ދިވެހިރާއްޖޭގައި އިނގިރޭސިބަސް: ދިވެހިންގެ ކާކުވަންތަކަމަށާއި ދިވެހިބަހުގެ ސިޔާސަތަށް އަސަރުފޯރުން

Authors

  • AMINATH ZAHIR The Maldives National University Author
  • AMINATH RIYAZ The Maldives National University Author

DOI:

https://doi.org/10.62338/epdtzy97

Keywords:

Dhivehi Language, National Identity, Language Policy, Nationalism, Linguistic Imperialism, ދިވެހިބަސް, ދިވެހިންގެ ކާކުވަންތަކަން, ބަހުގެ ސިޔާސަތު, ގައުމިއްޔަތު, ބަހަވީއިސްތިޢުމާރު

Abstract

This study explores the influence of English on Maldivian identity and local language policy, particularly in light of historical, educational, and sociocultural shifts since the introduction of English-medium education in 1960. While Dhivehi remains a key marker of national identity and patriotism, English has gained significant dominance across domains, including education, media, technology, and public signage. This linguistic shift raises concerns about the erosion of the local language and its implications for national identity. The study employed a mixed-methods approach, using three strategies: a national survey (n=302) covering seven key sectors (religion, technology, education, health, media, law, and security); linguistic landscape observation (data from 1,004 public signs from Greater Malé Area); and focus group discussions with stakeholders (n=26). Quantitative data were analysed using descriptive and inferential statistics, while qualitative data were thematically examined. Findings indicate that a majority foresee English becoming even more integrated into daily life. Stakeholders expressed concern that diminished prominence of Dhivehi in the education system has weakened national identity and local language development. Survey responses highlighted early education as a critical stage for strengthening Dhivehi language skills and fostering patriotism. Furthermore, 499 of the 1,004 observed signs were exclusively in English, with many others using English names even if printed in Thaana script, and others mixing English and Dhivehi in inconsistent ways, often contrary to the 9/2011 Maldives National Language Policy Act. The study concludes that without urgent policy reinforcement, the marginalisation of Dhivehi may intensify. It recommends strengthening the implementation of the Maldivies national language policy, expanding Dhivehi use in public life and education, and ensuring equitable status for the local language alongside English. These actions are necessary to preserve national identity and promote linguistic balance in the face of global English dominance.

ދިވެހިރާއްޖޭގައި އިނގިރޭސިބަސް: ދިވެހިންގެ ކާކުވަންތަކަމަށާއި ދިވެހިބަހުގެ ސިޔާސަތަށް އަސަރުފޯރުން

މުޖުމަލު

ޤައުމެއްގައި ބޭނުންކުރާ ބަހަކަށް ބައިނަލްއަގުވާމީ ދަރަޖަ ލިބޭ އެއް ގޮތަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ބޭރު ބަހެއްގެ ގޮތުގައި އުނގެނުން ލާޒިމު ބަހަކަށް ހެދުމެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވުމުގެ ކުރިން، 1960ގައި ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމާއި، މިއަދާ ހަމައަށް މިކަން މިގޮތަށް އޮތް އޮތުމާއި، ދިވެހިބަހަކީ ގައުމިއްޔަތުގެ މައިގަނޑު އެއް ބަހާ ކަމުގައި ވިޔަސް ތަޢުލީމާއި މީޑިއާ އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން އިނގިރޭސިބަހަށް ބޮޑެތި ބާރުތަކެއް ލިބިފައި އޮތްއޮތުމަކީ ކަންބަޑުވާންޖެހޭ ކަމެކެވެ. މި ދިރާސާގެ މަގުސަދަކީ، ދިވެހިންގެ ކާކުވަންތަކަމާއި ދިވެހިބަހުގެ ސިޔާސަތަށް އިނގިރޭސިބަހުގެ ނޭދެވޭ އަސަރުފޯރާ މިންވަރު ދެނެގަތުމެވެ. މި ދިރާސާ ފަރުމާކުރީ އެކުވިތަރީގާތު ބޭނުންކޮށްގެން ތިން ތަރީގާއަކުން ޑޭޓާ އެއްކުރާ ގޮތަށެވެ. މިގޮތުން، ހިމެނެނީ ދިވެހިބަހުގެ މަސްލަހަތުވެރިންގެ މައިގަނޑު ހަތް ދާއިރާ (ދީން، ޓެކްނޮލޮޖީ، ތަޢުލީމު، ޞިއްޙަތު، މީޑިއާ، ޤާނޫނު، ސަލާމަތީބާރުތައް) ނިސްބަތްވާ ގޮތަށް 302 ބައިވެރިންގެ އޮންލައިން ސާވޭއަކާއި، މާލެ ސަރަހައްދުން ތަޙުލީލުކުރި ބަހަވީމަލައިގެ 1004 ނިޝާނަކާއި، މަސްލަހަތުވެރިންގެ ހަތް ދާއިރާއިން 26 ބައިވެރިންނާ އެކު ބޭއްވުނު 9 ގުރޫޕުގެ މަޝްވަރާއެވެ. ސާވޭގެ ޑޭޓާ ތަޙުލީލުކުރީ ޑިސްކްރިޕްޓިވް އަދި އިންފަރަންޝަލް ތަފާސްހިސާބު ބޭނުންކޮށްގެންނެވެ. ސިފަވީ ޑޭޓާ ތަޙުލީލުކުރީ ތީމުތަކުގެ މައްޗަށެވެ. މި ދިރާސާގެ ހޯދުންތަކުން ދައްކަނީ އިނގިރޭސިބަހަކީ ދިވެހިންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިހާރަށްވުރެ ވެސް ބޮޑަށް ލާމެހިގެން ހިނގައިދާނޭ ބަހެއްކަމާއި ދިވެހި ކުޑަކުދިންގެ މާދަރީބަސް އިނގިރޭސިބަހަށް ބަދަލުވަމުންދާކަމެވެ. ތަޢުލީމީ ނިޒާމުގައި އިހުގައި ދިވެހިބަހަށް އޮތް އިސްކަން، ކިޔަވައިދޭ މާއްދާއެއްގެ ދަރަޖައަށް ކުޑަވުމުގެ ސަބަބުން ދިވެހިބަހުގެ ކުރިއެރުން ބަލިކަށިވެފައިވާކަމުގެ ކަންބޮޑުވުން މަސްލަހަތުވެރިންގެ ގިނަ ބަޔަކު ފާޅުކުރައްވައިފައި ވެއެވެ. ސާވޭއިން ފާހަގަކުރެވެނީ ދިވެހީންގެ ދުވަހީދިރިއުޅުމުގެ މުޢާމަލާތްތަކުގައި ދިވެހިބަސް ބޭނުންކުރަން ނުފަރިތަކަމާއި މިއަދުގެ ހަލުވި އަދި ބަވަނަ ދުނިޔެއަށް ކަމުދާވަރަށް ދިވެހިބަހުގެ ބަސްކޮށާރުގައި ބާރެއް ނެތްކަމަށް ގިނަބަޔަކު ދެކޭކަމާއި، އޭގެ ސަބަބުން އިނގިރޭސިބަހަށް އިތުރަށް ދީލައިލާކަމަށެވެ. މިއާއެކު، ދިވެހިބަހުގެ ހުނަރުތައް ހަރުދަނާކޮށް، ގައުމިއްޔަތު ކުރިއެރުވުމަށް ޓަކައި އިސްކޫލުތަކުގެ ދަށު ގުރޭޑުތަކުގައި ނަމަހީވެސް ދިވެހިބަހުން ކިޔަވައިދޭގޮތަށް ބަދަލުކުރުމުގެ ބޭނުން އޮތްކަމަށް ފާހަގަކުރެވުނެވެ. ބަހަވީމަލައިން ނެގުނު1004  ނިޝާނުގެ 49.7 އިންސައްތައިން ފެންނަނީ ހަމައެކަނި އިނގިރޭސިބަހެވެ. އަނެއްބައި ނިޝާންތަކުގައި ތާނާއަކުރުން ހުއްޓެއްކަމަކު ގިނައިން ހުރީ އިނގިރޭސި ނަން ނުވަތަ މައްސުނި ނަންތަކާއި ނިޝާންތައްކަމަށް ހޯދުންތަކުން ދައްކައެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު، ޤާނޫނު ނަންބަރު 2011/9، ބަޔާންކުރާގޮތުން ދިވެހިރާއްޖޭގައި އާންމުންނަށް ފެންނަން ހުންނަ ކޮންމެ ނަންބޯޑެއްގައި އެންމެ އިސްކޮށް އަދި ބޮޑުކޮށް ލިޔެވިފައި އޮންނަންވާނީ ތާނައަކުރުންނެވެ. ނަމަވެސް ހޯދުންތަކުން ފެންނަނީ ޤާނޫނާ ޚިލާފުވުމާއި އިނގޭރިސިބަހަށް ދީފައި އޮތް ގަދަރެވެ. މި ހޯދުންތަކުން ނިންމަންޖެހޭ މައިގަނޑު ކަންކަމަކީ، ދިވެހިރާއްޖޭގެ ޤައުމީބަހުގެ ސިޔާސަތު ތަންފީޒުކުރުން ހަރުދަނާކުރަން ޖެހިފައިވާކަމާއި، އަވަސް ބަދަލުތަކެއް ނުގެނެވިއްޖެ ނަމަ ދިވެހިރާއްޖޭގައި ދިވެހިބަހަށް އޮތް ޖާގަ އިތުރަށް ހަނިވެގެން ހިނގައިދާނޭކަމެވެ. މިގޮތުން ޢާންމު ދިރިއުޅުމާއި ތަޢުލީމުގައި ދިވެހިބަސް ބޭނުންކުރުން ފުޅާކުރުމާއި، އިނގިރޭސިބަހާ އެކު، ދިވެހިބަހަށް ހަމަހަމަ ދަރަޖަ ހޯދައިދިނުމަށް މި ދިރާސާއިން މިސްރާބުދައްކައެވެ.

References

ހޯލް، ސްޓުއާޓް. (1996). ހޫ ނީޑްސް އައިޑެންޓިޓީ؟ އޮތްފޮތް: ސްޓުއާޓް ހޯލް؛ އަދި ޕައުލް ޑޫ ގޭ. (މުހައްރިރުން). ކުއެއްޝަންސް އޮފް ކަލްޗުރަލް އައިޑެންޓިޓީ {ސަގާފީ ކާކުވަންތަކަމުގެ ސުވާލުތައް}، (ސސ. 1-17). ސޭޖް ޕަބްލިކޭޝަންސް. {Hall}ހަލްޓް، ފްރެންސިސް އެމް. (2010). ސްވެޑިޝް ޓެލެވިޜަން އޭޒް އަ މެކޭނިޒަމް ފޮރ ލޭންގުއެޖް ޕްލޭނިންގ އެންޑް ޕޮލިސީ {ބަހުގެ ރޭވުމާއި ސިޔާސަތުގެ މެދުވެރިއެއްގެ ގޮތެއްގައި ސުވިޑްނެގެ ޓީވީ}. ލޭންގުއެޖް ޕްރޮބްލެމްސް އެންޑް ލޭންގުއެޖް ޕްލޭނިންގ، 34(2)، 158-181. .{Hult}

ޙަމީދު، ޙަސަން. (2002). މަދަރުސީ ތަޢުލީމު ހަތަރު އަނގޮޅިއެއްގައި. ފުރަދާނަ، 4(04)، 11-12.

ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން. (2015). ދިވެހިރާއްޖޭގެ މަދަރުސީ ނިޒާމުގެ ޤައުމީ މަންހަޖު. މާލެ، ދިވެހިރާއްޖެ: ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް އެޑިއުކޭޝަން.

ނޯޓަން، ބޮނީ. (2000). އައިޑެންޓިޓީ އެންޑް ލޭންގުއެޖް ލަރނިންގ: ޖެންޑަރ، އެތްނިސިޓީ އެންޑް އެޑިޔުކޭޝަނަލް ޗޭންޖް {ކާންކުވަންތަކަމާއި މިންތީގެ ފިލާވަޅުތައް}. ލޯންގްމަން. {Norton}

ރޮބިންސަން، ވިލިއަމް އައި. (2007). ތިއަރީސް އޮފް ގްލޯބަލައިޒޭޝަން {ބަވަނަވުމުގެ ނަޒަރިއްޔާތައް}. ދަ ބްލެކްވެލް ކޮމްޕޭނިއަން ޓު ގްލޯބަލައިޒޭޝަން، 143-125. {Robinson}

ރޮބަރޓްސަން، ރޮލޭންޑް. (1992). ގްލޯބަލައިޒޭޝަން: ސޯޝިއަލް ތިއަރީ އެންޑް ގްލޯބަލް ކަލްޗަރ {ބަވަނަވުން: އިޖުތިމާއީ ނަޒަރިއްޔާއާއި ބަވަނަ ސަގާފަތް}. ލަންޑަން: ސޭޖް ޕަބްލިކޭޝަން. {Robertson}.

ރިޔާޟް، އާމިނަތު؛ އާމިނަތު ޒާހިރު؛ އަދި ޒުލްފާ އިބްރާހީމް. (2025). ބަސް މަރުވުމާއި ބަސް ފަނިކެއުން: އަންނަން އޮތް ޖީލަށް ދިވެހިބަސް ފޯރުވުމަށް ހުރި ގޮންޖެހުންތަކުގެ ސިފަވީ ދިރާސާއެއް. ދަ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް، 13(ސްޕެޝަލް އިޝޫ)، 137-110.

ބެންސަން، ކެރޯލް. (2010). ދި އިމްޕޯޓަންސް އޮފް މަދަރޓަންގް ބޭސްޑް ސްކޫލިންގް ފޮރ އެޑިއުކޭޝަނަލް ކޮލިޓީ {ތަޢުލީމީ ފެންވަރަށް ޓަކައި މާދަރީބަހުން އުނގަންނައިދިނުމުގެ މުހިންމުކަން}. ކޮމިޝަން ފޮރ ދަ އޭއެފްއޭ ގްލޯބަލް މޮނިޓަރިންގް ރިޕޯޓް 2005، ދަ ކޮލިޓީ އިމްޕަރޭޓިވް، ޔުނެސްކޯ ޕްރެސް. {Benson}

ބްރޯޑްކާސްޓުކުރުމުގެ ޤާނޫނު. (2010، އޯގަސްޓް). ޤާނޫނު ނަންބަރު 2010/16. http://broadcom.org.mv/v2/dh/wp-content/uploads/2015/08/Broadcasting-Act.pdf

ކެންގިރާ، ޖެއިރޮސް. (2016). ޗެލެންޖަސް އޮފް ދަ އިމްޕްލިމެންޓޭޝަން އޮފް ލޭންގުއެޖް ޕޮލިސީސް އިން ސަދަރން އެފްރިކާ: ވަޓް އިޒް ދަ ވޭ ފޮރވަރޑް؟ {ދެކުނު އެފްރިކާގައި ބަހުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮންޖެހުންތައް: ކުރިއަށް ދެވެން އޮތީ ކިހިނެއް؟}. އިންކަންޔިސޯ، 8(2)، 156-161. {Kangira}

ކްރެސްވެލް، ޖޭ. ޑަބްލިއު. (2012). އެޑިއުކޭޝަނަލް ރިސަރޗް: ޕްލޭނިންގ، ކޮންޑަކްޓިންގ، އިވެލުއޭޓިންގ ކޮންޓިޓޭޓިވް އެންޑް ކޮލިޓޭޓީވް ރިސަރޗް {ތަޢުލީމީ ދިރާސާ: ސުމާރީ އަދި ސިފަވީ ދިރާސާ ރާވައި، ތަންފީޒުކުރުމާއި ވަޒަންކުރުން}. ޕިއަރސަން އެޑިއުކޭޝަން އައިއެންސީ. {Creswell}

ކްރިސްޓަލް. ޑޭވިޑް. (2000). ލޭންގުއެޖް ޑެތު {ބަސް މަރުވުން}. ކޭމްބްރިޖް. ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Crystal}

ކްރިސްޓަލް، ޑޭވިޑް. (2003). އިންގްލިޝް އޭސް އަ ގްލޯބަލް ލޭންގުއެޖް {ބަވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި}. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Crystal}

ކޯކް، ކޮޕޭލީ؛ ލެނަ ގްރޭންސްޓެޑް؛ އޭވަ ލިންޑްގްރެން؛ އަދި އަރބަން ލިންޑްގްރެން. (2020). ޑިވެލޮޕިންގް މެތަޑްސް ފޮރ ދަ ސްޓަޑީ އޮފް ލިންގުއިސްޓިކް ލޭންޑްސްކޭޕްސް އިން ސްޕަރސްލީ ޕޮޕިއުލޭޓެޑް އޭރިއާސް {އާބާދި މަދު ތަންތަނުގައި ބަހަވީމަލަ ދިރާސާކުރުމަށް ގޮތްތައް އުފެއްދުން}. އުމެއާ: އުމެއާ ޔުނިވަރސިޓީ. {Cocq}

ކޯލްޓަން، އެލިޒަބަތު އޮވާޓަން. (1995). ދަ އެލީޓް އޮފް މޯލްޑިވްސް: ސޯޝިއޮޕޮލިޓިކަލް އޯގަނައިޒޭޝަން އެންޑް ޗޭންޖް {ދިވެހިރާއްޖޭގެ ޢިއްޒަތްތެރިން: އިޖުތިމާއީ-ސިޔާސީ ގުޅުންތަކާއި ބަދަލު}. {މަތީ ޑިގުރި ފިކުރާތު، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައެންސް}. އީތީސީސް. {Colton}

ކޫޕަރ، ރޮބާޓް ލިއޯން. (1989). ލޭންގުއެޖް ޕްލޭނިންގް އެންޑް ސޯޝަލް ޗޭންޖް {ބަހުގެ ރޭވުން އަދި އިޖުތިމާޢީ ބަދަލު}. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Cooper}.

ކަޕްލަން، ރޮބަރޓް ބީ.؛ އަދި ރިޗަރޑް ބީ. ބަލްދޮފް. (2003(. ލޭންގުއެޖް އެންޑް ލޭންގްވިޖް-އިން-އެޑިޔުކޭޝަން ޕްލޭނިންގް އިން ދަ ޕެސިފިކް ބޭސިން {ޕެސިފިކް ބޭސިން ސަރަހައްދުގައި ބަހާއި ތަޢުލީމުގެ ބަހުގެ ރޭވުން}. ލަންޑަން. ކްލުވަރ އެކަޑެމިކް ޕަބްލިޝަރސް. {Kaplan}.

ކަޗްރޫ، ބްރާޖް ބީ. (1986). ދަ އަލްކެމީ އޮފް އިންގްލިޝް: ދަ ސްޕްރެޑް، ފަންކްޝަންސް، އެންޑް މޮޑެލްސް އޮފް ނަން-ނޭޓިވް އިންގްލިޝެސް. }އިނގިރޭސިބަހުގެ އަލްކެމީ: އަމިއްލަ ނޫން އިނގިރޭސިތައް ފެތުރުމާއި، ބޭނުންތަކާއި މޮޑެލްތައް{. ޔުނިވަރސިޓީ އޮފް އިލިނޮއި ޕްރެސް. {Kachru}

އެންޑަރސަން، ބެނެޑިކްޓް. (1983). އިމޭޖިންޑް ކޮމިޔުނިޓީސް: ރިފްލެކްޝަންސް އޮން ދަ އޮރިޖިން އެންޑް ސްޕްރެޑް އޮފް ނޭޝަނަލިޒަމް {ތަސައްވުރީ މުޖުތަމަޢު: ގައުމިއްޔަތުގެ އަސްލާއި ފެތުރުމާ ބެހޭގޮތުން ރިވެލިކުރުން}. ވަރސޯ. {Anderson}

އަލް-ގައްސާބީ، ހުދާ ކަމާލް އީލް. (2015). ލިންގުއިސްޓިކް އިމްޕީރިއަލިޒަމް އެންޑް ރީ ޝޭޕިންގ ދަ ވަރލްޑްސް ނިއު އައިޑެންޓިޓީ: އަ ރިސަރޗް ޕޭޕަރ އިން ލިންގުއިސްޓިކްސް {ބަހަވީއިލްމުގެ އިސްތިޢުމާރު އަދި ދުނިޔޭގެ ކާކުވަންތަކަން ބަދަލުކުރުން: ބަހަވީއިލްމުގެ ދިރާސީ ކަރުދާހެއް}. އިންޓަރނޭޝަނަލް ޖަރނަލް އޮފް ލިންގުއިސްޓިކްސް. 3، 61-68. {El-qassaby}

ޢަފީފު، ޙަމީޒާ. (2014). ވާހަކަދެއްކުމުގައި ބަސް މަސްހުނިކުރުން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަމުން ދާއިރު، ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކުރާގޮތުގެ ދިރާސާ. {މަތީ ޑިގުރީ ފިކުރާތު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ}.

އޮމަރު، އަސްމާހް ހާޖީ. (1983). ދަ މެލޭ ޕީޕަލްސް އޮފް މެލޭޝިއާ އެންޑް ދެއަރ ލޭންގުއެޖެސް {މެލޭޝިއާގެ މެލޭ މީހުންނާއި އެމީހުންގެ ބަސް}. ކުއަލަ ލަމްޕޫރު: ދެވަން ބަހަސަ ދަން ޕުސްޓަކަ. {Omar}.

މުޙައްމަދު، ނަސީމާ. (2002). ދިވެހިންގެ ތަރިކަ 1، 2، 3، 4. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙައްމަދު، ނާޝިއާ. (2013). ދަ ޗެލްންޖަސް އޮފް މީޑިއަމް އޮފް އިންސްޓްރަކްޝަން: އަ ވިއު ފްރޮމް މޯލްޑްވިއަން ސްކޫލް {އިރުޝާދުގެ ބަހުގެ ގޮންޖެހުންތައް: ދިވެހިރާއްޖޭގެ އިސްކޫލުތަކުގެ ނަޒަރުން}. ކަރަންޓް އިޝޫ އިން ލޭންގްއެޖް ޕްލޭނިންގ، 14(1)، 185-203.

މުޙައްމަދު، ނާޝިއާ. (2024). ކޯޓް ބިޓްވީން ލޭންގުއެޖަސް އެންޑް ކަލްޗަރސް: އެކްސްޕްލޯރިންގ ލިންގުއިސްޓިކް އެންޑް ކަލްޗަރަލް އައިޑެންޓިޓީ އަމަންގް މޯލްޑިވިއަން އެޑޮލެސެންޓްސް {ބަހާއި ސަގާފަތާ ދެމެދު ފައްތަރުވުން: ދިވެހި ފުރާވަރުކުދީންގެ ބަހަވީ އަދި ސަގާފީ ކާކުވަންތަކަން ދެނެގަތުން}. އެކުއިޒިޝަން އެންޑް ވޭރިއޭޝަން އިން ވޯރލްޑް އިންގްލިޝަސް. ބްރިޖިންގ ޕެރެޑައިމްސް އެންޑް ރީތިންކިންގ އެޕްރޯޗަސް، 358-335.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނު. (2008). ޤާނޫނު ނަންބަރު 2008/15. https://mvlaw.gov.mv/dv/legislations/185/consolidations/267

ފިލިޕްސަން، ރޮބަރޓް. (1992). ލިންގުއިސްޓިކް އިމްޕީރިއަލިޒްމް {ބަހަވީ އިސްތިޢުމާރު}. އޮކްސްފޯރޑް: އޮކްސްފޯރޑް ޔުނިވަރސިޓީ ޕްރެސް. {Phillipson}.

ފިޝްމަން، ޖޮޝުއާ އޭ. (1968). ނެޝަނަލަޓީ-ނެޝަނަލިޒްމް އެންޑް ނޭޝަން-ނޭޝަނިޒަމް {ޤައުމީވަންތަ-ގައުމިއްޔަތާއި ޤައުމީ-ގައުމިއްޔަތު}. އޮތް ފޮތް: ޖޮޝުއާ ފިޝްމަން އަދި ޗާލްސް ފަރގަސަން އަދި ޖޮތިރިންދްރާ ދާސްގުޕްތާ (މުހައްރިރުން)، ލޭންގުއެޖް ޕްރޮބްލެމްސް އޮފް ޑިވެލޮޕިންގ ނޭޝަންސް (ސސ. 39-51). ނިއު ޔޯރކް: ޖޯން ވައިލީ އެންޑް ސަންސް. [Fishman].

ފިޝްމަން، ޖޯޝުއާ. (2006). ލޭންގުއެޖް ޕޮލިސީ އެންޑް ލޭންގުއެޖް ޝިފްޓް {ބަހުގެ ސިޔާސަތާއި ބަހުގެ ބަދަލުވުން}. އޮތް ފޮތް: ތޯމަސް ރިސެންޓޯ (މުހައްރިރު)، އެން އިންޓްރޮޑަކްޝަން ޓު ލޭންގުއެޖް ޕޮލިސީ (ސސ. 311-328). ވިލޭ. {{Fishman.

ދިވެހިރާއްޖޭގެ ޤާނޫނުއާސާސީ. (2008). މާލެ، ދިވެހިރާއްޖެ. https://majlis.gov.mv/storage/downloads/yM2bEDdSg3fJ2ueI64ZgBsaIjAApmnldcaN1u6GO.pdf

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު. (2011). ޤާނުނޫ ނަންބަރު 2011/9. https://dba.gov.mv/18451

ތަޢުލީމުގެ ޤާނޫނު (2020). ޤާނޫނު ނަންބަރު 2020/24. https://mvlaw.gov.mv/dv/legislations/150/consolidations/179

ލިން، އޭންޖަލް؛ އަދި ޕީޓަރ ޑަބްލިޔު މަރޓިން (މުހައްރިރު). (2005). ޑީކޮލޮނައިޒޭޝަން، ގްލޯބަލައިޒޭޝަން: ލޭންގުއެޖު އިން އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްރެކްޓިސް {އިސްތިއުމާރީމިންޖު، ބަވަނަވުން: ތަޢުލީމުގައި-ބަސް ސިޔާސަތާއި ޢަމަލު}. (ޖިލްދު. 3). މަލްޓި ލިންގުއަލް މެޓަރސް. {Lin}.

ލެންޑްރީ، ރޮޑްރީގް؛ އަދި ރިޗާރޑް ވައި. ބޫރިސް. (1997). ލިންގުއިސްޓިކް ލޭންޑްސްކޭޕް އެންޑް އެތުނޯލިންގުއިސްޓިކް ވައިޓަލިޓީ: އެން އެމްޕެރިކަލް ސްޓަޑީ{ބަހަވީމަލަ އަދި އެތުނޯލިންގުއިސްޓިކް ދިރުން: އެމްޕެރިކަލް ދިރާސާއެއް}. ޖަރނަލް އޮފް ލޭންގުއެޖް އެންޑް ސައިކޮލޮޖީ، 16(1)، 23-49 {Landry}.

ލުޠުފީ، މުޞްތަފާ އިބްރާހީމް. (2011). ދިވެހިރާއްޖޭގެ ސްކޫލް މަންހަޖާއި ތަޢުލީމު. މުސައްނިފު.

ލަސާގަބަސްޓާރ، ޑޭވިޑް. (2017). ލޭންގުއެޖް ލަރނިންގ މޯޓިވޭޝަން އެންޑް ލޭންގުއެޖް އެޓިޓިއުޑްސް އިން މަލްޓިލިންގުއަލް ސްޕެއިން ފްރޮމް އޭން އިންޓަރނޭޝަނަލް ޕަރސްޕެކްޓިވް {ގިނަބައްސަ ސްޕެއިންގައި ބަހުގެ އުނގެނުމުގެ ހިތްވަރު އަދި ދެކޭގޮތް ބައިނަލްއަގުވާމީ ނަޒަރަކުން}. މޮޑަރން ލޭންގުއެޖް ޖަރނަލް، 101(3)، 583-596. {Lasagabaster}

ގެލޯވޭ، ނިކޯލާ؛ އަދި ހީތް ރޯޒް. (2015). އިންޓްރޮޑިއުސިންގ ގްލޯބަލް އިންގްލިޝް {ބައިނަލްއަގުވާމީ އިނގިރޭސީގެ ތައާރަފަކުރުން}. ރޫޓްލެޖް.

ގޯޓާ، ޑާކް. (2006). އިންޓްރޮޑަކްޝަން: ދަ ސްޓަޑީ އޮފް ދަ ލިންގުއިސްޓިކް ލޭންޑްސްކޭޕް އޭސް އަ ނިއު އެޕްރޯޗް ޓު މަލްޓިލިންގުއަލިޒްމް [ތައާރަފު: ގިނަބައްސައިގެ އައު ހިންތާއެއްގެ ގޮތުގައި ބަހަވީމަލަ ދިރާސާކުރުން]. އިންޓަރނޭޝަނަލް ޖަރނަލް އޮފް މަލްޓިލިންގުއަލިސްމް، 3(1)، 1-6. [Gorter].

ސްކުޓްނަބް-ކަންގަސް، ޓޯވް. (2000). ލިންގުއިސްޓިކް ޖެނޮސައިޑް އިން އެޑިޔުކޭޝަން—އޯރ ވޯލްޑްވައިޑް ޑައިވރަސިޓީ އެންޑް ހިޔުމަން ރައިޓްސް؟ { ތަޢުލީމުގައި ބަހަވީނަސްލު ނައްތާލުން--ނުވަތަ ދުނިޔޭގެ ސިންދަފާތާއި އިންސާނީ ހައްޤުތައް؟}. ރޫޓްލެޖް. {Skutnabb-Kangas}.

ސަޢީދު، އާމިނަތު. (2019، ފެބުރުއަރީ 21). ދިވެހިބަހަށް އިސްކަން ދިނުމަށްޓަކައި ބޭނުންވަނީ ގާނޫނެއް ނޫން. އާފަތިސް.އެމްވީ. /27038 http://aafathis.mv/archives

ސްޕޮލްސްކީ، ބަރނަރޑް. (2012). ދަ ކޭމްބްރިޖް ހޭންޑްބުކް އޮފް ލޭންގުއެޖް ޕޮލިސީ {ކޭމްބްރިޖް ބަހުގެ ސިޔާސަތުގެ އަތްމަތީ ފޮތް}. ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Spolsky}

ސްޕޮލްސްކީ، ބަރނަރޑް. (2004). ލޭންގުއެޖް ޕޮލިސީ {ބަހުގެ ސިޔާސަތު}. ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Spolsky}

ޑި ބްރެސް، ޖޫލިއާ. (2008). ޕްލޭނިންގ ފޮރ ޓޮލެރެބިލިޓީ: ޕްރޮމޯޓިންގ ޕޮސިޓިވް އެޓިޓިއުޑްސް އެންޑް ބިހޭވިއަރސް ޓުވަރޑްސް ދަ މައޯރީ ލޭންގުއެޖް އަމަންގް ނޮން-މައޯރީ ނިއުޒިލޭންޑާސް {ސަމާހަތްތެރިކަމަށް ރޭވުން: ނިއުޒިލޭންޑުގެ މައޯރީ މީހުންނާއި މައޯރީ ނޫން މީހުންގެ މެދުގައި ރަނގަޅު ވިސްނުމަށާއި އުޅުމަށް ބާރުއެޅުން}. {މަތީ ޑިގުރީ ފިކުރާތު، ވިކްޓޯރިއާ ޔުނިވަރސިޓީ}. {De Bres}.

ޒާހިރު، އާމިނަތު. (2018). ޓީވީ ޕުރޮގުރާމުތަކުގައި ވާހަކަދައްކާ އިރު މީހުން ބަސް މައްސުނިކުރާ މިންވަރާއި ބަސް މަސްހުނިކުރާ ގޮތްތައް. ދަ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް، 6(6)، 96-83.

ޒާހިރު، އާމިނަތު؛ އާމިނަތު ރިޔާޟް؛ އަދި ދީބާ މޫސާ. (2023). ދިވެހި ތުއްތުކުދިން ދިވެހިބަހަށް ބީރައްޓެހިވުން: މަސްލަހަތުވެރިންގެ ނަޒަރުން. ދަ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް، 11(ސްޕެޝަލް އިޝޫ)، 135-156.

ޒާހިރު، އާމިނަތު؛ އަދި އާމިނަތު ރިޔާޟް. (2024). ދިވެހިބަސްކޮށާރު އަދާހަމަކުރުން: ގޮންޖެހުންތަކާއި މައްސަލަތައް. ދަ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް، 12(ސްޕެޝަލް އިޝޫ)، 123-99.

ޒެއިން، ސުބާން. (2020). ލޭންގުއެޖް ޕޮލިސީ އިން ސުޕަރޑައިވަރސް އިންޑޮނީޝިއާ {ސިންދަފާތު އިންޑޮނީޝިއާގެ ބަހުގެ ސިޔާސަތު}. ރޫޓްލެޖް. {Zein}.

ޓިބަޓެގެޒާ، ޔުސްޓާރޑް ރުޓެލެމްވާ. (2009). ލޭންގުއެޖް އިން-އެޑިއުކޭޝަން ޕްލޭނިންގ އިން ޓެންޒޭނިއާ: އަ ސޯޝިއޯލިންގުއިސްޓިކް އެނަލިސިސް {ޓެންޒޭނިއާގައި ތަޢުލީމުގައި ބަހުގެ ރޭވުން: އިޖުތިމާއީ ބަހަވީ ޢިލްމު އތަޙުލީލެއް}. {މަތީ ޑިގުރީ ފިކުރާތު، ޔުނިވަރިސިޓީ އޮފް ދަ ފްރީ ސްޓޭޓް}. {Tibategeza}

ޓޮލެފްސަން، ޖޭމްސް ޑަބްލިއު. (1995). ޕަވަރ އެންޑް އިންއީކުއަލިޓީ އިން ލޭންގުއެޖު އެޑިއުކޭޝަން {ބަހުގެ ތަޢުލީމުގައި ބާރާއި ނުތަނަވަސްކަން}. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. {Tollefson}.

ޓސުއީ، އާމީ ބީއެމް؛ އަދި ޛެމްސް ޑަބްލިޔު ޓޮފުލްސަން. (2007). ލޭންގުއޭޖު ޕޮލިސީ، ކަލްޗަރ އެންޑް އައިޑެންޓިޓީ އިން އޭޝިއަން ކޮންޓެކްސްޓްސް {އޭޝިއާގެ ސިޔާގުގައި ބަހުގެ ސިޔާސަތާއި ސަގާފަތާއި ކާކުވަންތަކަން}. ލޯރެންސް އަލްބަމް އެސޯސިއޭޓް. {Tsui}.

ޔަރްވާޑް، ސްޓިގް، (2004). ދަ ގްލޯބަލައިޒޭޝަން އޮފް ލޭންގުއެޖް: ހައު ދަ މީޑިއާ ކޮންޓްރިބިއުޓް ޓު ދަ ސްޕްރެޑް އޮފް އިންގްލިޝް އެންޑް ދަ އިމަރޖަންސް އޮފް މީޑިއަލެކްޓްސް {ބަހުގެ ބަވަނަވުން: އިނގިރޭސިބަސް ފެތުރުމާއި މީޑިއާބަހުރަވަތަށް އުފެދުމުގައި މީޑިއާގެ ޙިއްޞާ}. މީޑިއާ ގްލޯބަލައިޒޭޝަން އެންޑް އައިޑެންޓިޓީ. 75-97. {Hjarvard}.

ޕެނީކުކް، އެލަސްޓިއަރ. (1994). ދަ ކަލްޗުރަލް ޕޮލިޓިކްސް އޮފް އިންގްލިޝް އޭޒް އޭން އިންޓަރނެޝަނަލް ލޭންގުއެޖު {ބައިނަލްއަގުވާމީ ބަހެއްގެ ގޮތުގައި އިނގިރޭސިބަހުގެ ސަގާފީ ސިޔާސް}. ލޯންގްމަން. { Pennycook}

ޕްރީޝަސް، އޮބިއޮހަ އުވައެޒުއޮކެ. (2010). ގްލޯބްލައިޒޭޝަން އެންޑް ދަ ފިއުޗަރ އޮފް އެފްރިކަން ކަލްޗަރ {ބަވަނުވުމާއި އެފްރީގެ ސަގާފަތުގެ މުސްތަގުބަލް}. އެކަޑަމިކް ޖަރނަލް، 2 (1)، 1-8. {Precious}

ޖެންކިންސް، ޖެނިފާ. (2007). އިންގްލިޝް އޭޒް އަ ލިންގުއާ ފްރާންކާ: އެޓިޓިއުޑް އެންޑް އައިޑެންޓިޓީ {ލިންގުއާ ފްރާންކާއެއްގެ ގޮތުގައި އިނގިރޭސިބަސް: ދެކޭ ގޮތާއި ކާކުވަންތަކަން}. އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް. {Jenkins}

ޖަރނަޑް، ޖޮއާން؛ އަދި ޖޯތުރިންދްރާ ދާސް-ގުޕްތާ. (1971). ޓުވަރޑްސް އަ ތިއަރީ އޮފް ލޭންގުއެޖް ޕްލޭނިންގ {ބަސް ރޭވުމުގެ ތިއަރީއަކާ ދިމާއަށް}. އޮތް ފޮތް: ޖޮއާން ރުބިންއާއި ޖޯރްން ޖަރނަޑް (މުހައްރިރުން)، ކޭން ލޭންގުއެޖް ބީ ޕްލޭންޑް؟ ސޯޝޮލިންގުއިސްޓިކް ތިއަރީ ފޮރ ޑިވެލޮޕިންގް ނޭޝަންސް (ސސ. 185-205). ހޮނޮލުލު: ދަ ޔުނިވަރސިޓީ ޕްރެސް އޮފް ހަވާއީ. {Jernudd}.

ޖަމީލު، މުޙައްމަދު. (1994). މަލަސް: ޖަމީލުހެ މަޒުމޫނުތައް III (ޖިލްދު 50). (ދިވެހިރާއްޖެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

Downloads

Published

2026-07-31

How to Cite

ދިވެހިރާއްޖޭގައި އިނގިރޭސިބަސް: ދިވެހިންގެ ކާކުވަންތަކަމަށާއި ދިވެހިބަހުގެ ސިޔާސަތަށް އަސަރުފޯރުން. (2026). The Maldives National Journal of Research, 14(1), 127-155. https://doi.org/10.62338/epdtzy97