Abstract
Mutual intelligibility is one of the criteria that can be used to distinguish a language from a dialect. It helps to determine whether two varieties of a language are from the same or different languages. Hence, using the criterion of mutual intelligibility, this study tested whether Hahdhunmathee (L. Atoll) dialect of Dhivehi Language is intelligible to the speakers of standard dialect of Dhivehi Language. Testing was done in two different functional ways, by reading and by listening. Reading was tested at three different levels; paragraph level, sentence level and at word level. By employing a mixed method, exploratory sequential design and by using purposive sampling technique, 100 participants were selected and data was collected by administering the intelligibility tests. The results of the tests were subjected to descriptive statistical analysis. The findings of the study conclude that Hahdhunmathee dialect of Dhivehi language, to a great extent, is intelligible to the speakers of the standard dialect of Dhivehi language. Implications are then drawn to conduct further research to identify structural linguistic differences between the two dialects.
ދިވެހިބަހުގެ ރަސްމީ ބަހުރުވައިގެ އަހުލުވެރީންނަށް ހައްދުންމަތީ ބަހުރުވަ ދޭހަވޭހެއްޔެވެ؟
ޚުލާޞާ : މި ދިރާސާއަކީ ލާމު އަތޮޅު (ހައްދުންމަތީ) ގައި ވާހަކަދައްކާ ބަހުރުވަ ދިވެހިބަހުގެ ރަސްމީ ބަހުރުވައިގެ އަހުލުވެރީންނަށް ދޭހަވޭތޯ ބެލުމަށް، ބަހެއްތޯ ނުވަތަ ބަހުރުވައެއްތޯ ކަނޑައެޅުމަށް ހެދިފައިވާ ކްރައިޓީރިއާ (މިންގަނޑު)ތަކުގެ ތެރެއިން “މިއުޗުއަލް އިންޓެލިޖިބިލިޓީ” މި މިންގަނޑުގެ އަލީގައި ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި، ދޭހަވޭތޯ ދެ ގޮތަކަށް ވަޒަން ކުރެވުނެވެ. އެއީ ހައްދުންމަތީ ބަހުރުވައިން ލިޔެފައިވާ ލިޔުން ކިޔައި ދޭހަވޭތޯއާއި އަދި ހައްދުންމަތީ ބަހުރުވައިން ދައްކާފައިވާ ވާހަކަ އަޑުއަހައިގެން ދޭހަވޭތޯއެވެ. މިއީ މިކްސްޑް މެތަޑުގެ ތެރެއިން އެކްސްޕްލޯރޭޓަރީ ސީކުއެންޝަލް ޑިޒައިން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޑާޓާ އެއްކުރުމުގެ ދެ މަރުޙަލާއެއް ކުރިޔަށް ގެންދެވުނެވެ. ފުރަތަމަ މަރުޙަލާގައި ސްނޯބޯލް ސާމްޕްލިންގ ބޭނުންކޮށްގެން މީހުން ހޯދައިގެން ރެކޯޑިންތައް ހަދައި، އެ އަޑުއަހައި، ޓްރާންސްކްރައިބް ކޮށް، އެ ލިޔުންތައް ބޭނުންކޮށްގެން ސުވާލު ކަރުދާހެއް ތައްޔާރުކުރެވުނެވެ. އެއަށްފަހު ދެވަނަ މަރުޙަލާގައި މި ސުވާލުކަރުދާސް އިންސްޓްރުމަންޓުގެ ގޮތުގައި ބޭނުންކޮށްގެން، ޕަރޕަސިވްކޮށް ހޮވާލެވުނު، 100 ބައިވެރީން ލައްވާ ދޭހަވޭތޯ ބެލުމަށް ފަންކްޝަނަލް ޓެސްޓެއް ހެއްދުނެވެ. އެއަށްފަހު ބައިވެރީން ފުރިހަމަކުރި ސުވާލުކަރުދާސްތައް ރުބްރިކެއް ބޭނުންކޮށްގެން ފާހަގަކޮށް، ޑިސްކްރިޕްޓިވް ސްޓެޓިސްޓިކްސްގެ އެހީގައި ރަސްމީބަހުރުވައިގެ އަހުލުވެރީންނަށް ހައްދުންމަތީ ބަހުރުވަ ދޭހަވަނީ ކިހައި މިންވަރަކަށްތޯ ބަލައި ނަތީޖާތައް ހޯދުނެވެ. ދިރާސާގެ ހޯދުންތަކުން ފާހަގަކުރެވުނީ، ދިރާސާގައި ބައިވެރިވި ރަސްމީބަހުރުވައިގެ އަހުލުވެރީންގެ ތެރެއިން ގިނަ ބައިވެރީންނަށް ހައްދުންމަތީ ބަހުރުވައިން ލިޔެފައިވާ ލިޔުމާއި އަދި ދައްކާފައިވާ ވާހަކައިގެ ބޮޑުބައި ދޭހަވާކަމަށެވެ. ނަމަވެސް މިއީ، މި ދިރާސާގައި ބައިވެރިވި 100 ބައިވެރީންނަށް ދޭހަވީ މިންވަރެވެ. މިކަން ބޮޑަށް ކަށަވަރު ކުރުމަށް ޓަކައި، މިއަށް ވުރެ ގިނަ ބައިވެރީން ބޭނުންކޮށްގެން، އިތުރު ދިރާސާތައް ހެދުމަކީ މުހިންމުކަމެކެވެ. އަދި ދިވެހިބަހުގެ އެހެން ބަހުރުވަތަކަށް ވެސް މުސްތަޤުބަލުގައި މިފަދަ ދިރާސާތައް ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
References
ހަަންސް ހެންރިކް ހޮކްއާއި ބްރަޔަން ޖޯސެފް .(2009). ލެންގްއޭޖް ހިސްޓްރީ ލެންގްއޭޖް ޗޭންޖް އެންޑް ލެންގްއޭޖް ރިލޭޝަންޝިޕް. ބާރލިންގ: ވޯލްޓަރ ޑިގް ރައިޓަރ
ހޮންގްޔަން ވަންގް އަދި ވިންސެންޓް ޖޭ ވަން ހިއުވެން. (2005). މިއުޗުއަލް އިންޓެލިޖިބިލިޓީ އޮފް އެމެރިކަން،ޗައިނީޒް އޭންޑް
ޑަޗް އެކްސެންޓެޑް ސްޕީކާރސް އޮފް އިންގްލިޝް. އިންޓަރސްޕީޗް. 4 (8) 2225-2228
އަމާލިއާ އީ ޏާނަދޭސިކަން. (2017). ދިވެހި: ދަ ލޭންގުއޭޖް އޮފް މޯލްޑިވްސް. ބަރލިން، ބޮސްޓޮން: ޑި ގްރޫޓާރ މޮއުޓަން.
https://doi.org/10.1515/9781614512349
ރޮބަޓް ރޮޑްމަން. (1998). އޭން އިންޓްރޮޑަކްޝަން ޓު ލެންގުއޭޖް. (ސެވަންތް އެޑިޝަން). ނޯތުކޮރެއާ: ބޯސަން ބުކްސް
ކެރޯލް މަޔަރސް ސްކޮޓަން. (2006). މަލްޓިޕްލް ވޮއިސް އޭން އިންޓްރޮޑަކްޝަން ޓު ބައިލިންގުއަލިޒަމް. ޔޫ.ކޭ: ބްލެކްވެލް ޕަބްލިޝިންގ
އަލީނާ މާރިއާ ސިއޮބާނޫ އަދި ލިވިއު ޕީ. ޑިނިއު. (2014). އޮން ދަ ރޯމަންސް ލޭންގްވިޖަސް މިއުޗުއަލް އިންޓެލިޖިބިލިޓީ. އެލް އާރު އީ ސީ
އެޑްވަރޑް ފިނެގަން (2015). ލޭންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް (ހަތްވަނަ އިސްދާރު). ޔޫ.އެސް.އޭ. ވޮޑްސްވޮތު
ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު. (2004). ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން...(2): ދިވެހި އަދަބީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައާ ހުރި ތަފާތު. ފަތްތޫރަ. 26(1)، 51-54
ޢަޒީޒާ ޢަފީފު. (2019). ދިވެހިންގެ ވެހި ބަހާއި ވެހި ބަހުރުވަތައް. ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ ގޮފިކޮޅު. މާލެ: ދިވެހިބަހުގެ އެކެޑަމީ.
ލިއޯނީ ބޯއުވަރ. (2007). އިންޓަރކޮމްޕްރިހެންޝަން އޭންޑް މިއުޗުއަލް އިންޓެލިޖިބިލިޓީ އަމަންގް ސަދަން މަލަގަސީ ލޭންގްވިޖަސް. ލޭންގްވިޖް މެޓާރސް: ސްޓަޑީޒް އިން ދަ ލޭންގްވިޖަސް އޮފް އެފްރިކާ. 38 (2). 253-274
ސެސީލިއާ ޒޭޓޯ (2000). ޓެސްޓިން އިންޓެލިޖިބިލިޓީ އަމަންގް ސިނިޓިކް ޑައިލެކްޓްސް. ޕްރޮސީޑިންގސް އޮފް އޭ.އެލް.އެސް.ޓޫ. ކޭ. ދަ 2000 ކޮންފަރަންސް އޮފް ދަ އޮސްޓްރޭލިއަން ލިންގުއިސްޓިކް ސޮސައިޓީ
ސޮންޏާ ފްރިޒްޓް. (2002). ދަ ދިވެހި ލޭންގްއޭޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޯރިކަލް ގްރެމަރ އޮފް މޯލްޑިވްސް އެންޑް އިޓްސް ޑައިލެކްސް. ޖަރމަން: އަރގަން ވަރލެގް
ސްކޮޓް ތޯންބަރީ. (2002). ހައު ޓު ޓީޗް ވޮކެބިޔުލެރީ. ހާރލޯވް.ޕިއާރސަން
ސްލަވިމޮރ ސެޕްލޯ، ޖަން ބަޓޯރާ، އާދަމް ބެންކަޓޯ، ޖިރި މިލިކާ، ކްރިސްޓޮފަރ ޕެރޭރާ އަދި ޕީޓަރ ޒެމަނެކް. (2016). މިއުޗުއަލް އިންޓެލިޖިބިލިޓީ އޮފް ސްޕޯކަން މާލްޓީސް،ލީބިޔަން އަރަބިކް އޭންޑް ޓޫނީޝިއަން އަރަބިކް ފަންކްޝަނަލީ ޓެސްޓެޑް: އަ ޕައިލަޓް ސްޓަޑީ. ފޮލިއާ ލިންގުއިސްޓިކާ 2016، 50 (2). 583-628.
ޝާލޮޓް ގޫސްކެންސް. (2007). ދަ ކޮންޓްރިބިއުޝަން އޮފް ލިންގުއިސްޓިކް ފެކްޓަރސް ޓު ދަ އިންޓެލިޖިބިލިޓީ އޮފް ކްލޯޒްލީ ރިލޭޓެޑް ލެންގުވިޖަސް. ޖަރނަލް އޮފް މަލްޓިލިންގުއަލް އެންޑް މަލްޓިކަލްޗަރަލް ޑިވެލޮޕްމަންޓް. 28(6)، 445-467.
ޝާލޮޓް ގޫސްކެންސް. (2013). އެޑިޓްކުރެއްވީ (އަރް. ބޭލީ، އާރް. ކެމެރަން އަދި ސީ. ލޫކަސް، 2013). އެކްސްޕެރިމެންޓަލް މެތަޑް ފޯރ މެޝަރިންގ އިންޓެލިޖިބިލިޓީ އޮފް ކްލޯޒްލީ ރިލޭޓެޑް ލޭންގުއޭޖް ވެރައިޓީސް. ދަ ކޮސްފޯރޑް ހޭންޑް ބުކް އޮފް ސޯޝިއޯ ލިންގުއިސްޓިކްސް. (195-2013). ކޮސްފޯރޑް ޔުނިވަރސިޓީ ޕްރެސް
ޝާލޮޓް ގޫސްކެންސް އަދި ސިންޑީ ޝްނެއިޑަރ. (2016). ޓެސްޓިންގ މިއުޗުއަލް އިންޓެލިޖިބިލިޓީ ބިޓްވީން ކްލޯޒްލީ ރިލޭޓެޑް ލޭންގްވިޖަސް އިން އޭން އޯރަލް ސޮސައިޓީ. ލޭންގްވިޖް ޑޮކިޔުމެންޓޭޝަން އޭންޑް ކޮންޒަރވޭޝަން. 10 278-305.
ޝާލޮޓް ގޫސްކެންސް، ވިންސެންޓް ޖޭ ވަން ހިއުވެން، ޖެލީނާ ގޮލޮބޮވިކް، އަންޖާ ޝުޕާރޓް،ފެމްކީ ސުވާރޓް އަދި ސްޓެފަނީ
ވްއިޓް. (2017). މިއުޗުއަލް އިންޓެލިޖިބިލިޓީ ބިޓްވީން ކްލޯޒްލީ ރިލޭޓެޑް ލޭންގްވިޖަސް އިން ޔޫރަޕް. އިންޓަރނޭޝަނަލް ޖާރނަލް އޮފް މަލްޓިލިންގުއަލިޒަމް. DOI:10.1080/14790718.2017.1350185
ޓިމް ކެނީ އަދި ފިލިޕްސް ސްޓްރަންޒީ. (2017). ޓެން ކެރެކްޓަރިސްޓިކްސް އޮފް ލޭންގްވިޖް ޑައިލެކްޓްސް. ނެގީ
: http://www.thegeogroup.com/10-characteristics-language-dialects/
ޓަންގް ޗޯޖޫ އަދި ވިންސެންޓް ޖޭ ވަން ހިއުވެން. (2009). މިއުޗުއަލް އިންޓެލިޖިބިލިޓީ އޮފް ޗައިނީޒް ޑައިލެކްޓްސް އެކްސްޕެރިމްންޓަލީ ޓެސްޓެޑް. ލިންގުއާ، 119(؟)، 739-732
ޔުމްނާ މައުމޫނު .(2002). އަ ޖެނެރަލް އޯވަރވިއު އޮފް ދަ ދިވެހި ލެންގްއޭޖް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
ޖީން އެއިޗިސެން. (1992) ޓީޗް ޔުއަރސެލްފް ލިންގްއިސްޓިކްސް. (ފަސްވަނަ އިސްދާރު). ލަންޑަން: ހޮޑާ އެންޑް ސްޓޯޓަން
ޖެކް އާރް. ފްރެންކްލް އަދި ނޯމަން އީ ވޯލެން. (2009). ހައު ޓު ޑިޒައިން އެންޑް އިވެލުއޭޓް ރިސަރޗް އިން އެޑިއުކޭޝަން. ނިއުޔޯކް: މެކް ގްރޯ ހިލް
ޖޭ.ކޭ. ޗެމްބަރސް އަދި ޕީޓަރ ޓްރަޑްގިލް. (1998). ޑައިލެކްޓޮލޮޖީ. (2ވަނަ އިސްދާރު) ޔޫ.ކޭ: ކެމްބްރިޖް ޔުނިވަސިޓީ ޕްރެސް
ޖެލީނާ ގޮލޮބޮވިކް އަދި ޝާލޮޓްގޫސްކެންސް. (2015). މިއުޗުއަލް އިންޓެލިޖިބިލިޓީ ބިޓްވީން ވެސްޓް އެންޑް ސައުތު ސްލަވިކް ލޭންގްވިޖަސް. ރަސް ލިންގުއިސްޓް. (2015) 39
-37