Abstract
ދެ ބައްސަ މުޖްތަމަޢުތަކުގައި ބަސް މަސްހުނިކުރުމަކީ ވަރަށް އާންމުކޮށް ކުރެވޭ ކަމެކެވެ (ފްރެޑް ޖެނެސީ (2000). ދިވެހި މުޖުތަމަޢުގައި ވެސް ކަން މިހެން އޮތް އިރު، ދިވެހިރާއްޖޭގެ ޓީ.ވީ ޗެނަލްތަކުން ފޮނުވާ ޕުރޮގުރާމުތަކުގައި ވެސް ބަސްމަސްހުނިކޮށްގެންނާއި (ކޯޑް-މިކްސިންގ) ބަސްބަދަލުކޮށްގެން (ކޯޑް-ސްވިޗިންގ) ވާހަކަދައްކަމުންދާ ކަން ފާހަގަކުރެވެއެވެ. ނަމަވެސް ދިވެހިބަހުން މި ފަދަ އެއްވެސް ދިރާސާއެއް މިހައި ތަނަށް ކުރެވިފައި އޮތް ކަމަކަށް ފާހަގަކުރެވިފައެއް ނެތެވެ. އެހެންކަމުން މި ދިރާސާއަކީ ޓީވީޕުރޮގުރާމުތަކުގައި މީހުން ވާހަކަދައްކާ އިރު ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް މަސްހުނިކޮށްގެން ވާހަކަދައްކާ މިންވަރާއި ބަސްމަސްހުނިކުރާ ގޮތްތައް (ޕެޓާންސް) ދެނެގަތުމަށް ކުރި ދިރާސާއެކެވެ. މިއީ ބައެއް ޓީވީޕުރޮގުރާމުތަކުގައި ދެއްކި ވާހަކަ ތަހުލީލުކޮށްގެން ހެދި ޑިސްކޯސް އެނަލިސިސެކެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ދިވެހިރާއްޖޭގެ ޓީވީ ޗެނެލަކުން ސިލްސިލާކޮށް ދެއްކި ތަފާތު 6 ޕުރޮގުރާމަކުން ރެންޑަމްކޮށް ހޮވާލެވުނު 12 އެޕިސޯޑެވެ. ދިރާސާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މި ޕުރޮގުރާމުތަކުގައި މީހުން ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް އެކި މިންވަރަށް މަސްހުނިކޮށްފައި ވާ އިރު، އަރަބިބަހަށް ވުރެ ބޮޑަށް އިނގިރޭސިބަސް ދިވެހިބަހާ މަސްހުނިކޮށްގެން ވާހަކަދައްކައިފައި ވާ މިންވަރު ގިނަކަމެވެ. ބަސްމަސްހުނިކޮށްފައި ވާ ބަހަވީޢިލްމުގެ ގޮތްތަކަކީ ވަކި ލަފުޒު ހިމެނުން/ ވަކި ލަފުޒު މަސްހުނިކުރުން (ލެކްސިކަލް މިކްސިންގ)އާއި އިބާރާތްކައްޗަރުކުރުން (ޔުނިޓް ހައިބްރިޑައިޒޭޝަން/މޯފޮލޮޖިކަލް މިކްސިންގ)އާއި އިބާރާތްހިމެނުން (ޔުނިޓް އިންސަރޝަން)އާއި ޖުމުލަހިމެނުން (ސެންޓެންސް އިންސަރޝަން) އެވެ. މި ގޮތްތަކުގެ ތެރެއިން ވަކި ލަފުޒު ހިމަނައިގެން ބަސްމަސްހުނިކުރާ މިންވަރު ބަސްމަސްހުނިކުރާ އެހެން ގޮތްގޮތަށް ވުރެން ގިނަކަން ފާހަގަކުރެވުނެވެ
References
ަސީމާ މުޙައްމަދު. (2002). ދިވެހިންގެ ތަރިކަ 1، 2، 3، 4. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ބްރަޖް ބީ. ކަޗްރު. (2003). ޓުވާޑް ސްޓްރަކްޗަރިންގ ކޯޑް-މިކްސިންގ: އޭން އިންޑިއަން ޕަރސްޕެކްޓިވް. އިންޓަރނެޝަނަލް ޖަރނަލް އޮފް ދަ ސޯޝިއޮލޮޖީ އޮފް ލެންގްއޭޖް، 1978(16)، 27-46. Doi:10.1515/ijsl.1978.16.27
ބްރާޖް ބީ. ކަޗްރޫ. (1978). ޓްވާރޑް ސްޓްރަކްޗިންގ ކޯޑް-މިކްސިން: އޭން އިނޑިއަން ޕަރސްޕެކްޓިވް. އެބްސްކޯ ޕަބްލިޝިންގ، 27-46
ކަމަލް ކޭ. ސްރިދާރް. (2005). ސޯޝިއޭޓަލް މަލްޓީ ލިންގުއަލިޒަމް: ސެންޑްރާ ލީ އެމްސީކޭ، ނެންސީ އެޗް. ހޯރންބަރގަރ. (އެޑިޓްކުރެވިފައި). ސޯޝިއޯ ލިންގުއިސްޓިކް އެންޑް ލޭންގްއޭޖް ޓީޗިންގ. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސީޓީ ޕްރެސް
އެލެޖެންޑްރޯ ބްރައިސް، ރެކުއެލް އެންޑަރސަން. (1999). ކޯޑް މިކްސިން އިން އަ ޔަންގް ބައިލިންގުއަލް ޗައިލްޑް. ކޮމިޔުނިކޭޝަން ޑިސޯޑަރ ކުއަރޓަރލީ، 21(1). 17-22
އެލީނާ ނިކޮލާޑިސް. (1994). ކޯޑް- މިކްސިންގ އިން ޔަންގް ބައިލިންގުއަލް ޗިލްޑްރެން ( ޕީއެޗްޑީ. ތީސީސް). ފެކަލްޓީ އޮފް ގްރެޖުއޭޓް ސްޓަޑީޒް އެންޑް ރިސަރޗް، މެކްގިލް ޔުނިވަރސިޓީ، މޮންޓްރިއޯލް، ކެނެޑާ
އީ. އެނާމާލިއާ. (1989). ދަ ލޭންގްއެޖް ފެކްޓަރ އިން ކޯޑް މިކްސިން. އައިއެންޓީ.. އެލް. ޖޭ. ސޮކް. ލޭންގް،75. 47-54
އެސް.އެން. ސްރިދާރް، ކަމަލް ކޭ. ސްރިދާރް. (1980). ދަ ސިންޓެކްސް އެންޑް ސައިކޯ ލިންގުއިސްޓިކްސް ބައިލިންގުއަލް ކޯޑް-މިކްސިން. ކެނަޑް.ޖޭ.ސައިކޯލް./ރިވް.ކެނަޑް.ސައިކޯލް.،34(4). 407-416
ވިރާ އެފް. ގަޓީރެޒް-ކްލެލެން، ގެބްރީލާ ސިމޯން-ސެރީޖިޑޯ، އެންޖިލާ އެރިކްސަން ލިއޯން. (2009). ކޯޑް-ސްވިޗިންގ އިން ބައިލިންގުއަލް ޗިލްޑްރެން ވިތު ސްޕެސިފިކް ލޭންގުއޭޖް އިމްޕެއަރމެންޓް. އިންޓަރނޭޝަނަލް ޖާރނަލް އޮފް ބައިލިންގުއަލިޒަމް، 13(1)، 91-109
doi:10:1177/1367006909103530
ފްރެޑް ޖެނެސީ. (2009). އަރލީ ބައިލިންގުއަލިޒަމް: ޕެއިލްސް އެންޑް ޕޮސިބިލިޓީޒް. ޖަރނަލް އޮފް އެޕްލައިޑް ރިސަރޗް އޮން ލަރނިންގ،2(2)، 1-21
ފްރެޑް ޖެނެސީ، އެލީނާ ނިކޮލަޑިސް. (2006). ބައިލިންގުއަލް އެކިޔުޒިޝަން: އިން އީ. ހޮފް އެންޑް އެމް. ޝަޓްސް.(އީޑީއެސް.)، ހޭންޑްބުކް އޮފް ލޭންގުއޭޖް ޑިވެލޮޕްމެންޓް. އޮކްސްފޯޑް: ބްލެކްވެލް
ފްރެޑް ޖެނިސީ. (2000). އާރލީ ބައިލިންގުއަލް ލޭންގްއޭޖް ޑިވެލޮޕްމެންޓް: ވަން ލޭންގްއޭޖް އޯރ ޓޫ ލޭންގްއޭޖް؟. ލީ ވެއި. (އެޑިޓްކުރެއްވި)، ދަ ބައިލިންގުއަލިޒަމް ރީޑާރ (ޞ. 327-343). ރައުޓްލެޖް
ޕެޑްޒިޝައި މަޝީރީ. (2002). ޝޯނާ-އިންގްލިޝް ކޯޑް-މިކްސިންގ އިން ދަ ސްޕީޗް އޮފް ސްޓުޑެންޓްސް އެތް ދަ ޔުނިވަރސިޓީ އޮފް ޒިމްބާބްވޭ. ސައުތް އެފްރިކަން ލިންގްއިސްޓިކްސް އެންޑް އެޕްލައިޑް ލޭންގްއޭޖް ސްޓަޑީޒް، 20، 245-261
ތައިސް އިން ޑަރ ސްމިޓަން. (2002). ބައިލިންގްއަލް ލެންގްއޭޖް މިކްސިންގ] ޕަވަރޕޮއިންޓް ސްލައިޑްސް[. ނިއުޒީލެންޑް: ޔުނިވަރސިޓީ އޮފް ބާސެލް
ޝިފްރިން، ޓެނަން، ހެމިލްޓަން .(2001). ދަ ހޭންޑް ބުކް އޮފް ޑިސްކޯސް އެނެލިސިސް: ބްލެކްވެލް ޕަބްލިޝިންގ ލިމިޓެޑް
ޖޯން ޑަބްލިއު. ކްރެސްވެލް. (2012). އެޑިޔުކޭޝަނަލް ރިސަރޗް ޕްލޭނިންގ، ކޮންޑަކްޓިންގ އެންޑް އިވެލުއޭޓިންގ ކުއަންޓިޓޭޓިވް އެންޑް ކޮލިޓޭޓިވް ރިސަރޗް (4). ޕިއަރސަން އެޑިޔުކޭޝަން، އައިއެންސީ: ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
ޖޮސިއާނޭ އެފް. ހާމާރސް، މައިކަލް އެޗް.އޭ.ބްލާކް. (2000). ބައިލިންގުއަލް އެންޑް ބައިލިންގުއަލިޒަމް. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް