Abstract
In today’s globalised world, rapid technological and conceptual advancements demand the creation of new terminologies. The Dhivehi language faces significant challenges in keeping pace, leading to gaps that complicate writing and translation, often resulting in a loss of meaning. Additionally, some newly introduced terms by the authorities fail to gain public acceptance and sometimes are ridiculed on social media platforms, undermining the language’s relevance, particularly among younger generations. This study examines the challenges of Dhivehi vocabulary development, focusing on its adequacy for specialised fields and modern technological contexts. A mixed-methods approach was used, involving an online survey of 302 respondents from seven sectors—religion, technology, education, health, media, legal, and security—and focus group discussions with 27 stakeholders from these areas. Findings from the Focus Group Discussions reveal that the Dhivehi Language Academy adheres to established linguistic principles in creating and introducing new words. However, 55% of survey respondents found newly coined terms misaligned with loanwords or concepts, making them difficult to understand and adopt. Additionally, the prevalence of English in daily life and the prior use of English terms before Dhivehi equivalents are introduced further impede their adoption. Participants highlighted significant gaps in Dhivehi vocabulary in specialised fields such as technology and healthcare. They also stressed the importance of organic language evolution and suggested incorporating widely used expressions from newspapers and media. The study concludes that Dhivehi requires a more inclusive and context-sensitive approach to vocabulary expansion to align with native speakers’ linguistic habits and meet contemporary needs.
ދިވެހިބަހުގެ ބަސްކޮށާރު އަދާހަމަކުރުން: ގޮންޖެހުންތަކާއި މައްސަލަތައް
ޚުލާޞާ
ބަވަނަވެފައިވާ ދުނިޔެ ތަރައްގީވަމުންދާ ހަލުވި ދުވެލީގައި، އެކި ދާއިރާތަކުގެ އާ އީޖާދުތަކާ އެކު، އާ މަފުހޫމުތަކާއި އާ ލަފުޒުތައް އުފެދެއެވެ. މިގޮތަށް އުފެދޭ އާ މަފުހޫމުތަކަށް ކިޔާނެ ނަންނަން ދިވެހިބަހުގައި ނުހުންނަ ކަމަށާއި ދިވެހިބަހުން ހަދާ ބައެއް އާ ލަފުޒުތައް އާންމުން ބަލައިނުގަނެ، އެފަދަ ލަފުޒުތަކަށް، މީސްމީޑިއާގައި ހަޖޫޖަހާފައި ހުރެއެވެ. އަދި ދިވެހިބަހުން ލިޔުމާއި ބިދޭސީ ލިޔުންތައް ތަރުޖަމާކުރުމުގައި، މުހިންމު މަފުހޫމުތަކަށް ބޭނުންވާ ލަފުޒުތައް ދިވެހިބަހުގައި ނުހުންނަ ކަމަށާއި މީގެ ސަބަބުން ތަރުޖަމާކުރުމުގައި މާނަ ގެއްލެން މެދުވެރިވާކަމަށް ވެއެވެ. މި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ބަސްކޮށާރު އަދާހަމަކުރުމުގެ ޙާލަތާއި ގޮންޖެހުންތައް ދެނެގަތުމެވެ. މިގޮތުން މައިގަނޑު މަގުސަދަކީ ޚާއްޞަ ދާއިރާތަކަށާއި ޒަމާނުގެ ޓެކުނޮލޮޖީއަށް އަދާހަމަ ލަފުޒުތައް ދިވެހިބަހުން އެބަހުރިތޯއާއި، ދިވެހިބަހަށް ލަފުޒުތައް އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަތުމެވެ. މި ދިރާސާ ފަރުމާކޮށްފައިވަނީ މިންކުރުމާއި ސިފަކުރުމުގެ މައްސުނި ތަރީގާތުގެ މައްޗަށެވެ. މިގޮތުން، އޮންލައިން ސާވޭ ކަރުދާހެއް މެދުވެރިކޮށް މައުލޫމާތު އެއްކުރުމަށްފަހު، އެ ހޯދުންތަކަށް ރިއާޔަތްކޮށް، ގުރޫޕު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. ސުންކުގެ ގޮތުގައި ބައިވެރިން ހިމަނާފައިވާނީ ދީނީ، ޓެކުނޮލޮޖީ، ތަޢުލީމީ، ޞިއްޙީ، މީޑިއާ، ޤާނޫނީ، އަދި ސަލާމަތީ ބާރުތައް، މި 7 ދާއިރާގެ މަސްލަހަތުވެރިން ހިމެނޭ ގޮތަށެވެ. މިގޮތުން ސާވޭގެ ސުންކަކީ 302 މީހުންނެވެ. ގުރޫޕު މަޝްވަރާތަކުގައި، މަސްލަހަތުވެރިންގެ 27 މީހަކާ އެކު ކުދި ގުރޫޕުތަކުގައި މަޝްވަރާކުރެވުނެވެ. ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި ބަސްކޮށާރަށް އާ ލަފުޒުތައް އިތުރުކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން ދިވެހި ލަފުޒުތައް އުފައްދަނީ އެ ކޮމިޓީން ކަނޑައަޅާފައި އޮންނަ އުސޫލާ އެއްގޮތަށެވެ. ނަމަވެސް މިގޮތަށް އުފައްދާ ބައެއް ލަފުޒުތަކަކީ ބިދޭސީ އަސްލު ލަފުޒާ މާ ބޮޑު ގުޅުމެއް އޮންނަ ލަފުޒުތަކެއް ނޫންކަމަށާއި އެ ފަދަ ބައެއް ދިވެހި ލަފުޒުތައް ކިޔުމާއި މާނަދޭހަކުރާން އުނދަގޫވާ ކަމަށް ސާވޭގެ 55% ބައިވެރިން ދެކެއެވެ. ބަހުގެ ތަބީޢީ ގޮތަށް އާ ލަފުޒު އުފެއްދިއަސް ވެސް، އިނގިރޭސިބަހަށް ދިވެހިންގެ މެދުގައި އޮންނަ ސަމާލުކަމާއި ދިވެހިން އެ ބަހަށް ފަރިތަވެފައިވާ މިންވަރު ބޮޑުކަމުން ދިވެހިބަހުން އުފައްދާ އާ ލަފުޒުން އިނގިރޭސި ލަފުޒުން ބުނެދޭ މާނަ ދޭހަނުވަނީ ކަމަށް ގަބޫލުކޮށް، ދިވެހި ލަފުޒު ބޭނުންނުކުރެވެއެވެ. ބަހަކީ އުފައްދާ އެއްޗަކަށް ވުރެ ބޮޑަށް އުފެދޭ އެއްޗެއްކަމަށް ވީހިނދު، ނޫސްތަކާއި މީޑިއާތަކުގައި އެ ލަފުޒު އާންމުކޮށް ބޭނުންކުރާ ގޮތެއް ވެސް ބަލައިގެން، އެ ލަފުޒަކަށް ގެންނާންވީ ބަދަލެއް އޮތިއްޔާ ގެނެސްގެން، ބަސްކޮށާރަށް ލަފުޒު އިތުރުކުރުން މުހިންމު ކަމަށް ބައެއް ބައިވެރިން ފާހަގަކުރިއެވެ. ހޯދުންތަކަށް ރިއާޔަތްކުރުމުން ފާހަގަކުރެވެނީ އެކި ދާއިރާތަކަށް ބޭނުންވާ އެންމެ އެކަށޭނަ މިންވަރަށް ދިވެހި ލަފުޒު އުފެއްދިފައި ނެތްކަމާއި، ދިވެހިބަހުގެ ބަސްކޮށާރު އަދާހަމަކުރުމުގައި ބަހުގެ ތަބީޢީ ގޮތަށް ލަފުޒު އުފެއްދުން މުހިންމުކަމާއި، ދިވެހިބަހަށް ބޭރު ބަސްބަހުގެ ލަފުޒެއް އެތެރެކުރަންޖެހޭ ދަނޑިވަޅުތަކުގައި ލަފުޒު ހެދުން އަވަސްކުރުން މުހިންމުކަމެވެ.
References
ހަވާލާ ލިސްޓު
ހޭންކްސް، ޕީ. (2006). ދަ އޮކްސްފޯޑް ހޭންޑް ބުކް އޮފް ކޮމޕިޔުޓޭޝަނަލް ލިންގުއިސްޓިކްސް. އޮކްސްފޯޑް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.
ޙުސައިން، ޢަބްދުއްރަޝީދު. (2001). ދިވެހިބަހުގެ ރަދީފު. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ޙަބީބު، އައި. (2014). ވަޓް އާ ދަ އެޓިޓިޔުޑް އޮފް މޯލްޑިވްސް ޔޫތް ޓުވާޑްސް ދިވެހިލޭންގްވިޖް؟ އެމްއެންޖޭއާރު. ނެގީ http://mnu.edu.mv/wp-content/uploads/2016/12/Article-5.pdf ން.
އެން.ބީ.އެސް. (2023). މޯލްޑިވްސް ޕޮޕިޔުލޭޝަން އެންޑް ހައުސިންގ ސެންސަސް. މާލެ، ދިވެހިރާއްޖެ: ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް.http://statisticsmaldives.gov.mv/
ރަޝީދު، އެން.އައި. (2023). މާދަރީބަހުން ބައެއް ދަރިވަރުންނަށް ވާހަކަދައްކަން ނޭނގޭތީ މިނިސްޓަރުގެ ކަންބޮޑުވުން. ރާއްޖެ.އެމްވީ. https://raajje.mv/131615
ކްރެސްވެލް، ޖޭ. ޑަބްލިއު. (2012). އެޑިއުކޭޝަނަލް ރިސަރޗް: ޕްލޭނިންގ، ކޮންޑަކްޓިންގ، އިވެލުއޭޓިންގ ކޮންޓިޓޭޓިވް އެންޑް ކޮލިޓޭޓީވް ރިސަރޗް. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ: ޕިއަރސަން އެޑިއުކޭޝަން އައިއެންސީ.
ކްރިސްޓަލް. ޑީ. (2000). ލޭންގުއެޖް ޑެތު. ކޭމްބްރިޖް. ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ކަޕްލަން، ރޮބަރޓް ބީ؛ ބަލްދޮފް. ރިޗަރޑް ބީ. (2003(. ލޭންގްވިޖް ލޭންގްވިޖް-އިން- އެޑިޔުކޭޝަން ޕްލޭނިންޕްލޭނިންގ އިން ދަ ޕްރެކްޓިސް ބާސިން. ލަންޑަން. ކްލުވަރ އެކަޑެމިކް ޕަބްލިޝަރސް.
ކްރިސްޓަލް. ޑީ. (2010). ދަ ކޭމްބްރިޖް އެންސައިކޮލެޕީޑިއާ އޮފް ލޭންގްއޭޖް. ކޭމްބްރިޖް. ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ކުމާރު، އެމް؛ ޖޯސް، އެފް. ތަމްބި؛ ޕޮނީހް، ކެ & ޔުނިއަރސާންތީ. (2020). ކޮންފްލިކްޓް އެންޑް ޕްރޮބްލެމް އިން ނިވް ވާރޑް ފޯމޭޝަން: އަ ސްޓަޑީ އޮފް މެލޭޝިއަން ޓެމިލް ނިވްސް. ޕޭޕަރ، DOI: 10.37200/IJPR/V24I6/PR260714
ކޫޕަރ، އާރް. އެލް. (1989). ލޭންގުއެޖް ޕްލޭނިންގ އެންޑް ސޯޝަލް ޗޭންޖް. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
އިބްރާހީމް، އައްބާސް. (2000). ދިވެހި ލިޔުންތެރިންގެ ޤައުމީ ބައްދަލުވުމުގެ ރިޕޯޓް. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އަފީފް، ހަމީޒާ. (2014). ވާހަކަދެއްކުމުގައި ބަސް މަސްހުނިކުރުން : ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަމުން ދާއިރު، ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކުރާގޮތުގެ ދިރާސާ، (މާސްޓާރސް ޑިސަރޓޭޝަން). ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. ނެގީ http://saruna.mnu.edu.mv/jspui/bitstream/123456789/614/1/hamee%20dissertation%20final-2.pdf ން.
އާދަމް، ނަހުދާ. (2018). ދިވެހިބަހުގެ އެކަޑަމީން ނެރުއްވާފައިވާ ބަސްތޫރަތަކުގައިވާ އައު ލަފުޒުތައް އުފައްދާފައިވަނީ އައު ލަފުޒު އުފައްދާ އުސޫލުތަކުގެ ތެރެއިން ކޮން އުސޫލުތަކެއް ބޭނުންކޮށްގެން ހެއްޔެވެ؟ އަދި އާންމުން ބަލައިގަންނަނީ ކޮންގޮތަކަށް އުފައްދާފައި ހުރި ލަފުޒުތަކެއް ހެއްޔެ؟(ޑިގްރީ ޑިސަރޓޭޝަން). ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އެބާހާޑް، ޑޭވިޑް އެމް؛ ސިމޮންސް، ގެރީ އެފް؛ އަދި ޗާލްސް ޑީ. (2019). ސަމަރީ ބައި ކަންޓްރީ، އެތުނޮލޮގް: ލޭންގުއެޖަސް އޮފް ދަ ވޯލްޑް (22ވަނަ އިސްދާރު). ޑަލަސް: ސިލް އިންޓަނޭޝަނަލް.އެލިސް، އާރް، (2003). ދަ ސްޓަޑީ އޮފް ސެކެންޑް
މުޙައްމަދު. ނާޝިއާ. (2020). ފަސްޓް ލޭންގުއެޖް ލޮސް އެންޑް ނެގެޓިވް އެޓިޓިއުޑް ޓުވަރޑްސް ދިވެހި އެމޮންގް ޔަންގް މޯލްޑިވިއަންސް: އިޒް ދަ އިންގްލިޝް-ފަރސްޓް އެޑިއުކޭޝަނަލް ޕޮލިސީ ޓު ބްލޭމް؟ ޓެސޯލް ކުއަރޓަރލީ، 54(3)، 743-772.
މުޙައްމަދު. ނާޝިއާ. (2019). ފޮރޮމް އަ މޮނޮލިންގުއަލް ޓު އަ މަލްޓިލިންގުއަލް ނޭޝަން. އެނަލައިޒިންގް ދަ ލޭންގުއެޖް އެޑިއުކޭޝަން ޕޮލިސީ އިން ދަ މޯލްޑިވްސް. ފޮތް: ކަރކްޕެޓްރިކް، އ. އާއި ލިޑިކޯޓް، އ. (އެޑިޓަރުން). ދަ ރުޓްލެޖް އިންޓަރނޭޝަނަލް ހޭންޑްބުކް އޮފް ލޭންގުއެޖް އެޑިއުކޭޝަން ޕޮލިސީ އިން އޭޝިއާ. ރުޓްލެޖް.
މުޙައްމަދު، ނަސީމާ. (2002). ދިވެހިންގެ ތަރިކަ 1، 2، 3، 4. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މައުމޫން، ޔުމްނާ. . (2002) އަ ޖެނެރަލް އޯވަރވިއު އޮފް ދަ ދިވެހި ލޭންގުއެޖް .މާލެ، ދިވެހިރާއްޖެ: މޯލްޑިވްސް ނެޝަނަލް ސެންޓަރ ފޮރ ހިސްޓޮރިކަލް ރިސަރޗް.
ފްރިޓްޒް، އެސް. (2002). ދަ ދިވެހި ލޭންގުއެޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޮރިކަލް ގްރެމަރ އޮފް މޯލްޑިވިއަން އެންޑް އިޓްސް ޑައިލެކްޓްސް. ޖަރމަން: އާރގަން ވާރލެގް.
ފިނެގަން، އީ. (2012). ލޭންގުއެޖް އިޓްސް ސްޓަރަކްޗަރ އެންޑް ޔޫސް. ޔޫ.އެސް.އޭ: ތޮމްސަން ލާރނިންގ އެކަޑަމިކް ރިސޯސް ސެންޓަރ
ފްރޮމްކިން، ވީ.، ރޮޑްމަން، އާރ. & ހިޔަމްސް، އެން. (2017). އެން އިންޓްރޮޑަކްޝަން ޓު ލެންގުއެޖް. (11ވަނަ އިސްދާރު).
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. (2001). ދިވެހިބަހުގެ ރަދީފު. މާލެ: މުސައްނިވް
ދިވެހި ސަރުކާރުގެ ގެޒެޓް. (2011، މެއި 11). ދިވެހި ރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު (ނަންބަރު 2011/09)، ދިވެހި ސަރުކާރުގެ ގެޒެޓް، 40(71).
ދިވެހިބަހުގެ އެކެޑަމީ. (2023). ރަދީފު.އެމްވީ އެޕް. ދިވެހިރާއްޖެ: ދިވެހިބަހުގެ އެކެޑަމީ https://www.radheef.mv
ދިވެހިބަހުގެ އެކެޑަމީ. (2023). އައު ލަފުޒު ހެދުމުގެ އުސޫލުތައް. ދިވެހިރާއްޖެ: ދިވެހިބަހުގެ އެކެޑަމީ dhivehiacademy.edu.mv
ދިވެހިރާއްޖޭގެ ގާނޫނު އާސާސީ. (2008). މާލެ، ދިވެހިރާއްޖެ. https://majlis.gov.mv/storage/downloads/yM2bEDdSg3fJ2ueI64ZgBsaIjAApmnldcaN1u6GO.pdf
ލަސަގަބަސްޓާ. ޑީ. (2017). ލޭންގުއެޖް ލަރނިންގ މޯޓިވޭޝަން އެންޑް ލޭންގުއެޖް އެޓިޓިޔުޑްސް އިން މަލްޓިލިންގުއަލް ސްޕެއިން ފްރޮމް އޭން އިންޓަރނެޝަނަލް ޕަރސްޕެކްޓިވް. މޮޑަރން ލޭންގުއެޖް ޖަރނަލް، 101(3)، 583-596. https://doi.org/10.1111/modl.12414
ސްޕޮލްސްކީ. ބީ. (2004). ލޭންގުއެޖް ޕޮލިސީ .އިންގްލެންޑް :ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ޑްމަރޓް އޭ. (2000). ލޭންގްއޭޖް ޕްލޭނިންގ އެންޑް ޕޮލިސީ. އިން މެސްތްރީ އާރ. އެޓް އެލް. އިންޓްރޮޑިޔުސިންގ ސޯޝިއޯލިންގްއިސްޓިކްސް. އެޑިންބަރަރ: އެޑިންބަރަރ ޔުނިވަރސިޓީ ޕްރެސް.
ޑެ ބްރެސް، ޖޭ. (2008). ޕްލޭނިންގ ފޯރ ޓޮލެރެބިލިޓީ: ޕްރޮމޯޓިން ޕޮސިޓިވް އެޓިޓިޔުޑްސް އެންޑް ބިހޭވިޔަރސް ޓުވަރޑްސް ދަ މޯރީ ލޭންގުއެޖް އަމަންގް ނޮން- މޯރީ ނިއުޒިލޭންޑާސް. (ޕީއެޗްޑީ ތީސިސް). ވިލްންގްޓަން: ވިކްޓޯރިއާ ޔުނިވަރސިޓީ.
ޒާހިރު، އާމިނަތު. & މުޙައްމަދު، ނާޝިއާ. (2018). ދަރިވަރުން ބަސް ބޭނުންކުރާ އުސްލޫބުތަކާ އަދި އެ ކުދިންގެ އަމިއްލަވަންތަކަން ބަޔާންކޮށްދޭ ގޮތް. ކޮންފަރަންސް ކަރުދާސް، ތެވެލި ކޮންފަރަންސް 12-13އޯގަސްޓް 2018، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ޓިބަޓެގެޒާ، ވައި. (2009). ލޭންގުއެޖް އިން- އެޑިއުކޭޝަން ޕްލޭނިންގ އިން ޓެންޒޭނިއާ: އަ ސޯޝިއޯލިންގްއިސްޓިކްސް އެނަލިސިސް (ޕީއެޗްޑީ ތީސީސް). ޓެންޒޭނިއާ.
ޔުނިވަރސިޓީ އޮފް އޮކްސްފޯޑް. (2014). 'ޔޯލޯ'، 'މޭންސްޕްލެއިން'، 'ކްލިކްބެއިޓް'- ހަވް ޑު ވަރޑްސް ގެޓް އެޑެޑް ޓު އޮކްސްފޯޑް ޑިކްޗަނަރީސް. ނެގީ، 'YOLO', 'mansplain', 'clickbait' - how do words get added to Oxford Dictionaries? | University of Oxford
ޕްލެގް، އައި. (2003). ވާރޑް – ފޯމޭޝަން އިން އިންގްލިޝް. ކޭމްޕްރިޖް: ކޭމްޕްރިޖް ޔުނިވަރސިޓީ ޕްރެސް.
ޖަރނަރޑް، ބީ. އަދި ގުޕްތާ، ޖީ.ޑި. (1971). ޓުވަރޑްސް އަ ތިއަރީ އޮފް ލޭންގުއެޖް ޕްލޭނިންގ. ޖޭ، ރުބިބް އެންޑް އީ. އެޗް ޖަރނަރޑް (އެޑިޓަރުން) ކޭން ލޭންގުއެޖް ބީ ޕްލޭންޑް؟ (ސ.195-215). ހޮނޮލުލު: ދަ ޔުނިވަރސިޓީ ޕްރެސް އޮފް ހަވާއީ.