Abstract
One feature of some South Asian languages of the Indo-Aryan language subfamily is the existence of simple sentences that do not include a verb in their predicate. Such sentences may be categorised into two groups: equational versus adjectival clauses or sentences. Literature from local and overseas researchers indicates the presence of non-verbal sentences in the Dhivehi language; and overseas researchers have indicated the presence of equational clauses in the Dhivehi language. However, there does not appear to be in-depth analysis of the structure of such equational clauses, and therefore the purpose of this paper is to address this research gap. Accordingly, simple sentences consisting of one independent clause were analysed to determine their constituent structure, syntactic formation, and function. The data reported in this paper is based on sample sentences taken from two corpora that were developed to analyse the Dhivehi language. All 2585 sentences in the primary corpus were analysed for their clause structure while the second corpus of 10675 sentences were relied upon, where required, for further clarification for sentence structures found through the first corpus. The constituent structure was identified by separating out the clauses, phrases, and words in each sentence and then extracting the clause types and summing them using advanced features of Microsoft Excel. The data was analysed using a qualitative descriptive approach and the results are presented to show the constituents of the clauses, determine the role of these constituents, and then outline the clause structure. These findings show that both the referring expression and the predicate of the equative clause consist mainly of noun-phrases and both these noun-phrases are conjoined with the particle “akee” or “ee”. The findings also show that the noun-phrase may contain additional constituents. Accordingly, one noun-phrase may contain more than one noun and there can be adjectival phrases before a noun-phrase. Additionally, these adjective phrases or adjectival phrases may contain adjectives and postpositional phrases. Furthermore, additional phrases were identified that can be added before, after, or within an equational clause. These novel findings on the syntax of the Dhivehi language have implications for teaching as well as further research of Dhivehi language.
ބައިހަމަ ބަސްކޯޅީގައި ލަފުޒު ތަރުތީބުވާ ގޮތް: ބަސްމާފާނު ތަހުލީލެއް
އިންޑޯއާރިއަން ޢާއިލާއިން ކަފިވެގެން އޭޝިޔާ ބައްރަށް ފެތުރިފައިވާ ބައެއް ބަސްބަހުގައި ހިމެނޭ އެއް ސިފައަކީ، ކަން ނުހިމެނޭ ނަމުގެ ޖުމުލަ ހުރުމެވެ. މިފަދަ ނަމުގެ ޖުމުލައިގެ ތެރޭގައި ދެބައިހަމަ ޖުމުލަ (އީކުއޭޝަނަލް ސެންޓެންސް) އާއި ނަންއިތުރުގެ ޖުމުލަ (އެޖެކްޓިވަލް ސެންޓެންސް) ވެސް ހުރެއެވެ. ދިވެހިބަހުގައި ވެސް ނަމުގެ ޖުމުލަ ހިމެނޭކަން ދޭސީ އަދި ބިދޭސީ ބަހަވީންނާއި އެކަށައަޅާ ގަވާއިދު ލިޔުއްވާފައިވާ ބޭފުޅުންގެ ލިޔުއްވުންތަކުން ފާހަގަކުރެވެއެވެ. މީގެއިތުރުން، ދިވެހިބަހުގައި ދެބައިހަމަ ޖުމުލަ ހިމެނޭކަން ބިދޭސީ ބައެއް ބަހަވީން ފާހަގަކުރައްވައެވެ. ނަމަވެސް، ދިވެހިބަހުގައި ހިމެނޭ ދެބައިހަމަ ޖުމުލައާއި ދެބައިހަމަ ބަސްކޯޅީގެ ތަފުސީލީ ތަހުލީލެއް ކުރައްވާފައިވާތީއެއް ނުފެނެއެވެ. އެހެންކަމުން މި ދިރާސާގައި ބަލައިލާނީ ސާދާ ޖުމުލައިގައި ދެބައިހަމަ ބަސްކޯޅި އެތުރި ތަރުތީބުވާ ގޮތެވެ. ވީމާ، މި ދިރާސާގައި ތަހުލީލުކުރެވުނީ، އެއް ބަސްކޯޅި ހިމެނޭ ދެބައިހަމަ ޖުމުލައެއްގައި ބަހާތައް އެތުރޭ ގޮތާއި ތަފާތު ބަހާތަކުގެ ކުރިއަށާއި ފަހަތަށް އިތުރުކުރެވޭ އިތުރު ބަހާތަކަކީ ކޮބައިކަމެވެ. މި ދިރާސާ ކަރުދާސް އެކުލަވައިލީ، ޑާޓާގެ ގޮތުގައި ބޭނުންކުރި ދެ ބަސްމާފާނަކުން ސާންޕަލް (ސުންކު) ނަގައިގެންނެވެ. މައިގަނޑު ގޮތެއްގައި ބޭނުންކުރީ ބަސްމާފާނު 1އެވެ. ބަސްމާފާނު 1ގެ ޖުމުލަތައް ތަހުލީލުކުރީ، އެކްސެލްޝީޓެއްގައި ޖުމުލަތައް ރުކުރުވައިލުމަށް ފަހު، ކޮންމެ ޖުމުލައެއްގައި ހިމެނޭ ވަކިވަކި ބަސްކޯޅިތައް ވަކިވަކިން ފާހަގަކޮށް ކޯޑުތަކެއް ދީގެން އޮޓެމެޓިކުން ގުނޭނެ ފަދަ ފޮމިއުލާއެއް (މާދަލާއެއް) ބޭނުންކޮށްގެންވެ. ބަސްމާފާނު 2 ބޭނުންކުރީ، ބަސްމާފާނު 1ގެ ހޯދުންތަކާ ގުޅިގެން އިތުރަށް ބޭނުވި ސުންކުތައް “ސަރޗް ޓޫލް” ބޭނުންކޮށްގެން ހޯދުމަށް ޓަކައެވެ. މި ދެ ބަސްމާފާނު ބޭނުންކޮށްގެން ސުންކުގެ ގޮތުގައި ކަނޑައެޅި ޖުމުލަތައް، “ކޮލިޓޭޓިވް” (ސިފަވީ) އުސޫލުތައް ބޭނުންކޮށްގެން ސިފަކޮށްދީފައިވާނެއެވެ. މި ސިފަކުރުންތަކުން ނުކުތް ނަތީޖާތަކަށް ބަލާއިރު ދެބައިހަމަ ސާދާ ޖުމުލައެއްގައި އިސްބައިގައި އަދި ޚަބަރުގައި ވެސް އިސް ދައުރެއް އަދާކުރަނީ ނަމުގެ މައިގަނޑެވެ. މި ދެ ނަމުގެ މައިގަނޑު ގުޅުވައިދޭ ފާހަގަތަކަކީ “އަކީ” އަދި “އީ” އެވެ. ނަމުގެ މައިގަނޑުތަކުގައި އިތުރު ބާހަތައް ވެސް އެކުލެވެއެވެ. މި ގޮތުން، ނަމުގެ މައިގަނޑެއްގައި އެއް ނަމަށް ވުރެ ގިނަ ނަން ހިމެނިދާނެކަމާއި ނަމުގެ މައިގަނޑުގެ ކުރިއަށް ނަންއިތުރުގެ މައިގަނޑުތައް އިތުރުކުރެވޭކަން ވެސް ހާމަވިއެވެ. މި ނަންއިތުރުގެ މައިގަނޑުތަކުން ނަންއިތުރު، ނަންއިތުރުގެ ޢިބާރާތް އަދި ޕޯސްޓް ޕޮޒިޝަނަލް ފްރޭޒް (ފަހުވިއްދި ލަފުޒުގެ މައިގަނޑު) ފާހަގަވެއެވެ. މީގެ އިތުރުން ވެސް ތަފާތު ދައުރުތައް އަދާކުރާ މައިގަނޑުތައް ދެބައިހަމަ ބަސްކޯޅީގެ ކުރިއަށާއި މެދުތެރެއަށާއި ފަހަތަށް ވެސް އިތުރުކުރެވޭކަން ފާހަގަކުރެވުނެވެ. ވީމާ، މި ހޯދުނު އައު ހޯދުންތަކާ އެކު، މި ދިރާސާއިން ދިވެހިބަހަށާއި ބަހަވީ ޢިލްމަށް އިތުރު ކުރިއެރުމެއް ލިބުނީއެވެ
References
ހުސައިން ރަޝީދު އަޙުމަދު. (1999). ދިވެހިބަހުގެ ބަސްމަގު (ޤަވީމުއްލިސާނުގެ ޝަރަޙަ). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ބްރާޖް ބީ ކަޗުރޫ، ޔަމުނާ ކަޗުރޫ & އެސް އެން ސްރިދާރް. (2008). ލެންގުއޭޖް އިން ސައުތް އޭޝިއާ. ކެމްބްރިޖް: ކެމްބްރިޖް ޔުނިވަރިސިޓީ ޕްރެސް.
ކަރލް ލީ ބޭކަރ. (2001). އިންގްލިޝް ސިންޓެކްސް (2ވަނަ އިސްދާރު). ކެމްބްރިޖް: ލައިބްރަރީ އެން.އައި.ޓީ. ޕްރެސް
އަނަޓޫލް ސްޓެފަނޮވިޗް. (2020). ކޯޕަސް ލިންގުއިސްޓިކްސް: އަ ގައިޑް ޓު ދަ މެތޮޑޮލޮޖީ. (ޓެކްސްޓް ބުކްސް އިން ލެންގުއޭޖް ސީރީޒް 7). ބަރލިން: ލެންގުއޭޖް ސައެންސް ޕްރެސް. DOI:10.5281/zenodo.3735822 ނެގީ: https://forvo.com/word/anatol_stefanowitsch/
އަބްރަހަމް ސަންޑޭ އުނޫބީ. (2016). ކޮންޖަންކްޝަންސް އިން އިންގްލިޝް: މީނިންގ، ޓައިޕްސް އެންޑް ޔޫޒް. އިންޓަރނޭޝަނަލް ޖަރނަލް އޮފް ސޯޝަލް ސައެންސް އެންޑް ހިއުމަނިޓީސް ރިސަރޗް، 4(3)، 213-202.
އަމާލިއާ އީ ޏާނަދޭސިކަން. (2017). ދިވެހި: ދަ ލޭންގުއެޖް އޮފް މޯލްޑިވްސް. ސީއޭއެސްއެލް ގްރެމަރ ސީރީސް ވޮލިއުމް 3. ޑީ ގްރުއިޓަރ މައުޓަން: ޔުނިވަރސިޓީ އޮފް މެރީލޭންޑް.
އެންޑްރޫ ރެޑްފަޑް، މާޓިން އަޓްކިންސަން، ޑޭވިޑް ބްރިޓްން، ހެރަލްޑް ކްލާސަން & އެންޑްރޫ ސްޕެންސަރ. (1991). ލިންގުއިސްޓިކްސް: އޭން އިންޓްރޮޑަކްޝަން. ޔުނައިޓެޑް ކިންގްޑަމް: ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
އެމިލީ މަނެޓާ. (2007). އަންއެކްސްޕެކްޓެޑް ލެފްޓް ޑިސްލޮކޭޝަން: އޭން އިންގްލިޝް ކޯޕަސް ސްޓަޑީ. ޖަރނަލް އޮފް ޕްރެގްމެޓިކްސް، (39)، 2007-1029.
އެޑްވަޑް ފިނެގަން. (2015). ލޭންގުއެޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. (7ވަނަ އިސްދާރު). ޔޫ.އެސް.އޭ: ވަރޑްސްވަރތް ސެންގޭޖް ލަރނިންގ.
ވިވެކާ ވެލުޕިއްލައި. (2012). އެން އިންޓްރޮޑަކްޝަން ޓު ލިންގުއިސްޓިކް ޓައިޕޮލޮޖީ. ނެދަލޭންޑް/ފިލެޑަލްފިއަރ: ޖޯންބެންޖަމިން ޕަބްލިޝިންގ ކޮމްޕެނީ.
ވިލިޔަމް އޯގްރެޑީ & މައިކަލް ޑޯބްރޯވޮލްސްކީ. (1992). ކޮންޓެމްޕަރަރީ ލިންގުއިސްޓިކްސް އެނަލިސިސް: އޭން އިންޓްރޮޑަކްޝަން. (2ވަނަ އިސްދާރު). ކެނެޑާ: ޖޯން ޑިޔެލް ކޮމްޕެނީ ލިމިޓެޑް
މުޙައްމަދު ޖަމީލު. (1971). ފިޔަވަޅު 3. މާލެ: ނޮވެލްޓީ ޕްރެސް.
މާސީ އަކްރޯފީ އަންސާހު. (2014). ދަ މޯފޯސިންޓެކްސް އޮފް ދަ ލޭޓެހ ސިންޕަލް ނައުން ފްރޭޒް. ކެލިފޯނިއާ ލިންގުއިސްޓިކް ނޯޓްސް. 39(1). ނެގީ: https://english.fullerton.edu/_resources/pdfs/CLN_MercyAnsahPAGINATED.pdf
ދިވެހި ބަސްފޮތް. (2011). މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (ދތޚޤމ). (2004). ދިވެހި ބަހުގެ ގަވާއިދު 1،2،3،4. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ޒޮލްޓަން ޑޯނެއި. (2011). ރިސަރޗް މެތަޑްސް އިން އެޕްލައިޑް ލިންގުއިސްޓިކްސް. ނިއުޔޯކް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް
ޕީ.އެޗް.މެތިއުސް. (2005). އޮކްސްފޯޑް ކޮންސައިޒް ޑިކްޝަނަރީ އޮފް ލިންގުއިސްޓިކްސް. ގްރޭޓް ބްރިޓްން. އޮކްސްފޯރޑް ޔުނިވަރސޓީ ޕްރެސް
ޕޯލް އާރް. ކްރޯގަރ. (2005). އެނަލައިޒިންގ ގްރެމާ: އޭން އިންޓްރޮޑަކްޝަން. ނިއުޔޯކް: ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ޖޯން ލިޔޯން. (1999). ސެންޓެންސް، ކްލޯޒް، ސްޓޭޓްމަންޓްސް އެންޑް ޕްރޮޕޮޒިޝަންސް. އެޑިޓްކުރީ ފީޓަރ ކޮލިންސް އެންޑް ޑޭވިޑް ލީ. ދަ ކްލޯޒް އިން އިންގްލިޝް: ސްޓަޑީޒް އިން ލެންޖުއޭޖް ކޮމްޕޭނިއަން ސީރީސް (އެސްއެލްސީއެސް). 45، 176-149
ޖޯން ޑަބްލިޔު ކްރެސްވެލް. (2012). ރިސަރޗް ޑިޒައިން: ކޮލިޓޭޓިވް، ކޮންޓިޓޭޓިވް އެންޑް މިކްސްޑް މެތަޑް އެޕްރޯޗަސް. (2ވަނަ އިސްދާރު). ޔޫ.އެސް.އޭ: ސޭޖް ޕަބްލިކޭޝަންސް
ޖޯޝް ވެސްޓްބަރީ. (2016). ލެފްޓް ޑިސްލޮކޭޝަން: އަ ޓައިޕޮލޮޖިކަލް އޯވަރވިއު. ލިންގުއިސްޓިކް ޕްލަސް. (50)، 21-45،
doi: 10.5842/50-0-715
ސޮންޏާ ފްރިޓްޒް. (2002). ދަ ދިވެހި ލޭންގުއެޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޮރިކަލް ގްރެމާ އޮފް މޯލްޑިވިއަން އެންޑް އިޓްސް ޑައިލެކްޓް. ފްރޭންކްފްޓް: ވަރޒްބާގް: އަރގޯން-ވަރލްގް. ނެގީ: https://twothousandisles.com/wp-content/uploads/2017/09/fritz-gippert.pdf