Abstract
The objective of this research is to facilitate to determine in light of literature of Shariah if standards of investigation are upheld, if any standards established in Maldives for investigation conform to Shariah, and because some accused are regular offenders it may be difficult to investigate a case without a punishment, to determine what type of punishment should be given to the accused to prove the case being investigated. The methodology used is an inductive, analytical and critical review of literature. A human being is presumed innocent and cannot be punished unless evidence of a crime exists against them, in a situation where the right of a person cannot be protected otherwise because the accused would not plead guilty despite the existence of evidence of their crime. Physical punishment must be restricted to the minimum and may be differentiated between muslims and non-muslims.
ތަޙުޤީޤުކުރާ މައްސަލައިގެ ޙައްޤު ދެނެގަތުމަށްޓަކައި ތުހުމަތުކުރެވިފައިވާ މީހާއަށް އަދަބުދިނުން ޝަރުއީ ނަޡަރަކުން
ޚުލާޞާ: މިދިރާސާގެ މަޤުޞަދަކީ މައްސަލަތައް ތަޙްޤީޤުކުރާއިރު ޝަރީޢަތުގެ ނައްޞުތަކުގެ އަލީގައި ތަޙުޤީޤުކުރެވޭ މިންގަޑު ހިފެހެއްޓިފައިވޭތޯ ބެލުމަށް މަގުފަހިކޮށްދިނުމާއި ތަހްޤީޤުކުރުމަށް ދިވެހިރާއްޖޭގައި މިކަމަށް އުޞޫލުތަކެއް ހެދިފައިވާނަމަ އެއުޞޫލުތައް ޝަރީޢަތުގެ މިންގަޑަށް ފެތޭތޯ ބެލުމަށް މަގުފަހިކޮށްދިނުމާއި ބައެއް މުއްތަހަމުންނަކީ އާދަކޮށް ޖުރުމްކުރާބަޔަކަށްވުމުން އަދަބެއްނުދީ މައްސަލަ ތަޙްޤީޤުކުރަން ދަތިވާތީވެ ތަޙުޤީޤުކުރެވޭ މައްސަލަ ޘާބިތުކުރުމަށްޓަކައި މުއްތަހަމުއަށް ދެވޭނީ ކޮންވައްތަރެއްގެ އަދަބެއްކަން ނައްޞުތަކުގެއަލީގައި ބަޔާންކުރުމެވެ. އެއީ ޝަރީޢަތުގެ ނައްޞުތަކާ ޚިލާފުވުމުން ރައްކާތެރިވުމަށްޓަކައެވެ. އަލްއިސްތިޤުރާއީއާއި އައްތަޙުލީލީ އަދި އައްނަޤުދީއެވެ. (އެބަހީ މިމައްސަލާގައި އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ނައްޞުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތައް ދިރާސާކޮށް އެބަސްފުޅުތަކަށް ކުރިޓިސައިޒްކޮށް އެއިގެތެރެއިން އެންމެ ރަނގަޅު ބައި ފާހަގަކުރުމެވެ. އެއީ މިމައްސަލާގައި އައިސްފައިހުރި ނައްޞުތަކަށް ބަލާއިރު ދެގޮތައް ނައްޞުތައް ވާރިދުވެފައިވާއިރު ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ބައެއް ނައްޞުތަކާ ފުށުއަރާހެން ހީވާފަދަ ގޮތަކަށް އައިސްފައިވާތީއެވެ). އަޞްލަކީ ކޮންމެ އިންސާނަކީވެސް ހުރިހާކަމަކުން ބަރީޢުވެގެންވާ މީހަކު ކަމަށްވީ ހިނދު އެއަޞްލާޚިލާފަށް ދަލީލެއް ލިބިފައިނުވާއިރު އަޞްލަކީ އެއްވެސް އަދަބެއް ނުދެވޭނެކަމެވެ. މިގޮތައް އަދަބުދެވެނީ ބައެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ އެހެން ދެވަނަގޮތެއް ނެތީމައެވެ. އެއީ މިއަދަބު މިދެވެނީ ޘާބިތުވެފައިނުވާ ކަމެއްކަމުގައި ވިޔަސް އެޖުރުމް ކުރިކަމުގެ ޤަރީނާތަކެއް ހުރުމުގެސަބަބުން މުއްތަހަމު އެކަމަށް އިޢުތިރާފު ނުވުމުގެ ސަބަބުން ބައެއްގެ ޙައްޤުތަކެއް ގެއްލޭތީވެ ޙައްޤުތައް ރައްކާތެރި ކުރުމަށެވެ. މައްސަލަތަޙުޤީޤު ކުރާއިރު މުއްތަހަމުއަކީ މުސްލިމެއްކަމުގައިވާނަމަ ޖިސްމާނީ އަދަބުދިނުން ހުއްދައެއް ނުވާނެއެވެ.
References
އަބުއްސަޢާދާތި އަލްމުބާރަކު ބުނު މުޙައްމަދް އަލްޖަޒަރީ، އައްނިހާޔަތު ފީ ޣަރީބިލް ޙަދީޘި ވަލްއަޘަރި ، 1/557، އަލްމަކު ތަބަތުލްޢިލްމިއްޔާ،ބައިރޫތު ، 1399هـ - 1979މ، ތަޙްޤީޤު ކުރެއްވީ : ޠާހިރު އަޙްމަދުއްޒާވީ އަދި މަޙްމޫދުމުޙައްމަދު އައްޠަނާޙީ..(އަލްމަކުތަބަތުއްޝާމިލާ).
ވުޒާރަތުލްއަވްޤާފި ވައްޝުއޫނިލް އިސްލާމިއްޔާ، އަލްމަވްސޫޢަތުލްކުބްރާ އަލްކުވައިތިއްޔާ، އަލްކުވައިތު ، 14/90، ބައްލަވާ! ލަފުޡު :ތހުމަތު،.(އަލްމަކުތަބަތުއްޝާމިލާ).
މުޙައްމަދު ޤަލްޢާޖީ، މުޢުޖަމު ލުޣަތިލް ފުޤަހާއު، 1/403
ވުޒާރަތުލްއަވްޤާފި ވައްޝުއޫނިލްއިސްލާމިއްޔާ، އަލްމަވްސޫޢަތުލްކުބްރާ އަލްކުވައިތިއްޔާ، އަލްކުވައިތު، 14/90، މިޞަފުހާގެ ފަސް ،.(އަލްމަކުތަބަތުއްޝާމިލާ)
އިބުނުޤައްޔިމިލްޖަވްޒިއްޔާ ޝަމުސުއްދީނި މުޙައްމަދު ބުނު އަބީބަކުރު، ޒާދުލް މަޢާދި ފީހަދުޔި ޚައިރިލް ޢިބާދި ، 3/326، ޗާޕްކުރިތަން: މުއައްސަސަތުއްރިސާލާ އަދި މަކުތަބަތުލްމަނާރިލްއިސްލާމިއްޔާ - ބައިރޫތު- އަލްކުވައިތު –،ފަންސަވީސްވަނަ ޗާޕު ،ތަޙްޤީޤު ކުރެއްވީ: އައްޝައިޚު ޝުޢައިބުލްއަރުއޫޠު އަދި އައްޝައިޚު ޢަބުދުލް ޤާދިރުލް އަރުނައޫޠު
ުޒާރަތުލްއަވްޤާފި ވައްޝުއޫނިލްއިސްލާމިއްޔާ، އަލްމަވްސޫޢަތުލްކުބްރާ އަލްކުވައިތިއްޔާ، އަލްކުވައިތު ، 14/90، ލަފުޡު: ތުހުމަތު، އަލްމުއްތަހަމު ފިލްޖަރާއިމި، (އަލްމަކުތަބަތުއްޝާމިލާ)
އައްސުޔޫޠީ ،އަލްއަޝްބާހު ވައްނަޡާއިރު، 1/287، ތިރީސް ހަތް ވަނަ ޤާޢިދާ .(އަލްމަކުތަބަތުއްޝާމިލާ)
މުޙައްމަދު ބުނު އިސްމާޢިލް އަބޫ ޢަބުދިﷲ އަލްބުޚާރީ އަލް ޖަޢުފީ، ޞަޙީޙުލް ބުޚާރީ، ކިތާބުމަނާޤިބުލްއަންޞާރި، ބާބު މަނާޤިބު ސަޢުދި ބުނި މުޢާޛު ރަޟިޔަ ﷲ އަންހު
އަބޫދާއޫދު ސުލައިމާނު ބުނުލްއަޝްޢަޘް ބުނު އިސްޙާޤް، ސުނަނު އަބީ ދާއޫދް، ކިތާބުލް ޙުދޫދް، ބާބުން ފިލްޣުލާމި ޔުޞީބުލްޙައްދަ
އަބޫދާއޫދު ސުލައިމާނު ބުނުލްއަޝްޢަޘް ބުނު އިސްޙާޤް، ސުނަނު އަބީދާއޫދަ، ކިތާބުލް ޙުދޫދް، ބާބުން ފިލްޙަބްސި ފިއްދައިނި ވަޣައިރިހީ
ވުޒާރަތުލްއަވްޤާފި ވައްޝުއޫނިލްއިސްލާމިއްޔާ، އަލްމަވްސޫޢަތުލްކުބްރާ އަލްކުވައިތިއްޔާ، އަލްކުވައިތު،14/90.، (އަލްމަކުތަބަތުއްޝާމިލާ)
ސަޢޫދު ބުނު ޢަބްދިލް ޢާލީ އަލްޢުތައިބީ ،އަލްމަވްސޫޢަތުލްޖިނާއިއްޔަތިލްއިސްކާމިއްޔާ އަލްމުޤާރަނާ ބިލްއަންޡިމަތިލްމަޢުމޫލި ބިހާ ފިލްމަމްލަކަތިލްޢަރަބިއްޔަތިއްސަޢޫދިއްޔާ ލަފުޡު މުއްތަހަމު ، 1/683،ޢުޟުވު ހައިއަތިއްތަޙްޤީޤި ވަލްއިދްޢާއިލްޢާއްމި ،ފަރުޢު މަންޠިޤަތިއްރިޔާޟި، ދެވަނަ ޗާޕު 1427 (އަލްމަކުތަބަތުއްޝާމިލާ)
ުޙައްމަދު ބުނު ޖަރީރިއްޠަބްރީ އަބޫޖަޢުފަރު، ތާރީޚުލްއުމަމި ވައްރުސުލި ވަލްމުލޫކް، 2/28، ޛިކުރުވުޤުޢަތި ބަދުރިލްކުބްރާ.(އަލްމަކުތަބަތުއްޝާމިލާ)
ަބޫދާއޫދު ސުލައިމާނު ބުނުލްއަޝްޢަޘް ބުނު އިސްޙާޤް، ސުނަނު އަބީދާއޫދް، ކިތާބުލް ޙުދޫދި، ބާބުން ފިލްއިމްތިޙާނި ބިއްޟަރުބި. އަދި ބައްލަވާ! ޔާޤޫތު ބުނު ޢަބްދިﷲ އަލްޙަމަވީ އަބޫ އަބްދި ﷲ ، މުޢޫޖަމުލް ބުލްދާން، 1/94، (2/335.، ބާބުލްޚާއި ވަލްއަލިފި ވަމާ ޔަލީހާ، ޗާޕް ކުރިތަން: ދާރުލްފިކުރް، ބައިރޫތު (އަލްމަކުތަބަތުއްޝާމިލާ)
މުޙައްމަދު ބުނު އިސްމާޢިލް އަބޫ ޢަބުދިﷲ އަލްބުޚާރީ އަލްޖަޢުފީ، ޞަޙީޙުލްބުޚާރީ ،ކިތާބުލްމަޣާޒީ، ބާބު: ފަޟުލު މަން ޝަހިދަ ބަދްރަން
ިބުނުޤައްޔިމިލްޖަވްޒިއްޔާ ޝަމުސުއްދީނި މުޙައްމަދު ބުނު އަބީބަކުރު ،އައްޠުރުޤުލްޙިކަމިއްޔާ ފިއްސިޔާސަތިއްޝަރުޢިއްޔާ ޞ: 28، (ފިރާސަތު ޢުމަރަ) ،ޗާޕްކުރިތަން: ދާރުލްކުތުބިލްޢިލްމިއްޔާ، ބައިރޫތު، ލުބުނާން
މުޙައްމަދު ބުނު އިސްމާޢިލް އަބޫ ޢަބުދިﷲ އަލްބުޚާރީ އަލްޖަޢުފީ ޞަޙީޙުލް ބުޚާރީ ، ކިތާބު ބަދުއިލްޚަލްޤް ، ބާބު (وَاذْكُرْ عَبْدَنَا دَاوُدَ ذَا الْأَيْدِ إِنَّهُ أَوَّابٌ إِلَى قَوْلِهِ وَفَصْلَ الْخِطَابِ)
މުސްލިމް ބުނުލްޙައްޖާޖް އަބުލްހުސައިން އަލްޤުޝައިރީ އައްނައިސާޕޫރީ، ޞަޙީޙު މުސްލިމް، ކިތާބުލްބިއްރި ވައްޞިލާ، ބާބުއްނަހުޔި ޢަނިލްއިޝާރަތި ބިއްސިލާޙި އިލާ މުސްލިމިން
މުސްލިމް ބުނުލްޙައްޖާޖް އަބުލްހުސައިން އަލްޤުޝައިރީ އައްނައިސާޕޫރީ، ޞަޙީޙު މުސްލިމް، ކިތާބުލްބިއްރި ވައްޞިލާ، ބާބު އަމުރި މަން މައްރަ ބިސިލާޙިން ފީ މަސްޖިދިން އަވް ސޫޤިން އަވް ޣައިރިހިމާ މިނަލްމަވާޟިޢިލްޖާމިޢަތި ލިއްނާސި އަން ޔުމްސިކަ ބިނިޞާލިހާ
މުސްލިމް ބުނުލްޙައްޖާޖް އަބުލްހުސައިން އަލްޤުޝައިރީ އައްނައިސާޕޫރީ، ޞަޙީޙު މުސްލިމް، ކިތާބުއްލިބާސް، ބާބު އައްނިސާއިލްކާސިޔާތި އަލްޢާރިޔާތި އަލްމާއިލާތި އަލްމުމީލާތި
އަބޫޒަކަރިއްޔާ ޔަޙްޔާ ބުނު ޝަރަފުއްނަވަވީ، (ޞަޙީޙު މުސްލިމް ޝަރުޙުއްނަވަނީ) އަލްމިންހާޖު ޝަރުޙު ޞަޙީޙި މުސްލިމި ބުނިލްޙައްޖާޖި، ކިތާބުލްޖައްނަތި ވަޞިފަތި ނަޢީމިހާ ވައަހުލިހާ، ބާބު ޖަހައްނަމަ އަޢާޛަނަ ﷲ މިންހާ .(އަލްމަކުތަބަތުއްޝާމިލާ)
އަބޫދާއޫދު ސުލައިމާނު ބުނުލް އަޝްޢަޘް ބުނު އިސްޙާޤް، ސުނަނު އަބީދާއޫދް، ކިތާބުލް ޙުދޫދް، ބާބުން ފިލްއިމްތިހާނި ބިއްޟަރުބި
ނޫރުއްދީނި ބުނު ޢަބްދިލްހާދީ އަބުލްޙަސަނުއްސިންދީ، ޙާޝިޔަތުއްސިންދީ ޢަލައްނަސާއީ ،8/66، ކިތާބު ޤަޠުޢިއްސާރިޤި، ބާބު އިމްތިޙާނިއްސާރިޤި ބިއްޟަރުބި ވަލްޙަބްސް ، ޗާޕްކުރިތަން: މަކުތަބުލް މަޠުބޫޢާތިލް އިސްލާމިއްޔާ، ހަލަބު، ދެވަނަ ޗާޕް، 1406 – 1986 މ، ތަޙްޤީޤު ކުރެއްވީ: ޢަބުދުލްފައްތާޙު އަބޫ ޣުއްދާ .(އަލްމަކުތަބަތުއްޝާމިލާ)
އަބުލްފަރަޖި ޢަބުދިއްރަޙްމާނު ބުނު އަބިލްޙަސަނި އަލްޖަވްޒީ، ޛައްމުލްހަވާ ، ޞ 487، ސާޅީސް ހަވަނަ ބާބު ، ފީ ޛިކުރި މަން ޤަތަލަ މިނަލްޢުއްޝާޤި ބިސަބަބިލްޢިލްޝްޤި، ތަހްޤީޤު ކުރެއްވީ: މުޞްޠަފާ ޢަބްދުލް ވާޙިދް، ފުރަތަމަ ޗާޕ ، 1962މ