohamed}
ފަނާނީ، އަހްމަދު؛ އަދި ޖޭ. އޭ. އާރް. ޒެޑް. މާއު. (2018). ކޯޑް ސްވިޗިންގް އެންޑް ކޯޑް މިކްސިންގް އިން އިންގްލިޝް ލަރނިންގް ޕްރޯސަސް {އިނގިރޭސިބަސް ދަސްކުރުމުގެ ތެރޭގައި ކޯޑު-މައްސުނިކުރުމާއި ކޯޑު-ސުއިޗުކުރުން}. ލިންގް ޓޭރާ 5(1)، 68-77.
ފިޝްމަން، ޖޮޝުއާ. (1972). ދަ ސޯސިއޯލޮޖީ އޮފް ލޭންގުއެޖް: އެން އިންޓަރޑިސިޕްލިނަރީ ސޯސިއަލް ސައެންސް އެޕްރޯޗް ޓު ލޭންގުއެޖް އިން ސޮސައިޓީ {ބަހުގެ އިޖުތިމާއީގުޅުން: މުޖުތަމަޢުގައި ބަހުގެ ދައުރު ދެނެގަތުމުގައި ލާމެހޭ އިޖުތިމާއި ސައިންސު}. ނިއުބަރީ ހައުސް ޕަބްލިޝަރސް. {Fishman}.
ފިޝްމަން، ޖޮޝުއާ. (1991). ރިވަރސިންގް ލޭންގުއެޖް ޝިފްޓް: ތިއަރަޓިކަލް އެންޑް އެމްޕިރިކަލް ފައުންޑޭޝަންސް އޮފް އެސިސްޓަންސް ޓު ތްރެޓެންޑް ލޭންގުއެޖަސް {ބަހުގެ ފުރޮޅުން ބަދަލުކުރުން: ނުރައްކަލަށްހުރަހެޅިފައިވާ ބަސްބަހަށް އެހީތެރިވުމުގެ ނަޒަރީ އަދި ދިރާސީހެކީގެ ބިންގާ}. ކްލީވްޑަން: މަލްޓިލިންގުއަލް މެޓާޒް. {Fishman}.
ފްރިޓްޒް، ސޮންޔާ. (2002). ދަ ދިވެހި ލޭންގުއެޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޮރިކަލް ގްރެމާ އޮފް މޯލްޑިވިއަން އެންޑް އިޓްސް ޑައިލެކްޓްސް {ދިވެހިބަސް: ދިވެހިބަހާއި އެ ބަހުގެ ބަހުރުވަތަކުގެ ތަފުސީލީ އަދި ތާރީޚީ ގަވާއިދު}. ފްރެންކްފަޓް، ވަރޒްބާގް: އަރގޯން-ވަރްލްގް. {Fritz}.
ލަބޮވް، ވިލިއަމް. (1972). ސޯސިއޮލިންގުއިސްޓިކް ޕެޓާންސް {އިޖުތިމާއީބަހަވީ ތައްގަނޑު}. ފިލަޑެލްފިއާ: ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާ. {Labov}.
ލަބޮވް، ވިލިއަމް. (1984). ފީލްޑް މެތަޑްސް އޮފް ދަ ޕްރޮޖެކްޓް އޮން ލިންގުއިސްޓިކް ޗޭންޖް އެންޑް ވޭރިއޭޝަން {ބަހަވީ ބަދަލުތަކާއި ތަފާތުތަކުގެ ޕުރޮޖެކްޓުގެ މައިދާނީ ތަރީގާތައް}. އޮތް ފޮތް: ޖޯން ބޯއު އަދި ޖޮއެލް ޝާރޒަރ (މުހައްރިރުން)، ލޭންގުއެޖް އިން ޔޫސް: ރީޑިންގްސް އިން ސޯސިއޯލިންގުއިސްޓިކްސް، (ސސ. 28-54). ޕްރެންޓިސް-ހޯލް. {Labov}.
ލަމް، ޖޮނަތަން. (2018). ފްރޭމްސް އޮފް ސްޕޭޝަލް ރިފަރަންސް އިން ދިވެހި ލޭންގުއެޖް އެންޑް ކޮގްނިޝަން {ތަނާއި، މިސްރާބު، އަދި ޖަގަހަ ދިވެބަހުން ބަޔާންކުރާ ގޮތާއި އޭގެ ބުއްދި}. {މަތީ ޑިގުރީ ފިކުރާތު، މޮނާޝް ޔުނިވަރސިޓީ، އޮސްޓްރޭލިއާ}. {Lum}
ލެންޑްވިއަރ، އެމް. ލީން. (1998). އިންޑިކޭޓާސް އޮފް އެތުނޯލިންގުއިސްޓިކް ވައިޓަލިޓީ: ކޭސް ސްޓަޑީ އޮފް ޓޫ ލޭންގުއެޖަސް – ލަބޫ އެންޑް ވަނީމޯ {ސަގާފީބަހަވީ ދިރުމުގެ ފާހަގަތައް: ދެ ބަހެއްގެ ވޭދަނަ ދިރާސާ - ލަބޫ އަދި ވަނީމޯ}. އޮތް ފޮތް: ނިކޮލަސް އޮސްޓްލަރ (މުހައްރިރު). އެންޑެންޖަރޑް ލޭންގުއެޖަސް، ވޮޓް ރޯލް ފޮރ ޕްރެކްޓިޝަނަރޒް؟ (ސސ. 64-72). ބާތު، ޔޫ.ކޭ.: ދަ ފައުންޑޭޝަން ފޮރ އެންޑޭންޖަރޑް ލޭންގުއެޖަސް. {Landweer}.
ގަރސިއާ، އޮފީލިއާ. (2011). ބައިލިންގުއަލް އެޑިއުކޭޝަން އިން ދަ 21ސްޓް ސެންޗަރީ: އަ ގްލޯބަލް ޕަރސްޕެކްޓިވް {އެކާވީސްވަނަ ގަރުނުގައި ދެބައްސަ ތަޢުލީމު: ބަވަނަ ނަޒަރިއްޔާއެއް}. ޖޯން ވައިލީ އެންޑް ސަންސް. {Garcia}
ގާޑްނަރ-ކްލޯރެސް، ޕެނެލޮޕީ. (1997). ކޯޑް-ސްވިޗިންގް: ލޭންގުއެޖް ސެލެކްޝަން އިން ތްރީ ސްޓްރަސްބަރޯ ޑިޕާޓްމަންޓް ސްޓޯރްސް {ކޯޑު-ސުއިޗުކުރުން: ސްޓަސްބަރޯ ޑިޕާޓުމަންޓު ފިހާރަތަކުގައި ބަސް އިޚުތިޔާރުކުރުން}. އޮތް ފޮތް: ނިކޮލަސް ކުޕްލަންޑް އަދި އެޑަމް ޖޯރްސްކީ (މުހައްރިރުން) ، ސޯސިއޯލިންގުއިސްޓިކްސް: އަ ރީޑަރ އެންޑް ކޯސްބުކް. (ސސ. 361-375). ހެމްޕްޝަޔަރ: މެލްމިލަން ޕްރެސް. {Gardner-Chloros}.
ގްރެނަބްލް، ލެނޯ؛ އަދި ލިންޑްސޭ ވާލީ. (1998). އެންޑެންޖަރޑް ލޭންގުއެޖަސް: ލޭންގުއެޖް ލޮސް އެންޑް ކޮމިއުނިޓީ ރެސްޕޮންސް {ނުރައްކަލަށްހުރަހެޅިފައިވާ ބަސްބަސް: ބަސް ގެއްލުމާއި ޖަމާއަތުގެ ރައްދު}. ކެމްބްރިޖް: ދަ ޔުނިވަރސިޓީ އޮފް ކެމްބްރިޖް. {Grenoble}.
ސައިރަސް، ސްމާޓް އެޒީހޫ؛ ޕޯޓް ހާކޯޓް ރުމޮލުމެނީ. (2020). ލޭންގުއެޖް އެންޑޭންޖަމަންޓް {ބަސް ނުރައްކަލަށްހުރަހެޅުން}. ޖަރނަލް އޮފް ދަ ފެކަލްޓީ އޮފް ހިއުމަނިޓީޒް. 18(2)، 141-160. {Cyrus}.
ޞަލާޙުއްދީން، ޙުސައިން. (2011). ތުޙްފަތުލް އަދަބިއްޔާތު. ދިވެހިބަހާ ތާރީޚާ ބެހޭ މަރުކަޒު. (އަސްލު މަތުބާ 1328ހ.)
ސްވަޑޭޝް، މޮރިސް. (1972). ދަ އޮރިޖިން އެންޑް ޑައިވަރސިފިކޭޝަން އޮފް ލޭންގުއެޖް {ބަހުގެ އަސްލާއި ބަސް ސިންދަފާތުވުން}. ލަންޑަން: ރޫޓްލެޖް & ކީގަން ޕޯލް. {Swadesh}.
ޑޯރިއަން، ނެންސީ. (1981). ލޭންގުއެޖް ޑެތު: ދަ ލައިފް ސައިކްލް އޮފް އަ ސްކޮޓިޝް ގެއިލިކް ޑައެލެކްޓް {ބަސް މަރުވުން: ސްކޮޓްލޭންޑް ގެލިކް ބަހުރުވައެއްގެ ދިރުމާ މަރުގެ ރާސްތާ}. ފިލަޑެލްފިއާ: ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާ ޕްރެސް. {Dorian}.
ޒާހިރު، އާމިނަތު. (2018). ޓީވީ ޕުރޮގުރާމުތަކުގައި ވާހަކަދައްކާ އިރު މީހުން ބަސްމަސްހުނިކުރާ މިންވަރާއި ބަސް މަސްހުނިކުރާ ގޮތްތައް. ދަ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް، 6(6)، 83-96.
ޒާހިރު، އާމިނަތު؛ އާމިނަތު ރިޔާޟް؛ އަދި ދީބާ މޫސާ. (2023). ދިވެހި ތުއްތުކުދީން ދިވެހިބަހަށް ބީރައްޓެހިވުން: މަސްލަހަތުވެރިންގެ ނަޒަރުން. މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް، 11(ޚާއްސަ އަދަދު)، 135-159. https://doi.org/10.62338/rkc6q957
ޓަގްލިއަމޮންޓޭ، ސާލީ. (2006). އެނެލައިޒިންގް ސޯސިއޯލިންގުއިސްޓިކް ވޭރިއޭޝަން {އިޖުތިމާއީބަހަވީ ތަފާތުތައް ތަޙުލީލުކުރުން}. ކެމްބްރިޖް: ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Tagliamonte}.
ޔުނެސްކޯ. (2003). ލޭންގުއެޖް ވައިޓަލިޓީ އެންޑް އެންޑޭންޖަރމަންޓް {ބަހުގެ ދިރުމާއި ނުރައްކަލަށްހުރަހެޅުން}. އިންޓަރނެޝަނަލް އެކްސްޕަރޓް މީޓިންގ އޮން ދަ ޔުނެސްކޯ ޕްރޮގްރާމް ސޭފްގާޑިންގ އޮފް އެންޑޭންޖާރޑް ލޭންގުއެޖަސް، ޕެރިސް. {UNESCO}. https://unesdoc.unesco.org/ark:/48223/pf0000183699
ޖަމާލުއްލައިލް، ސައީދް ހާރޫން؛ އަދި ޝަހްރީނާ ނޯރްދީން. (2023). އެތުނޯލިންގުއިސްޓިކްސް ވައިޓަލިޓީ ތިއަރީ: ދަ ލާސްޓް ސްޓާންސް ފޮރ އަ ލޭންގުއެޖް ސަރވައިވަލް {ސަގާފީބަހަވިއްޔާތު ދިރުމުގެ ނަޒަރިއްޔާ: ބަހެއް ދެމިއޮތުމުގެ އެންމެ ފަހު ހިންތާ}. ސަސްޓޭނަބަލް މަލްޓިލިންގުއަލިޒްމް، 22(1)، 27-55. {Jamallullail}.
ޖެނެސީ، ފްރެޑް. (2002). ރީތިންކިންގް ބައިލިންގުއަލް އެކުއިޒިޝަން {ދެބައްސަ ލިބިގަތުމާ މެދު އަލުން ވިސްނާލުން}. އޮތް ފޮތް: ޖީން-މާރކް ދިވައެލް، އެލްކްސް ހޫސަން، އަދި ލި ވެއި (މުހައްރިރުން)، ބައިލިންގުއަލިޒްމް: ބިޔޮންޑް ބޭސިކް ޕްރިންސިޕްލްސް (ސސ. 158-182). ކްލީވްލަންޑް: ޔުނިވަރސިޓީ އޮފް ކެލިފޯނިއާ. {Genesee}.