Abstract
Dialects represent variations of a language in vocabulary, grammar, pronunciation, and usage, often shaped by regional proximity, social distinctions, and cultural or historical influences. This study explores the historical evolution of the standard Dhivehi language through the lens of historical dialectology by conducting a comparative analysis of standard Dhivehi and the Maliku dialect, known as the Mahl language in India and referred to as the Maliku dialect in the Maldives. The main aim is to identify lexical differences between the two and trace the historical linguistic shifts.This qualitative study employs corpus analysis using the Malikthaanaa textbook, published in the mid-20th century to teach Mahl in Minicoy schools. A corpus of 1,035 phrases from the first 15 pages was analysed for similarities and differences between the Mahl and standard Dhivehi language, as two distinct dialects. Findings reveal that 56% of the phrases from the Maliku dialect match the current standard Dhivehi. Among the differences, most involve minor morphological or phonological variations. Remarkably, 1 in 12 words from the corpus aligns with older standard Dhivehi usage, suggesting linguistic changes over time. Additionally, the Maliku dialect retains a richer vocabulary for kinship terms compared to contemporary standard Dhivehi. Although the study is limited by the small size of the corpus and reliance on a single source, it highlights the potential of dialectological research to deepen our understanding of Dhivehi’s linguistic heritage. The findings underscore the importance of further research to enhance and preserve the Dhivehi language.
މީޔާރު ދިވެހިބަހާއި މަލިކު ބަހުރުވަ ނުވަތަ މަހަލް ބަސް: ބަހުރުވައިގެ ތާރީޚީ ތަފާތުތައް ދެނެގަތުމުގެ ބަސްމާފާނު ތަހުލީލު
ޚުލާޞާ
ބަހުރުވައަކީ ބަހެއްގެ އަޑުމަޚުރަޖުގެ ތަފާތު ނުވަތަ އަޑުގެ ތަފާތު ނުވަތަ 'ލެކްސިކަލް' ތަފާތުތަކާ އެކު އެ ބަހަކުން ވާހަކަދައްކާ ތަފާތު ގޮތްތަކެކެވެ. ބަސްބަހުގެ މިފަދަ ތަފާތު ބަހުރުވަތައް އުފެދުމުގެ ސަބަބުތަކުގެ ތެރޭގައި ސަރަހައްދީ ކައިރި-ދުރުމިނާއި، އިޖުތިމާއީ ތަފާތުތަކާއި، ސަގާފީ ނުވަތަ ތާރީޚީ ކަންކަން ހިމެނެއެވެ. މި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ބަހުރުވައެއްކަމުގައި ބެލެވޭ (އިންޑިޔާގެ) މަހަލްބަހާއި މީޔާރު ދިވެހިބަސް އަޅައިބެލުމާ އެކު، މީޔާރު ދިވެހިބަހަށް އައިސްފައިވާ ބަދަލުތައް 'ހިސްޓޮރިކަލް ޑައެލެކްޓޮލޮޖީ'ގެ ނަޒަރިއްޔާ ބޭނުންކޮށްގެން، ތާރީޚީ ނަޒަރަކުން ވަޒަންކުރުމެވެ. މިގޮތުން މި ދިރާސާގެ އަމާޒަކީ މި ދެ ބަހުރުވައިގެ ދެމެދުގައިވާ ލެކްސިކަލް ތަފާތުތަކަށް އަލިއަޅުވައިލުމެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ ސިފަވީ ދިރާސާގެ ތަރީގާއެއްކަމުގައި ހިމެނޭ 'ޓެކްސްޓް އެނެލިސިސް' ބޭނުންކޮށްގެން ބަސްމާފާނެއް ('ކޯޕަސް'އެއް) އެކުލަވައިލުމަށް ފަހު، އެ ޖުމުލަތަކާއި ލަފުޒުތައް 'ކޯޕަސް ލިންގުއިސްޓިކްސް'ގެ އުސޫލުން ތަހުލީލުކޮށްގެންނެވެ. މިގޮތުން ތަހުލީލު ކުރުމަށް 'ޕާޕަސިވް ސާމްޕްލިންގް'ގެ އުސޫލުން ސުންކުގެ ގޮތުގައި ނެގި ފުރޭފަކީ 1900ގެ އަހަރުތަކުގެ މެދެއްހާ ހިސާބުގައި އެކުލަވާލާފައިވާ 'މަލިކުތާނާ' ފޮތެވެ. މިގޮތުން، މިފޮތުގެ ފުރަތަމަ 15 ސަފުހާގައި އޮތް ހުރިހާ ލަފުޒެއް (1035 ލަފުޒު) ސިފަވީ އުސޫލުން ދެނެގަނެ ތަހުލީލުކޮށް، މީޔާރު ދިވެހިބަހުގައި އެ ލަފުޒުތަކާ ހުރި އެއްގޮތް ނުވަތު ތަފާތު ދެނެގަނެ، ޑޭޓާ އިތުރަށް ތިލަކުރެވުނެވެ. ތަހުލީލުކޮށް ހޯދުނު ހޯދުންތަކުން ހާމަވާ ގޮތުގައި މީގެ ފަންސާހަކަށް އަހަރު ކުރީގެ މަލިކު ބަހުރުވައާ މިހާރުގެ މީޔާރު ދިވެހިބަހާ ބަރާބަރަށް އެއްގޮތީ 56 އިންސައްތަ ލަފުޒުކަމުގައި ބުނެވިދާނެއެވެ. ނަމަވެސް ތަފާތުތަކުގެ ގޮތުގައި ފާހަގަކުރެވުނު ލަފުޒުތަކުގެ ތެރެއިން ވެސް ގިނަ ލަފުޒުތަކަކީ ހަމައެކަނި ލަފުޒުގެ އަޑު ('ފޮނެޓިކްސް') ނުވަތަ އެކައެއްގެ ('މޯފީމެއް'ގެ) ތަފާތުން ކުދިކުދި ފަރަގު ހުރި ލަފުޒުތަކެކެވެ. އެންމެ ފާހަގަކޮށްލެވޭ ހޯދުމަކީ ތަހުލީލުކުރެވުނު ބަސްމާފާނުގެ ކޮންމެ 12 ލަފުޒުން 1 ލަފުޒަކީ ދިވެހީން އިހުގައި ބޭނުންކޮށް، ނަމަވެސް މީޔާރު ދިވެހިބަހުގައި މިހާރު އާންމުކޮށް ބޭނުން ނުކުރާ، ނުވަތަ ބޭނުންކުރާ މާނަ ތަފާތުވެފައިވާ ލަފުޒެވެ. މިފަދަ ލަފުޒުތަކުގެ ތެރޭގައި މޮށުން، މުންޑާހި، ރާހަތްތެރިކަން ފަދަ ލަފުޒުތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ޢާއިލާގެ މީހުންނަށް މުޚާޠިބުކުރާ ބަދަލު ނަންތަކުގައި މީޔާރު ދިވެހިބަހަށް ވުރެ މުއްސަނދި ބަސްކޮށާރެއް މަލިކުބަހުރުވައިގައި ހުރިކަމަށް ފެނުނެވެ. މި ދިރާސާގެ ޙުދޫދުގެ ތެރޭގައި ހިމަނާފައި ވަނީ ހަމައެކަނި އެންމެ ފުރޭފަކަށް ބަރޯސާވެ އެކުލަވައިލެވުނު ބަސްމާފާނެއްކަމުގައި ވާތީ މިފަދަ ނިންމުންތައް ނިންމުމުގައި އަދިވެސް އިތުރަށް ބަލަން ޖެހޭ ކަމަށް ފާހަގަކުރަމެވެ. އެހެނަސް، މި ހޯދުނު ހޯދުންތަކަކީ، މަލިކުބަހުރުވަ ހިމެނޭހެން، ދިވެހި ބަހުރުވައިގެ ދިރާސާކުރުމުގައާއި ދިވެހިބަހުގެ ބަސްކޮށާރު މުއްސަނދިކުރުމުގައި ވެސް މަންފާކުރާނޭ މަސައްކަތެކެވެ.
References
ޙައްމާދު، ޢާއިދާ، ޢަޒީޒާ ޢަފީފު، & ޝިއުނާ އަޙުމަދު. (2021). ދިވެހި ބަހުގެ ރަސްމީ ބަހުރުވައިގެ އަހުލުވެރީންނަށް ހައްދުންމަތީ ބަހުރުވަ ދޭހަވޭހެއްޔެވެ. މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް، 9(2)، 64-80.
ޙަމީދު، ޢަބްދުﷲ. (1990). މަހަލްބަހާބެހޭ ހޯދުންތަކެއް. ފަތްތޫރަ 1389. 12(6)، 3-4.
ޙަސަން، ފާރޫޤު. (1990). ކައިރި... ނަމަވެސް ދުރުގައިވާ މަލިކު. ފަތްތޫރަ 139. 12(7)، 18-24.
ހާމަން، ޑޭވިޑް. (1996). ލޯޒިންގް ސްޕީސީސް، ލޫޒިންގ ލެންގުއޭޖަސް: ކަނެކްޝަންސް ބިޓްވީން ބަޔޮލޮޖިކަލް އެންޑް ލިންގުއިސްޓިކް ޑައިވަރސިޓީ. ސައުތުވެސްޓް ޖަރނަލް އޮފް ލިންގުއިސްޓިކްސް، 15(1އާއި 2). 89-108
ހީޑަމަން، ފްރޭންކް. (2019). ދަ މެރިން އިކޮލޮޖީ އެންޑް ދަ ސީމެންސް އެތޯސް އޮފް މިނިކޯއި (މަލިކު)، ސައުތު ވެސްޓް އިންޑިޔާ. އޭއޭއެސް ވާރކިންގް ޕޭޕާރޒް އިން ސޯޝަލް އެންތުރޮޕޮލޮޖީ. ވޮލިއުމް 34. އޮސްޓްރިއަން އެކަޑަމީ އޮފް ސައެންސަސް. https://epub.oeaw.ac.at/wpsa34?frames=yes
ހީޑަމަން، ފްރޭންކް. (2020). ދަ ސީމެން ފްރޮމް މިނިކޯއި: އެން އޯރަލް ހިސްޓްރީ އޮފް ސޯޝަލް ޓްރާންސިޝަން އިން ދަ ލެކަޑިވް ސީ. މޭން އިން އިންޑިޔާ 100(3-4)، 229-246.
ނަސީމު، އިޔާޒު. (2011، ސެޕްޓެންބަރު 21). އަވަށްޓެރި އިންޑިޔާގެ މަލިކު. ސަން (މަޖައްލާ)، 32، 8-11. https://dokumen.tips/documents/sun-magazine.html?page=7
ނާޖިހު، މުހައްމަދު. (2023، ޖެނުއަރީ 18). މަލިކަށް ދެވުނު ފަދަ ކޮޗިން ދަތުރު. ވަންއޮންލައިން.އެމްވީ. https://oneonline.mv/72725
ނޫޔެން، ލޭން ހޫންގް، & ސޫޒަން ހޯމްސް. (20). ޓެން ކުއިކް ޓިޕްސް ފޮރ އިފެކްޓިވް ޑައިމްނެޝަނިލިޓީ ރިޑަކްޝަން، ޕްލޯސް ކޮމްޕިއުޓޭޝަނަލް ބައޮލޮޖީ، 15(6)، e1006907. https://doi.org/10.1371/journal.pcbi.1006907
ރިޔާޒް، އާމިނަތު، & ކެރީ ސްމިތު. (2012). އިންފޮރމޭޝަން ކަލްޗަރ އިން ދަ މޯލްޑިވްސް. އޮތީ، އަމަންޑާ ސްޕިންކްއާއި ދިލްޖީތް ސިންގް (އެޑިޓަރުން)ގެ ފޮތް: ލައިބްރަރީ އެންޑް އިންފޮރމޭޝަން ސައެންސް ޓްރެންޑްސް އެންޑް ރިސަރޗް: އޭޝިއާ-އޯޝޭނިއާ (ސސ. 173-208). ޔޫކޭ: އެމަރަލްޑް.
ރުމާލެއަން، އައިވާން. (2020). ލެކްސިކަލް ޑިފަރެންސަސް އިން ގޮރޮމް ލެންގުއޭޖް: އަ ސޯޝަލް ޑައެލެކްޓޮލޮޖީ ސްޓަޑީ، ލިންގުއާ، 15، 2، 205-214.
ރޮމޭރޯ-ފްރިއާސް، ޒެވިއާ (އެޑިޓަރު). (2006). މައުލަވީ އަލީ އިސްމާއިލްގެ މަލިކު ތާނަ ދެވަނަ ފޮތް (Maliku Tana). ނޯވާ އެތުނޮގްރެފިއާ އިންޑިކާ.
ބައިބަރ، ޑަގްލަސް، & ސޫޒަން ކޮންރެޑް. (1998). ކޯޕަސް ލިންގުއިސްޓިކްސް: އިންވެސްޓިގޭޓިންގ ލެންގުއޭޖް ސްޓްރަކްޗަރ އެންޑް ޔޫސް. ކެމްބްރިޖް: ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ބެރެސޯވާ، ޖަނާ. (2020). ޑިވެލޮޕިންގް އޮސްޓްރޭލިއަން އިންގްލިޝް އެންޑް ކަލްޗަރ ތުރޫ ރީޑިންގް ކޮންޓެމްޕަރަރީ ލިޓްރަރީ ޕްރޯސް. އިންޓެޑް 2020 ޕްރޮސީޑިންގްސް. 2-4 މާރޗް 2020، ވެލެންސިއާ، ސްޕެއިން.
ބްރިޑްޒޭ، މެރީން، & ޑޭވިޑް ނަދަރާއިއާ. (2009). ދަ ކޯޕަސް އޮފް ޖޯޖަން ޑައެލެކްޓްސް. ޕްރޮސީޑިންގްސް އޮފް ދަ އެންއެލްޕީ ކޯޕަސް ލިންގުއިސްޓިކްސް، ކޯޕަސް ބޭސްޑް ގްރެމަ ރިސަރޗް، ފިފްތް އިންޓަރނެޝަނަލް ކޮންފަރެންސް 25-27 ނޮވެންބަރު 2009، ސްލޮވޭކިއާ.
ކޭން، ބްރޫސް. (1995). މޯލްޑިވިއަން ޕްރޮޓޯޓިޕިކަލް ޕެސިވްސް އެންޑް ރިލޭޓަޑް ކޮންސްޓްރަކްޝަންސް. އެންތުރޮޕޮލޮޖިކަލް ލިންގުއިސްޓިކްސް، 27(4)، 524-540.
ކްރެސްވެލް، ޖޯން، & ޖޭ ޑޭވިޑް ކްރެސްވެލް. (2017). ރިސަރޗް އެޕްރޯޗަސް: ކޮލިޓޭޓިވް، ކޮންޓިޓޭޓިވް، އެންޑް މިކްސްޑް މެތަޑްސް ރިސަރޗް (5ވަނަ އިސްދާރު). ސޭގެ ޕަބްލިކޭޝަންސް.
އަބްދުއްސަލާމް، އަބްދުއްސަލާމް، & ސަލާމީ މަހްމޫދް. (2014). ގާޔޯ ލެންގުއޭޖް އިސް އޯލްޑް މެލޭ (އަ ޑައެލެކްޓޮލޮޖީ ސްޓަޑީ: ދަ ލެންގުއޭޖް ޗޭންޖް). އިންގްލީސިއާ: ޖަރނަލް އޮފް ލެންގުއޭޖް، އެޑިއުކޭޝަން، އެންޑް ހިއުމަނިޓީޒް، 1. (2)
ޢަބްދުﷲ، ދިޔާނާ. (2011). ޢާއިލީ ނަންތަކުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅު ބަހުރުވައިގައި ހުރި ތަފާތަކީ ކޮބާ؟ (ލުއި ދިރާސާ). މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ޢަފީފު، ޙަމީޒާ. (2014). ވާހަކަދެއްކުމުގައި ބަސް މަސްހުނިކުރުން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަމުން ދާއިރު، ދިވެހިބަހާއި އިނފިރޭސި ބަސް މަސްހުނި ކުރާގޮތުގެ ދިރާސާ. (މާސްޓާރޒް ތީސިސް). ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ޢަލިދީދީ، މަރިޔަމް. (2012). ދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ސުކުނަށް ނިމޭ ނަމުގެ ލަފުޒުތައް ހުވަދޫ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައާއި އައްޑޫ ބަހުރުވައިން ކިޔާ އިރު މި ލަފުުޒުތައް ނިމިފައިވާ ސުކުންތަކަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ (ލުއި ދިރާސާ). މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
އެންޑަވޮލްޑް، ލިސެލޯޓް، & ބެނެޑިކްޓް ޒްމެރަކްސަނީ. (2009). ކޯޕަސް ލިންގިއުސްޓިކްސް އެންޑް ޑައެލޮކްޓޮލޮޖީ. އޮތީ އަންކޭ ލުޑެލިންގް އަދި މާރޖާ ކިޔޮޓޯ (އެޑިޓަރުން)ގެ ފޮތް: އެން އިންޓްރަނެޝަނަލް ހޭންޑްބުކް، ވޮލިއުމް 2 (ސސ. 1126-1140). ނިއު ޔޯޜކް: ޑި ގްރައިޓަރ މައުޓަން.
ވަޙީދު، މުޙައްމަދު 'މަޑުލު'. (2009). "ޓޮލްނާ" ޔޮޓުގެ ދަތުރު. ފަތްތޫރަ 31(09)، 16-19.
ވިތަރަނާ، ވިނީ. (2004). މޯލްޑިވިއަން ޑިކްޝަނަރީ. ޖަރނަލް އޮފް ދަ ރޯޔަލް އޭސިއޭޓިކް ސޮސައިޓީ އޮފް ސްރީ ލަންކާ، 50، 145-154. https://www.jstor.org/stable/pdf/44626735
ވިލްސަން، ޖޯން. (1841). ވޮކެބުލަރީ އޮފް ދަ މޯލްޑިވިއަން ލެންގުއޭޖް، ކޮމްޕައިލްޑް ބައީ ލެފްޓިނެންޓް ޑަބްލިއު ކްރިސްޓޮފަރ، ކޮމިއުނިކޭޓަޑް ޓު ދަ ބޮމްބޭ ބްރާންޗް އޮފް ރޯޔަލް އޭސިއޭޓިކް ސޮސައެޓީ. ޖަރނަލް އޮފް ދަ ރޯޔަލް އޭސިއޭޓިކް ސޮސައެޓީ އޮފް ގްރޭޓް ބްރިޓްން އެންޑް އަޔަރލޭންޑް، 6(1)، 42-76.
ވޯގަން، އިލޭއިން، & އޭން އޯ'ކީފް. (2005). ކޯޕަސް އެނެލިސިސް. އޮތީ ކެރެން ޓްރޭސީ (އެޑިޓަރު)، ދަ އިންޓަރނެޝަނަލް އެންސައިކްލޮޕީޑިއާ އޮފް ލެންގުއޭޖް އެންޑް ސޯޝަލް އިންޓަރެކްޝަން. ޖޯން ވައިލީ އެންޑް ސަންސް. ނެގީ 10.1002/9781118611463.wbielsi168
ވެގްނަރ، ސޫޒަން. (2003). ޖެންޑަރ އިން އިންގްލިޝް ޕްރޯނައުންސް: މިތު އެންޑް ރިއަލިޓީ (ޕީއެޗްޑީ ތީސިސް). ބްރިސްގާއޮ: އަލްބަރޓް ލުޑްވިގް ޔުނިވަރސިޓީ އޮފް ފްރިބަރގް.
ވެގްނަރ، ސޫޒަން. (2008). އިންގްލިޝް ޑައެލެކްޓްސް އިން ދަ ސައުތުވެސްޓް: މޯފޮލޮޖީ އެންޑް ސިންޓެކްސް. އޮތީ: ބާރންޑް ކޯޓްމަން، ކްލައިވް އަޕްޓަން، އަދި އެޖަރ ޝްނައިޑަރ (އެޑިޓަރުން). ދަ ބްރިޓިޝް އައިލްސް. ބަރލިން: ޑި ގްރައިޓަރ.
ވޮޑްހާ، ރޮނާލްޑް. (2010). އެން އިންޓްރޮޑަކްޝަން ޓު ސޯޝިއޯލިންގުއިސްޓިކްސް (2ވަނަ އިސްދާރު). ވެސްޓް ސަސެކްސް: ވައިލީ ބްލެކްވެލް.
މަލިކު. (2023). ވިކިޕީޑިއާ، 7 ނޮވެމަބަރު 2023. https://en.wikipedia.org/wiki/Minicoy
މަޖިދޮވިކް، ޚަސަނޯވް އަބްދުމަންނާން. (2021). ފިލިންގް ލެކްސިކަލް ގެޕްސް އިން ދަ އުޒްބެކް ލެންގުއޭޖް ވިތު ޑައެލެކްޓިޒްމްސް (ބޭޒްޑް އޮން ދަ ޓަރކިކް-ކަލްޓަޓޯއި ޑައެލެކްޓް). އިންޓަރނެޝަނަލް ޖަރނަލްސް އޮފް ސައިންސަސް އެންޑް ހައި ޓެކްނޮލޮޖީޒް، 25، 1-7.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން. (1995). ރިޕަބްލިކް އޮފް މޯލްޑިވްސް އެޑިޔުކޭޝަން މާސްޓަރ ޕްލޭން 1996-2005: ފައިނަލް ރިޕޯޓް، 25 ނޮވެމްބަރ 1995. މާލެ، ދިވެހިރާއްޖެ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން.
މުހައްމަދު، ނަސީމާ. (2005). ނޯޓް އޮން ދަ އަރލީ ހިސްޓްރީ އޮފް މޯލްޑިވްސް. އާރޗިޕެލް 70.7-14. https://www.persee.fr/doc/arch_0044-8613_2005_num_70_1_3970
މުހައްމަދު، ނާޝިއާ. (2020). ފަސްޓް ލެންގުއޭޖް ލޮސް އެންޑް ނެގެޓިވް އެޓިޓިއުޑްސް ޓުވަރޑްސް ދިވެހި އަމޮންގް ޔަންގް މޯލްޑިވިއަންސް: އިޒް ދަ އިންގްލިޝް ލެންގުއޭޖް-ފަސްޓް އެޑިއުކޭޝަން ޕޮލިސީ ޓު ބްލޭމް؟ ޓީއީއެސްއޯއެލް (ޓެސޮލް) ކުއާޓަރލީ، 54(3)، 743-772.
މުނީރު، ޢަބްދުލް (މަލިކު މުނީރު). (2005). ދިވެހިރާއްޖެއާއި މަލިކު. ފަތްތޫރަ 318، 27(6)، 29-31. http://saruna.mnu.edu.mv/jspui/bitstream/123456789/637/
މެކިނަރީ، ޓީ، & އޭ. ހާޑީ. (2012). ކޯޕަސް ލިންގުއިސްޓިކްސް: މެތަޑް، ތިއަރީ އެންޑް ޕްރެކްޓިސް. ނިއު ޔޯކް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
މެއަރކޯރޑް، ކްރިސްޓިއޭން. (2018). އިންގްލިޝް އިން ޕަރަޑައިޒް، ދަ މޯލްޑިވްސް: އިންގްލިޝް އިޒް ރެޕިޑްލީ އެސްޓެބްލިޝިންގް އިޓްސެލްފް އޭޒް އަ ސެކަންޑް ލެންގުއޭޖް އިން އަ ސޮސައެޓީ ޓްރާންސްފޯމިންގް ފރޮމް ފިޝިންގް ޓު ޓޫރިޒަމް އެންޑް ޓްރޭޑް، އިންގްލިޝް ޓުޑޭ، 34(1)، 2-11.
މޭރްހޮފް، މިރިއަމް. (2016). މެތަޑްސް، އިނޮވޭޝަންސް، އެންޑް އެކްސްޓެންޝަންސް: ރިފްލެކްޝަންސް އޮން ހާފް އަ ސެންޗަރީ އޮފް މެތަޑޮލޮޖީ އިން ސޯޝަް ޑައެލެކްޓޮލޮޖީ. ޖަރނަލް އޮފް ސޯޝޯލިންގުއިސްޓީކްސް، 20، 4، 431-452.
ފްރިޓްޒް، ސޮންޏާ. (2002). ދަ ދިވެހި ލެންގުއޭޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޮރިކަލް ގްރެމާ އޮފް މޯލްޑިވިއަން އެންޑް އިޓްސް ޑައިލެކްޓް. ފްރޭންކްފްޓް: ވަރޒްބާގް: އަރގޯން-ވަރލްގް. ނެގީ http://saruna.mnu.edu.mv/jspui/handle/123456789/12108
ދިވެހިބަހުގެ އެކެޑަމީ. (2013). ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު. ދިވެހިރާއްޖެ: ދިވެހިބަހުގެ އެކެޑަމީ.
ދިވެހިބަހުގެ އެކެޑަމީ. (2019). ދިވެހިބަހުގެ ޤަވާއިދު: ނަން. މާލެ، ދިވެހިރާއްޖެ: ދިވެހިބަހުގެ އެކެޑަމީ.
ދިވެހިބަހުގެ އެކެޑަމީ. (2024). ރަދީފު.އެމްވީ އެޕް. ދިވެހިރާއްޖެ: ދިވެހިބަހުގެ އެކެޑަމީ. https://www.radheef.mv/
ދތޚޤމ. (1990). ރާއްޖެ އުފެދިފައިވާ އަށްޓާއި އަތޮޅުތަކުގެ ފުއްޓަރު. ފަތްތޫރަ 138. 12(6), 35-36.
ލުތުފީ، މުޙައްމަދު އިބްރާހީމް. (1995). ދިވެހިރާއްޖެއާއި މަލިކު. ފަތްތޫރަ 190، 16(9)، 36-30.
ގަބްލޮސްވާ، ޑީ ބްރެޒީނާ، & ޓީ މެކިނަރީ. (2017). ކޮލޮކޭޝަންސް އިން ކޯޕަސް-ބޭސްޑް ލޭންގުއެޖް ލާރނިންގ ރިސަރޗް: އައިޑެންޓިފައިންގ، ކޮމްޕެއާރިންގ، އެންޑް އިންޓަޕްރިޓިންގ ދަ އެވިޑެންސް. ލޭންޖުއެޖް ލަރނިންގ: އަ ޖާރނަލް އޮފް ރިސަރޗް އިން ލޭންގުއެޖް ސްޓަޑީޒް، 67(1)، 155-179.
ގަވަމަންޓް އޮފް އިންޑިޔާ. (2023). މިނިކޯއި އައިލަންޑް، ލަކްޝަދީބް. https://minicoy.utl.gov.in/abt_minicoy/language
ގޫސްކެންސް، ޗާރްލޮޓް. (2020). ދަ ނޯރްތު ޖަރމަނިކް ޑައެލެކްޓް ކޮންޓީނުއަމް. ދަ ކެމްބްރިޖް ހޭންޑްބުކް އޮފް ޖަރމަނިކް ލިންގުއިސްޓިކްސް، 761-782.
ސާޓޯ، ޔޯ.، & ކެވިން ހެފަރމަން. (2020). ޑައެލެކްޓް ކްލަސްޓަރިންގ ވިތު ކެރެކްޓަރ-ބޭސްޑް މެޓްރިކްސް: އިން ސަރޗް އޮފް ދަ ބައުންޑަރީ އޮފް ލެންގުއޭޖް އެންޑް ޑައެލެކްޓް. ޕްރޮސީޑިންގްސް އޮފް ދަ ޓްވެލްފްތް ލެންގުއޭޖް ރިސޯސަސް އެންޑް އިވެލުއޭޝަން ކޮންފަރަންސް.
ޞާދިޤް، ޢަބްދުﷲ. (1992). މަލިކުގައި ވާހަކަދައްކައިއުޅޭ ބަހުރުވަޔާ މެދު. ފަތްތޫރަ 155، 13(11)، 6-12.
ޞާދިޤް، ޢަބްދުﷲ. (1995). މަލިކު ބަހުރުވައިގެ އަދަބިއްޔާތާއި، ޅެންވެރިކަން. ފަތްތޫރަ 17(1)، 15-19.
ސުގަތަޕަލާ، ޑިސިލްވާ. (1969). ދަ ފޮނޮލޮޖިކަލް އެފިޝަންސީ އޮފް ދަ މޯލްޑިވިއަން ރައިޓިންގ ސިސްޓަމް. އެންތުރޮޕޮލޮޖިކަލް ލިންގުއިސްޓިކްސް، 11(7)، 199-208.
ސްމިތު، ނީލާ ބެންޓޮން. (1975). ކަލްޗަރަލް ޑައެލެކްޓްސް: ކަރަންޓް ޕްރޮބްލެމްސް އެންޑް ސޮލިއުޝަންސް. ދަ ރީޑިންގ ޓީޗަރ، 29(2)، 137-141.
ޑިގްރެޔާސާ، އައިވީ. (2015). ރިވިއުވިންގް ދަ ބްރިޓިޝް އިންގްލިޝް އެެންޑް އެމެރިކަން އިންގްލިޝް. ޖަރނަލް އޮފް ލެންގުއޭޖް އެންޑް ލިޓްރޭޗަރ، 9، 2، 105-117.
ޑީވޫހޓް، އެލެކްސް. (2009). ލެންގުއޭޖަސް އެންޑް ސްކްރިޕްޓްސް އިން ދަ މޯލްޑިވް އައިލެންޑްސް: ކޯޑިންގް އެންޑް އެންކޯޑިންގ. ދަ އައިޑިއާ އޮފް ރައިޓިން، 197-205.
ޒާހިރު، އާމިނަތު. (2023). ދިވެހި ތުއްތުކުދިން ދިވެހިބަހަށް ބީރައްޓެހިވުން: މަސްލަހަތުވެރިންގެ ނަޒަރުން. ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2023: ރިސަރޗް ފޮރ އިންފޯމްޑް ޕޮލިސީ ޑިސިޝަންސް، 21-22 އޯގަސްޓު 2023، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. މާލެ: ދިވެހިރާއްޖެ.https://mnu.edu.mv/wp-content/uploads/2023/09/Abstract-Book-12th-Sep-2023.pdf
ޓްރަޑްގިލް، ޕީޓަރ. (2000). ސޯޝޯލިންގުއިސްޓިކްސް: އެން އިންޓްރޮޑޮކްޝަން ޓު ލެންގުއޭޖް އެންޑް ސޮސައިޓީ (4ވަނަ އިސްދާރު). ލަންޑަން: ޕެންގުއިން ބުކްސް.
ޖަމީލު، މުޙައްމަދު. (1985). ރާއްޖޭގެ ތާރީޚާބެހޭ އޮޅުންތަކެއް. ފަތްތޫރަ 81. 7(9)، 6-8.
ޏާނަދޭސިކަން، އަމާލިއާ. (2017). ދިވެހި: ދަ ލޭންގުއެޖް އޮފް ދަ މޯލްޑިވްސް. ބަރލިން: ޑީ ގްރައިޓަރ މައުޓަން.
ޗައުދަރީ، އޮމަރ ޝޯރް، ޕޯލް އޮމާރާ އޮޑީޑާ، ޖޯޝުއާ ރެއިނަރ، ކެރޮން އެޕަލްޔާރޑް، ޑެނިއަލް ކުޝްނިއަރ، & ވިލިއަމް ޓޫން. (2022). ޑޭޓާ ކަލެކްޝަން އެންޑް އެނެލިސިސް އޮފް ފްރެންޗް ޑައެލެކްޓްސް. އާރ.އެޗް.އައި.ވީ.، abs/2208.00752